Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރުޢީ ދާއިރާ އިޞްލާޙުކުރުން

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ!

27 މެއި 2019 | ހޯމަ 14:11

ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ހުށަހަޅުއްވާ ފައިނަލް ރިޕޯޓް ބަންޑާރަ އޮފީހާ ހިއްސާކުރުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2019 ގެ ނިޔަލަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 27 މެއި 2019 | ހޯމަ 14:11
ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ

ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ

ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، އައްޔަން ކުރައްވައިފި އެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް ފެށުމުގެ ގޮތުން ޝަރުޢީ ދާއިރާ މިހާރު ބައްޓަން ކުރެވިފައިވާ ގޮތާއި, އެ ދާއިރާ ހިނގަމުންދާ ގޮތުގެ ދިރާސާއެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ޝަރުޢީ ދާއިރާގެ ފުރިހަމަ ދިރާސާއެއް ކުރުމަށްޓަކައި އދގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީއާއެކު، ބަންޑާރަ ނައިބްގެ އޮފީހުން ވަނީ ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ، ކޮންސަލްޓަންޓެއްގެ ގޮތުގައި ޢައްޔަނުކުރައްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

Advertisement - newsAdvertisement

ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން، އެ ޤައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ފަނޑިޔާރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ޖަސްޓިސް ޔޮހާން ކްރީގްލަރ އަދާކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަށް ފަހު ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޝަރުޢީ ދާއިރާގެ ތަމްރީނާއި ތަޢްލީމު ދިނުމުގެ ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތަކުގައެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ މަސައްކަތް ކުރެއްވުމަށްޓަކައި، ސްކޯޕިންގ މިޝަންއަކަށް، މި ހިނގާ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ކުރެއްވުމަށްވަނީ ހަަމަޖެހިފައި ކަމަށެވެ. އަދި މި ދަތުރުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، ޝަރުޢީ ދާއިރާގެ މުއައްސަސާތަކާއި، މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމާޢަތްތަކުގެ އިތުރުން، ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުންޏެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނި ގޮތުގައި ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމަށްޓަކައި ކުރުމަށް ހަަމަޖެހިފައިވާ މި މަސައްކަތުގައި ހިމެނޭ މައިގަނޑު ބައިތަކަކީ، ޝަރުޢީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގައި އަދި އެ ޤާނޫނުތައް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުޢީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖަޢާކުރުމާއި، ފަނޑިޔާރުން ޢައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތައް ނުވަތަ "ރިކޮމެންޑޭޝަންސް ސަރުކާރަށް ހުށަހެޅުންކަމަށެވެ.

ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ހުށަހަޅުއްވާ ފައިނަލް ރިޕޯޓް ބަންޑާރަ އޮފީހާ ހިއްސާކުރުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2019 ގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް