Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް މައުމޫން

ރައީސް މައުމޫން ޖަލަށް ފޮތް ހަދިޔާކުރެއްވުން، އެތައް އާއިލާއަކަށް ޖަލު އަނިޔާގެ ހަނދާން އާވާނެ

27 މެއި 2019 | ހޯމަ 11:20

މައުމޫންގެ ވެރިކަމާ ދެކޮޅަށް މާލެ ކައްކުވާލި އެއް ހާދިސާއަކީ މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 މެއި 2019 | ހޯމަ 11:20
ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ފޮތް ހަދިޔާ ކުރައްވަނީ

ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ފޮތް ހަދިޔާ ކުރައްވަނީ

ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމުގައި ސިއްކަ ޖެހުމުގައި ނުވަތަ ސިއްކަޖެހުމުގެ ފެށުމަކަށް ވެގެން ގޮސްފައިވަނީ ޖަލުގެ ހާދިސާއެކެވެ. 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު، މ އޭޝިއާ ހަސަން އީވާން ނަސީމް 19، ޖަލުގައި އަނިޔާކޮށް މަރާލައި އޭނާގެ ހަށިގަނޑު އާއިލާއަށް ނޭނގި ވަޅުލަން އުޅުނު އުޅުމުގެ ތެރޭގައި އެކަން ފަޅާއަރައި މާލެ ކެކިއެރި ހާދިސާއަކީ ރައީސް މައުމޫނަށް ގޮތް ދޫކުރައްވައި ދައުލަތް އިސްލާހުކުރައްވަން މަޖުބޫރުކުރުވި އެއް ހާދިސާއެވެ.

އެޖަރީމާއާ އިދިކޮޅަށް ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އެހެން ގައިދީން ތަކެއް ކޮންޓްރޯލްކުރަން ޖެހުނީ ގަޔަށް ބަޑިޖަހައި އެމީހުންގެ ތެރެއިން ބަޔަކު މަރައިގެންނެވެ.

އީވާން ނަސީމްއަށް ކޮށްފައިވާ އަނިޔާ ފަޅާއަރުވާލައި ޖަލުގައި އަނިޔާކުރާކަން ކަށަވަރު ކޮށްދެއްވުމަށް އެ ދުވަހު އެންމެ ބޮޑު ގުރުބާނީއެއް ވެ ވަޑައިގެންނެވި ބޭފުޅަކީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދެވެ.

ޖަލުގައި މަރުވާ މީހުން މާލޭގެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އެމީހުންގެ ހަށިގަނޑު ބެލުމަކާއި ނުލައި އެތަނުގެ ޑޮކްޓަރުން މަރުގެ ސެޓްފިކެޓްގައި ސޮއިކުރުމަކީ އާއްމު ކަމެއް ކަމަށް ބުނެވެއެވެ.

އީވާން ނަސީމްގެ ހަށިގަނޑު ގެނައި ކަމުގެ ޚަބަރު ލިބުމާއެކު ރައީސް މުހައްމަދު ނަޝީދު އެތަނަށް ވަޑައިގެންނެވިކަމާއި ހަށިގަނޑު ރަނގަޅަށް ބެއްލެވުމަށް ފަހު ނޫނީ މަރުގެ ސެޓްފިކެޓްގައި ސޮއި ނުކުރުމަށް އަލް މަރްހޫމް ޑރ އަހުމަދު ރާޒީގެ އަރިހުގައި ރައީސް މުހައްމަދު ނަޝީދު އާދޭސް ދެންނެވިކަމަށް އޭރު ރައީސް މުހައްމަދު ނަޝީދު އަރިހުގައި ހުންނެވި މިހާރުގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާ ވިދާޅުވެއެވެ.

އަދި ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުގެ ހިމާޔަތަށް އެދިވަޑައިގެން ލިޔުއްވާފައިވާ ބަޔާނުގައިވެސް އެވާހަކަ އޮގަތަށް ބަޔާން ކުރައްވާފައިވެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށް ޑރ ރާޒީ ހަށިގަނޑު ބައްލަވައި އެއީ އާއްމު މަރަކުން މަރުވެފައިވާ މީހެއްކަމަށް ސޮއި ނުކުރެއްވިއެވެ. އާއްމު މީހަކަށްވެސް އެނގޭނެ މިންވަރަށް ހަށިގަނޑުގެ ބޭރުފުށުގައިވެސް ޒަޚަމްތައް ހުއްޓެވެ. ރައީސް މައުމޫގެ ވެރިކަމުގައި ޖަލުގައި އަނިޔާކުރާކަމަށް ދެކެވެމުންދިޔަ ވާހަކަތައް ދުނިޔެއަށް ބޭޒާރުވެގެންދިޔަ އެންމެ ބޮޑު ހާދިސާއަކީ އެއީއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ޖަލުގައި އެތައް ބަޔަކު ނުހައްގުން އަނިޔާކޮށް މަރުވެފައިވާ ކަމަށް މަޝްހޫރު ތާރީޚު ލިޔުންތެރިޔާ ހ. ޝަފީގުގޭ އަހުމަދު ޝަފީގު ލިޔުއްވާފައިވެއެވެ. އެ މައްސަލަ ބަލައިދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ހުޅުހެންވޭރުދާއިރާގެ މެމްބަރު މޫސާމަނިކު އެތައް ފަހަރަކު ގޮވާލައްވާފައިވެއެވެ.

މޫސާމަނިކަކީ ރައީސް މައުމޫގެ ވެރިކަމުގައި ޖަލުގައި އެތައް އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ އިތުރުން ޖަލުގައި މޫސަ ހުންނެވި ދުވަސްވަރު އެހެން ގައިދީންނަށް ދިމާވެފައިހުރި އަނިޔާގެ ވާހަކަވެސް މޫސަ ދައްކަވައެވެ.

ޖަލު އަނިޔާއަކީ ރައީސް މައުމޫގެ ވެރިކަމުގައި ޖެހިފައި އޮތް އެންމެ ބޮޑު އެއް ލައްގަނޑަށްވާއިރު އެމަނިކުފާނުގެ ވެރިކަން ބަދަލުކުރުމަށް އެދުވަސްވަރު އިދިކޮޅު ފަރާތްތަކުން ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގާދިޔަ ކަމަށް ބުނެވޭ ޖަލުގެ އަނިޔާތައް ބެލިފައެއް ނުވެއެވެ. އެމިނަކުފާނުގެ ވެރިކަމަށް ފަހު އުފެދުނު ފުރަތަމަ ވެރިކަން ދެ އަހަރާ ބައިގެ ތެރޭ ބަދަލުވީއިރު އޭގެ ފަހުން އުފެދުނު ކޮންމެ ވެރިކަމެއްގައި އެ މަނިކުފާނުގެ ހިއްސާ އޮވެއެވެ.

ރައީސް މައުމޫން ވެސް ހިމެނި ވަޑައިގަންނަވާ ކޮއެލިޝަނަކުން މިއަދު ވެރިކަން ކުރަމުންދާއިރު އެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ޖަލަށް ފޮތް ހަދިޔާކުރައްވާއިރު އެ މަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއަސް އީވާން ނަސީމާއި، ސ ހިތަދޫ ނާޒުކީގެ ހުސެން ސޮލާހުގެ އާއިލާފަދަ އެތައް އާއިލާތަކަކުން އެ ވެރިކަމުގެ ޖަލު އަނިޔާތައް ހަނދާން ކުރާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް