Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަރުކާރަށް 6 މަސް

ސަރުކާރަށް 6 މަސް: ގިނަ ކަންތައްތަކެއް ހާސިލްކުރެވުނުއިރު، ބޭނުންވި ބައެއް ބަދަލުތަކެއް ނުފެނުނު!

19 މެއި 2019 | އާދީއްތަ 11:22

ރައީސް ސޯލިހްގެ ސަރުކާރަށް 6 މަސް ވީ މެއި މަހުގެ 18 ވަނަ ދުވަހަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 މެއި 2019 | އާދީއްތަ 11:22
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެމަނިކުފާނުގެ ސަރުކާރަށް 6 މަސް ވަނީ ވެފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް - އެމަނިކުފާނުގެ ސަރުކާރަށް 6 މަސް ވަނީ ވެފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ މަސައްކަތް އެ ވަނީ ނިންމާލާފަ އެވެ. ބައެއް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ރައީސް ސޯލިހަށް ވެރިކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރަތަމަ ހަ މަސް ދުވަހަކީ، ސިޔާސީ ކޯޅުންތައް މަދު، އަމާންކަމާއެކުގައި ވެރިކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ހަ މަސް ދުވަހެވެ. ހަ މަސް ދުވަހުގެ ތެރޭގައި އިދިކޮޅު އައި ޕްރެޝަރަށް ވުރެ ބޮޑީ، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އެމަނިކުފާނާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޕްރެޝަރުތަކެވެ.

ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން، ރައީސް ސޯލިހްގެ ސަރުކާރު ވަނީ ކާމިޔަބީތަކެއް ވެސް ހޯދަވާފަ އެވެ. ހަމައެހެންމެ، ރައްޔިތުން އުއްމީދުކުރި ބައެއް ބޮޑެތި ބަދަލުތައް ވެސް ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެނިގެން ގޮސްފައެއް ނުވެއޭ ބުނެވިދާނެ އެވެ. ތަރައްޤީ ބޮޑެތި ޕްރޮޖެކްޓްތައް ވެސް އެ ހަ މަސް ދުވަހުގެ ތެރޭގައި ކުރިއަށްގެންދެވިފައެއް ނުވެ އެވެ.

ފުރަތަމަ އޮތީ ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގަައި ފެނިގެންދިޔަ ބޮޑެތި ބަދަލުތަަކުގެ ވާހަކަ އެވެ. ރައީސް ސޯލިހްގެ ސަރުކާރަކީ ވެރިކަމުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ސަރުކާރޭ ވެސް ބުނެވިދާނެ އެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 83 އިންްސައްތަ ހާސިލްކޮށްފައިވެއެވެ. އިޖްތިމައީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ.

ފުރަތަމަ ޑްގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކަރަންޓުގެ އަގު ހެޔޮކޮށް، އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފައި ވެއެވެ. ކާޑުގެ ބާވަތްތަކުގެ އަގު އެއް ހަމަކޮށް، އެސްއެމްއީ ބޭންކުގެ ހިދުމަތްދޭން ވަނީ ފަށާފަ އެވެ. ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީގެ މުއްދަތު 6 މަސް ދުވަހަށް އިތުރުކޮށް، ސުކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ވަނީ ފަށާފަ އެވެ. މެންޓަލް ހެލްތު ފެސިލިޓީއެއް އުފައްދާ، ރައްޔިތުންނަށް ފަސޭހައިން ހިދުމަތްތައް ލިބޭނެ ނިޒާމްތައް ވަނީ ޤާއިމްކޮށްފަ އެވެ. ކައުންސިލްތަކަށް ބާރުވެރިކަންދީ، ރައްޔިތުން ބާރުވެރިކުރުވާފަ އެވެ. މިނިވަންކަމާ އެކު ހިޔާލު ފާޅުކުުރުމުގެ މިނިވަންކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަސް ފެނިގެންގޮސްފައި ވަނީ ހައްޤުތައް ކަށަވަރުކޮށްދީ، އުފާވެރި ދިރިއުޅުމަކަށް މަގުތައް ކޮށައިދިން ހަ މަސް ދުވަހަށެވެ.

ދެން އޮތީ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް ރައްޔިތުން އުއްމީދުކުރި ބަދަލުތަކުގެ ވާހަކަ އެވެ. ރައީސް ސޯލިހްގެ ސަރުކާރާ އެކު ރައްޔިތުން ބޮޑެތި ބަދަލުތަކަކަށް އުއްމީދުކުރި އެވެ. މަރުތަކާއި، ގެއްލުވާލާފައިވާ މީހުންެގެ މައްސަލަތައް ބެލި، ފިޔަވަޅު އޭޅޭ މަންޒަރު ފެންނާނެ ކަމަށް ރައްޔިތުން ތިބީ އުއްމީދުކޮށްގެންނެވެ. ރައްޔިތުން ހަޒާނާ އިން ފާޅުގައި ވައްކަންކުރި މީހުންނާއި، ނުހައްޤު މުސްހިނދިކަމާ އެކު ބޮޑެތި މިލިއަނަރުންނަށްވީ މީހުންގެ މައްސަލަތައް ބަލާ، އެމީހުންނަށް ހައްޤު އަދަބު ލިބޭނެ ކަމަށް ވެސް ރައްޔިތުން އުއްމީދުކުރި އެވެ.

އެއަށް ވުރެ ބޮޑުކަމެއްގެ ގޮތުގައި މިނިވަން މުއައްސަސާތަކުގައި ތިބެ ރައްޔިތުންނަށް އަނިޔާވެރިވި މީހުން އެ މަޤާމުތަކުން ބޭރުކުރެވޭ މެންޒަރު ފެންނަނާނެ ކަމަށް ރައްޔިތުން ތިބީ ވަރަށް ބޮޑަށް ގަބޫލުކޮށްގެންނެވެ. އެކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ސަރުކާރުގަ އެވެ. ނަމަވެސް އެކަންކަން ސަރުކާރަށް ހާސިލްކުރެވިފައިނުވުމަކީ، ރައްޔިތުން މާާޔޫސްކަން އިތުރުވި ކަންކަމެވެ.

އެކަމުގައި ސަރުކާރުން ދައްކާ ބަހަނާ ވެސް މުޅިން ގޯހެކޭ ނުބުނެވޭނެ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް މަހުޖަނާއި، އޭނާގެ ބައިވެރިން ތިބީ ރައްޔިތުން ބޭނުންވާ ގޮތަށް ދީލާލާކަށެއް ނޫނެވެ. ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ދުއްތުރާއަކީ ވެސް އެވެ. ރައްޔިތުން އުއްމީދުކުރި ބޮޑެތި ބަދަލުތައް ނުގެނެސްދެވުނު ސަބަބަކީ ވެސް މަޖިލީހުގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކެވެ. ސަރުކާރުން ހުށަހެޅި ބިލްތައް ފާސްނުކޮށްދީ، މަހުޖަނު މަޖިލީހުގައި ޖެއްސެވި ސަކަރާތުގެ ސަބަބުން އެ ވައުދުތައް އޮތީ ހާސިލްނުކުރެވި އެވެ.

ރައްޔިތުން މިއަދު އުއްމީދުކޮށްގެން ތިބީ 19 ވަނަ ރައްޔިތުންގެ މަޖިލީހާ އެކު އެކަމަށް ނިމުމެއް އައިސް، ލަހެއް ނެތި އެ ވައުދުތައް ފުއްދޭނެ ކަމަށެވެ.

ދެންއޮތީ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރު އެންމެ ބޮޑަށް ފެއިލްވި ދާއިރާ އެވެ. ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ނުފެށުމެވެ. ނިމުނު ސަރުކާރުން ފެށި ބައެއް މަސައްކަތުގެ ސްޕީޑް މަޑުޖެހި، މަސައްކަތްތައް ލަސްވުމެވެ.

ރައްޔިތުންގެ އުއްމީދުތައް މިއަދު ހުރި ހިސާބަށް ބަލާއިރު، ނަރުދަމާ ނިޒާމެއްގެ މަސައްކަތް ފެށުމަކުންނެއް، ރަށެއްގެ ބިން ހިއްކުމަކުންނެއް ރައްޔިތުން ހިތްހަމައެއް ނުޖެހެ އެވެ. ރައްޔިތުން ބޭނުންވަނީ ތަރައްގީގެ ބޮޑެތި މަޝްރޫތަކުގެ މަސައްކަތްތަށް ކުރިއަށްދިއުމަށެވެ. ހައުސިން ޕްރޮޖެކްޓްތަކާ އެކު ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ލިބުމަށެވެ. އެއާ ޕޯޓްތައް އެޅި ދަތުރުފަތުރު ކުރުމަށް ފަސޭހަތަކެއް ލިބުމަށެވެ. ނަމަވެސް ސަރުކާރަށް ނިމުނު ހަ މަސް ދުވަހުގެ ތެރޭގައި އެފަދަ މަޝްރޫއެއްގެ މަސައްކަތްތައް ފަށައިގަނެވިފައިނުވާއިރު، އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ވެސް ނުވެ އެވެ.

ކުރިއަށްދަނީ ނިމުނު ސަރުކާރުން ފެށި ހައުސިން ޕްރޮޖެކްޓްތަކެވެ. އަދި މަސައްކަތަކެއް ފެށި، ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ފެށިފައެއް ނުވެއެވެ.

ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއާއެކު، ކުރަންޖެހޭ މަސައްކަތް ވެސް ގިނަ ވެފައި، ބުރަ ބޮޑެވެ. 19 ވަނަ ރައްޔިތުން މަޖިލީހުގެ ފުރިހަމަ މެޖޯރިޓީވެސް ސަރުކާރަށް ދިނީ އެ ސަބަބާއި ހުރެ އެވެ. މިއީ ސަރުކާރުން ނަތީޖާ ދައްކަންވީ ވަގުތުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
20 މާރިޗު 2017

ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟

20 މާރިޗު 2017
ހިލާލީގެއަށް މަސް އުފުލާ މެންބަރުން؟
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް