Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީޓަރ ޗެކް

ކުރިމަގާ މެދު ގޮތެއް ނިންމާނީ ޔޫރޮޕާ ލީގް ފައިނަލަށް ފަހު

22 މެއި 2019 | ބުދަ 16:47

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ޗެކް ވަނީ އިއުލާންކޮށްފައި

ލީވާން އަލީ
ލީވާން އަލީ | 22 މެއި 2019 | ބުދަ 16:47
ޕީޓަރ ޗެކް

ޕީޓަރ ޗެކް

ކުރިމަގާމެދު ގޮތެއް ނިންމާނީ ޔޫރޮޕާ ލީގު ފައިނަލަށްފަހު ކަމަށް އާސެނަލްއަށް ކުޅެމުން އަންނަ ކީޕަރ ޕީޓަރ ޗެކް ބުނެފިއެވެ.

ޗެކް އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ، ކުރިމަގާމެދު ގޮތެއް ނިންމާނީ ޔޫރޮޕާ ލީގު ފައިނަލަށްފަހު ކަމަށާއި، މިވަގުތު ހުރިހާވެސް ވިސްނުމެއް ހުރީ ޔޫރޮޕާ ލީގު ފައިނަލަށް ކަމަށެވެ.

އުމުރުން 37 އަހަރުގެ ޗެކް މިހެން ބުނެފައިވަނީ މި ސީޒަނަށްފަހު އޭނާ ޗެލްސީގެ މަގާމަކާ ހަވާލުވާން އުޅޭކަމަށް ރިޕޯޓްތައް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭނާ ވަނީ މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން އިއުލާންކޮށްފައެވެ.

ޔޫރޮޕާ ލީގު ފައިނަލުގައި މި މަހުގެ 29 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗު ވެގެންދާނީ ޗެކް އާސެނަލްއަށް ކުޅޭ ފަހު މެޗަށެވެ.

މީގެ ކުރިން ޕްރިމިއާ ލީގުގައި 15 އަހަރު ކުޅުނުކަން ފާހަގަކޮށް ޗެކް ބުނީ، އެ ލީގުގައި ކާމިޔާބުކުރެވެން އޮތް ހުރިހާ މުބާރާތެއް ކާމިޔާބުކުރެވިފައިވާ ކަމަށާއި، އަދި ކެރިއަރުގައި ބޭނުންވި ހުރިހާ މުބާރާތެއް ވެސް ކާމިޔާބުކުރެވިފައިވާ ކަމަށެވެ.

ޗެލްސީއާ އެކު 11 ސީޒަން ހޭދަކޮށްފައިވާ ޗެކް ވަނީ އެ ކްލަބަށް 494 މެޗު ކުޅެ، އެ ކްލަބާއެކު ހަތަރު ޕްރިމިއާ ލީގު، ހަތަރު އެފްއޭކަޕް، ތިން ލީގް ކަޕް، ދެ ކޮމިއުނިޓީ ޝިލްޑް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު އަދި އެއް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް ޗެކް އާސެނަލްއަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް 138 މެޗު ކުޅެ، އެފްއޭ ކަޕް އަދި ކޮމިއުނިޓީ ޝިލްޑް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ޗެކް ރިޕަބްލިކްއަށް 124 މެޗު ކުޅެ، ގައުމީ ކެޕްޓަންކޮށްފައިވާ ޗެކް ވަނީ 2002 ވަނަ އަހަރު 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ހޯދާފައެވެ.

ޕްރިމިއާ ލީގުގެ ގޯލްޑެން ގްލޯވް ހަތަރު ފަހަރު ހޯދާފައިވާ ޗެކް ވަނީ ނުވަ ފަހަރު ޗެކް ރިޕަބްލިކްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި ތިންފަހަރު ޔޫރަޕްގެ މޮޅު ގޯލް ކީޕަރުގެ މަގާމު ހޯދާފައިވާ ޗެކް ވަނީ ޗެލްސީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެއް ފަހަރު ހޯދާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް