Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

މެމްބަރުން ހުށަހަޅާ ބިލްތަކަށް ބަދަލުގެންނަކަން މިވަނީ ފަޅާއަރާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 14 ޖޫން 2017 | ބުދަ 15:41
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

ދިވެހިރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަމުންދަނީ ކޮރަޕްޝަނާއި ހިޔާނާތެވެ. ވައްކަމާއި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާ މަންޒަރެވެ.

ދައުލަތުގެ ތިންބާރުގެ ތެރޭގައި ޖަރީމާ ހިންގުން މިވަނީ އާއްމުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގަ އާއި ސަރުކާރުގެ ތެރޭގައި އަދި އަދުލްއިންސާފުގެ ދާއިރާގައި ވެސް ޖަރީމާ ހިންގުމެވެ.

ރައްޔިތުންގެ މަޖިލީހުން އާވައްތަރެއްގެ ޖަރީމާއެއް ހިންގާފައިވާކަން މިވަނީ ފަޅާއަރާފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް މެދުވެރިކޮށެވެ. އެގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތައް ހުށަހެޅެނީ ސަރުކާރަށް ނިސްބަތް މެމްބަރުން މެދުވެރިކޮށެވެ. ސަރުކާރުން ހުށަހަޅާ ބިލްގައި އޮންނަ އެއްޗެއް އެ ބިލް ހުށަހަޅާ މެމްބަރަށް އޮންނަނީ ގިނަ ފަހަރަށް ނޭނގިފަ އެވެ. ހަމަ އެކަނި އެނގޭވަރު ވަނީ އެބިލްގައިވާ ސަފުހާތަކުގެ އަދަދު އެކަންޏެވެ.

އެވަރު އެނގުނީތީ ވެސް ސަރުކާރުން ޖަރީމާ ހިންގާފައިވާކަން މިވަނީ ފަޅާއަރާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުން މިސަރުކާރުން ތަކުރާރުކޮށް ފަސްކުރަމުންގޮސް ބޮޑު ޖަރީމާއެއް މިވަނީ ހިންގާފަ އެވެ. އެގޮތުން މީގެ ކުރިން އެބިލަށް އަމަލުކުރުން ފަސްކުރަމުން އައިސް މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހަށް އަމަލުކުރަން އޮތް އޮތުން ވެސް މިސަރުކާރުން ވަނީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހަށް ފަސް ކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ބިލްތަކާއި ގާނޫނުތައް ފަރުމާ ކުރައްވާ ވެރިޔަކީ އެޓާރނީ ޖެނެރަލް އެވެ. އެގޮތުން މިސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގިނަ ބިލްތަކާއި ގާނޫނުތައް ފަރުމާކޮށް ތައްޔާރުކޮށްފައި ވަނީ ވެސް އެޓާރނީ ޖެނެރަލް އޮފީހުންނެވެ.

އެޓާރނީ ޖެނަރަލް އަނިލް އާއި ޕްރޮސެކިއުޓަރ ޖެނަރަލް އާއިޝަތު ބިޝާމް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅިގެން މީގެ ކުރިން ވިދާޅުވަމުން ގެންދެވީ އެގާނޫނަށް ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށެވެ.

ޖިނާއި އިޖުރާއަތުގެ ގާނޫނަށް އަންނަ ޖުލައި މަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ޖެހޭއިރު، ކުއްލިއަކަށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އެގާނޫނަށް އަމަލުކުރުން ކުޑަތަން ވުމުން ބޮޑަށް ހީކުރީ އެއީ އަނެއްކާ ވެސް އެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އެބިލް ބަލާލައިރު، ކަމަކުދާކަށް ނެތެވެ. ގާތްގަނޑަކަށް ޖިނާއީ އިޖުރާއަތުގެ މުޅި ގާނޫނަށް ބޮޑެތި ބަދަލުތަކެއް އަންނަ ފަދަ ގޮތަކަށް 99 އިސްލާހު ހުށަހަޅާފައިވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި 213 މާއްދާ ވެއެވެ.

ސަރުކާރުގެ ފަރާތުން އެބިލް މަޖިލީހަށް ހުށަހެޅުމާއެކު ވަރަށް އެހެންކަހަލަ ކަންތައްތަކެއް ހިނގާދިޔަކަން ފާގަވެފައިވެއެވެ. އެބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރަށް ނިސްބަތްވާ މެމްބަރު އަހުމަދު މުބީން އެވެ. މުބީން އެބިލް މަޖިލީހަށް ހުށަހެޅުމާއެކު އެބިލަށް ބަހުސް ކުރުމަށް މެމްބަރުންނަށް އެކަމަށް އެދިލެއްވުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވި އެވެ. ބަހުސް ކުރައްވާނެ މެމްބަރެއް ނެތްކަމަށް ހަމަ ކުއްލިއަކަށް އިއުލާނު ކުރެއްވުމަށްފަހު މުބީންއަށް އެބިލާ ގުޅިގެން ފަހު ބަސް ވިދާޅުވުމަށް ފުރުސަތު ދެެއްވުމުން މުބީން ވެސް ހުންނެވީ "ވާނުވާއެއްގަ" ތެރޭގައެވެ. މުބީން ވިދާޅުވީ އެބިލު މަޖިލީހުގެ މެމްބަރުން ލިބިލައްވާފައިވާނެ ކަމަށާއި އެހެންކަމުން އެބިލް މެމްބަރުން ވިދާޅުވާނެ ކަމަށެވެ.

މީގެ ކުރިން ޖިނާއީ އިޖުރާއަތުގެ ބިލްތައް ފަދަ މުހިއްމު ބިލެއް މަޖިލީހަށް ހުށަހެޅިއްޖެ ނަމަ ގިނަ މެމްބަރު އެބިލާ ގުޅޭގޮތުން ބަހުސް ބަހުސް ކުރެއެވެ.

ދެން މަޖިލީހުން ފެނިގެންދިޔައީ ކުރާނެ އިތުރުކަމެއް ނެތުމުން މަޖިލިސް މެދުކަނޑާލިތަނެވެ. މަޖިލިސް މެދުކަނޑާލުމާއެކު ސަރުކާރަށް ނިސްބަތް މެމްބަރުންގެ މެދުގައި ދެބަސްވުންތައް އުފެދި ބޮޑު ޒުވާބުގަނޑެއް ހިނގާ ސަރުކާރުގެ ދެ މިނިސްޓަރުން ކަމަށްވާ އަދި އެބިލް ފަރުމާ ކުރެއްވި އެޓާރނީ ޖެނެރަލް އަނިލް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޝްރަހް ފިނުކުމަށް މަސައްކަތް ކުރައްވަން ފެއްޓުމާއެކު ނަތީޖާއަކަށް ވެގެންދިއައީ އެބިލް މަޖިލީހުން ނެގުމެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާ ހަވާލާދީ އެނގިފައިވަނީ އެބިލަކީ މުބީން ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވި ބިލެއް ނޫން ކަމަށެވެ. މުބީން މަޖިލީހަށް ހުށަހެޅުއްވި ބިލްގައި 17 ވަރަކަށް ގަނޑު އޮތް ނަމަވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލްގައި އެއަށްވުރެ މާގިނަ މާއްދާތަކާ އެކު 37 ވަރަކަށް ގަނޑު ވާކަމަށް އެނގިފައިވެއެވެ.

މިއީ ހަމައެކަނި އެފަދަ ކަމެއް ފަޅާއެރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެކަހަލަ ކިތައް ބިލް މަޖިލީހަށް ހުހަޅާ އަދި ފާސްކޮށްފައިވާނެބާއޭ ހިތައް އަރައެވެ. އަދި މަޖިލީހުން ފާސްކުރާ ބިލްތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާއިރު ކުރައްވަނީ ހަމަ މަޖިލީހުން ފާސްކުރި ބިލް ހަމަ އެގޮތަށް ކަމާ މެދު މިހާރު މިވަނީ ސުވާލު އުފެދިފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017
ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

ދެ ފަންތިއެއްގެ ރައްޔިތުން: ގާނޫނުގެ ލޯ އަނދިރިކޮށް، އަތް ބިންދާލާފައި!

15 މެއި 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު