Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ޕާޓީތައް ހިންގަނީ ދައުލަތުގެ ފައިސާއިން، ހަރަދުތައް ހާމަކުރަންޖެހޭ!

މިއަހަރު ވެސް 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޕާޓީތަކަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 20 މެއި 2019 | ހޯމަ 12:47
ސިޔާސީ ޕާޓީއެއްގެ އެއްވުމެއްގެ ތެރެއިން

ސިޔާސީ ޕާޓީއެއްގެ އެއްވުމެއްގެ ތެރެއިން

ކޮންމެ ޕާޓީއަކުން ވެސް ފަތުރަނީ އެބައި މީހުންގެ ފިކުރެއެވެ. އެއް ބަޔަކު، އަނެއް ބައެއްގެ މައްޗަށް ކުރި ހޯދުމަކީ ޕާޓީތަކުގެ އަމާޒެވެ. ރައްޔިތުންނަށް ސިޔާސަތުތައް ހުށަހަޅައި، ފިކުރު ވިއްކައިގެން، ވެރިކަމަށް އައުމަކީ ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު އަމާޒެވެ. އެ އަމާޒަށް ވާސިލުވުމަށް، އެ ޕާޓީތަކަށް ހަރަދު ކުރަނީ ވެސް ދައުލަތުންނެވެ. ކޮންމެ އަހަރަކު އެގޮތަށް ދައުލަތުގެ ބަޖެޓުން ޕާޓީތަކުން ފައިސާ ދޫކުރެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ދައުލަތުގެ އަހަރީ ބަޖެޓުގެ ޖުމްލަ އަދަދުގެ 0.1 ޕަސެންޓާއި 0.2 އާ ދެމެދުގެ އަދަދެއް ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދޭންޖެހޭނެ ކަމަށެވެ. ދެހާސް ތޭރަ ވަނަ އަހަރު އަމަލު ކުރަން ފެށި އެ ގާނޫނުގެ ދަށުން ޝަރުތުތަކާ އެކު، ޕާޓީތަަކަށް ދަނީ ފައިސާ ދޫކުރަމުންނެވެ. މިދިޔަ އަހަރު ވެސް، 24 މިލިއަން ރުފިޔާ ދޫކުރިއެވެ. މި އަހަރު 26.2 މިލިއަން ރުފިޔާ ޕާޓީތަކަށް ދޫކުރަން ވަނީ ނިންމާފައެވެ.

ނަމަވެސް އެ ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލެއް އެ ޕާޓީތަކުން އާންމެއް ނުކުރެއެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ނުވަ ޕާޓީގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރި ހަތަރު ޕާޓީން ވެސް އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލެއް، އާންމު މެމްބަރުންނަކަށް ހާމައެއް ނުކުރެއެވެ. ޕާޓީތައް ލިބޭ ފައިސާ އާއި އެ ފައިސާތަކަށް ހަދާ ގޮތެއް ޕާޓީތަކުގެ މެމްބަރުން ކިޔައި ދޭން އިސް ނަގާނެ ޕާޓީއެއް ރާއްޖެއަކު އަދި ނެތެވެ.

ދިހަހާހަށް ވުރެ ގިނަ މެމްބަރުން ތިބި ޕާޓީތަކަށް ފައިސާ ދޫކުރަން ފެށީ ޕާޓީތައް ޒިންމާދާރު ކުރުވުމުގެ ގޮތުންނެވެ. ކުދި ޕާޓީތަކަށް މީގެ ކުރިން ދިން ފައިސާއަށް ވީނުވީއެއް ނޭނގުމުންނެވެ. ކިރިޔާ 3،000 މެމްބަރުން ހަމަވި، ޕާޓީތަކަށް މީގެ ކުރިން ދިން ފައިސާ ހެދި ގޮތެއް ނޭނގެއެވެ.

ނަމަވެސް ބޮޑެތި ޕާޓީތަކުގެ ގޮތުގައި ހިމެނޭ 10،000 ވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީތަކުން އެކަމުގައި އަމަލު ކުރާ ގޮތް ވެސް ޒިންމާދާރެއް ނޫނެވެ. ފައިސާގެ ހަރަދު ބަރަދު އެ ޕާޓީތަކުން އާންމެއް ނުކުރެއެވެ. އަދި ފަސް އަހަރުން އެއް ފަހަރު ބާއްވާ ޕާޓީތަކުގެ ކޮންގޮރެސްތަކުގައި ވެސް އެ ތަފްސީލެއް އާންމެއް ނުކުރެއެވެ.

ފަސާދަ އާއި ކޮރަޕްޝަނާއި ހިޔާނާތް ނައްތާލުމަށް، ކެނޑިނޭޅި އަޑު އުފުލަމުންދާ ޕާޓީތަކުން ވެސް އެ ޕާޓީތަކަށް ފައިސާ ލިބޭ ގޮތް އާންމު މެމްބަރުންނަށް ކިޔައެއް ނުދެއެވެ. ނަޒާހަތްތެރި ދައުލަތެއް ބިނާ ކުރުމަށް ކުރާ މަސައްކަތް ފެށޭނީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރެވިގެންނެވެ. އެތެރޭގެ ޑިމޮކްރަސީ ހަރަދަނާކޮށް، މާލީ ހިސާބު ކިހާބުތައް އާންމުންނަށް ކިޔައިދޭންޖެހެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކުރި ހޯދާ ސިޔާސީ ފަރާތްތަކުގެ ފަހަތުގައި ބޮޑެތި ވިޔަފާރިވެރިން ތިބި ވާހަކައަކީ އާންމު ވާހަކައެވެ. އެ ވިޔަފާރިވެރިންގެ ނުފޫޒާއި ބާރުން ނާޖައިޒު ފައިދާ ހޯދުން ހުއްޓުވޭނީ ވެސް ޕާޓީތަކުގެ ހިސާބު ކިތާބު އާންމު މެމްބަރުންނަށް ކިޔައިދީ ބުނެދީގެންނެވެ. ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސްއިން، އެ ޕާޓީތައް ހިންގަމުންދާހާ ހިނދަކު، އެ ހިސާބުތައް އާންމު ކުރަންޖެހެއެވެ. ނަޒާހަތްތެރި ދައުލަތެއް ބިނާ ކުރެވޭނީ، އެކަމަށް ވަކާލާތު ކުރާ މީހުން ވެސް ނަޒާހަތްތެރިވެގެންނެވެ. ފަސްބައިގައި ހުރި ކިލަނބު ސާފުކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

13 މާރިޗު 2018
ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

ޓާޓާ ފްލެޓް ވިއްކާ ކަމަށް ބުނެ އަޑިނޭނގޭ ބޮޑު ޖަރީމާ އެއް ހިންގަނީ!

24 ޖެނުއަރީ 2018
މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!

މިއީ އަޖައިބެއް ކަހަލަ އިންސާފެއް، ރިޝްވަތު ހިފާ މީހާ ދައުލަތުގެ ވަރައިގެ ދަށުގައި ހިމާޔަތް ކުރެވިފައި!

06 ޖެނުއަރީ 2018
ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު ދައުލަތުގެ މުއައްސަސާތައް ހިމޭނުން

18 ޑިސެމްބަރު 2017
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު