Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވިނޯދް ކަންނާ

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް ވިނޯދް މަރުވީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2017 | ބުރާސްފަތި 14:35
ވިނޯދް ކަންނާ

ވިނޯދް ކަންނާ

އަހަރު އިންޑިއާގެ ފިލްމީ ދާއިރާ އަށް 1968 ވަނަ އަށް ތައާރަފުވި ވިނޯދް ކަންނާއަކީ އޭނާގެ އެކްޓިންގ ކެރިއަރުގައި ކުރީކޮޅު ނުބައިބައި ރޯލުތައް ކުޅެގެން މަޝްހޫރުވެގެން ދިޔަ ތަރިއެވެ. އޭގެ ފަހުން ތަފާތު އެކި ރޯލްތަކުން ފެނިގެން ދިޔައ ވިނޯދު ވަނީ 49 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފިލްމީ ދާއިރާގައި ހޭދަކޮށްފައެވެ. އޭނާ ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނިޔާވެފައެވެ. އޭނާ ނިޔާވި އިރު ވެސް ފިލްމީ ދާއިރާގެ މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.

އޭނާ އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ "މަން ކާ މީތު" އެވެ. އެގޮތުން 1968 އިން ފެށިގެން 1983 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު އޭނާގެ އެތައް ފިލްމެއް ބެލުންތެރިންނަށް ދެއްކުމަށް ފަހު ވިނޯދް ކަންނާ ފިލްމު ކުޅުމާ ދުރުވިއެވެ. އެއީ އޭނާއާ ދިމާވި ދީނީ ހަރުކަށި ވިސްނުމެއްގެ މީހެއްގެ ސަބަބުން ކަމަށް ޚަބަރުތައް ފެތުރުނެވެ. އެހެން ނަމަވެސް އޭގެ ހަތަރު އަހަރު ދުވަހުގެ ފަހުން 1987 ވަނަ އަހަރު ވިނޯދް ކަންނާ ފިލްމީ ދާއިރާއާ އަލުން ގުޅުނީ "އިންސާފު"އިންނެވެ.

އެންމެ ފަހުން ވިނޯދް ފިލްމީ ދާއިރާއިން ފެނިފައި ވަނީ 2015 ވަނަ އަހަރު ނެރުނު ޝާހްރުކް ޚާން އާއި ކާޖޮލް ލީޑްރޯލުން ފެނިގެންދިޔަ "ދިލްވާލޭ" އިންނެވެ. ވިނޯދްވަނީ 100 އަށްވުރެ ގިނަ ފިލްމު ބެލުންތެރިންނަށް ގެނެސްދީފައެވެ. އަދި 1999 ވަނަ އަހަރު ފިލްމްފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް އޭނާއަށް ވަނީ ލިބިފައެވެ.

ވިނޯދް ކަންނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މެރަ ގައޯން މެރާ ދޭޝް"، "އިމްތިހާން"، "ދަޔާވަން" އަދި "ހޭރާފޭރީ" ހިމެނެއެވެ. ވިނޯދް ކަންނާ ކުޅެފައިވާ ފިލްމް "އަމަރް އަކްބަރް އެންތޮނީ" އަކީ އަދިވެސް ބެލުންތެރިންގެ ތަރުހީބު ލިބެމުންދާ ފިލްމެކެވެ. މީގެ އިތުރުން ސަލްމާން ޚާނާ އެކު ކުޅެފައިވާ "ދަބަންގް" އަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ ފިލްމެކެވެ.

ކާމިޔާބު އެކްޓަރެއްގެ އިތުރުން ވިނޯދަކީ ކާމިޔާބު ސިޔާސީ ލީޑަރެކެވެ. 1997 ވަނަ އަހަރު ވިނޯދް ކަންނާވަނީ ބާރަތްޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އާ ގުޅިފައެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ގުރްދާސްޕޫރުގެ މަޖިލިސް މެމްބަރު ކަމަށް ހޮވި މަޖިލިސް މެމްބަރު ކަމުގެ މިނިސްޓަރުކަން ވެސް އަދާކޮށްފަ އެވެ.

ވިނޯދް ކަންނާ އެންމެ ފުރަތަމަ ކުރި ކައިވެންޏަށް ދެ ފިރިހެން ދަރިން ލިބިފައިވެއެވެ. އެއީ ރާހޫލް އާއި އަކްޝޭ ކަންނާ އެވެ. އެދެމީހުންނަކީވެސް ބޮލީވުޑްގެ ފިލްމީ ތަރިންނެވެ. އަދި ދެ ވަނަ އަނބިމީހާ ކަވީތާ އަށް ވެސް ފިރިހެން ދަރިއަކާއި އަންހެން ދަރިއެއް ލިބިފައިވެ އެވެ.އެއީ ސަކްޝީ ކަންނާ އަދި ޝްރައްދާ ކަންނާއެވެ.

ވިނޯދްވަނީ އޭޕްރީލްމަހުގެ 2 ވަނަ ދުވަހު ކުއްލި ގޮތަކަށް މުމްބާއީގެ ހޮސްޕިޓަލެއް ކަމަށްވާ ގިރްގާއޮގެ އެޗް އެން ރިލައެންސް ފައުންޑޭޝަން އެންޑް ރިސާޗު ސެންޓަރުގައި އެޑްމިޓް ކޮށް ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު (މިއަދު) ހެނދުނުގެ ވަގުތެއްގައި ނިޔާވެފައެވެ.

ވިނޯދް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ ޑިހައިޑްރޭޓްވެގެން ކަމަށް އޭނާގެ ދަރިފުޅު ރާހުލް ކަންނާ ބުނެފައިވީ ނަމަވެސް އޭނާ މަރުވެފައި ވަނީ ކެންސަރުބަލީގައިކަން ވަނީ އެނގިފައެވެ.

ވިނޯދް ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގުރްދާސްޕޫރްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ އަށް ކެންސަރު ޖެހި އެބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި އަދި އޭނާގެ ބަލި ވަރަށް ބޮޑުތަން ފަސޭހަވެފައިވާ ކަމަށް ބުނެފަ އެވެ.

ވިނޯދް ކަންނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދުވަސްވަރު އާންމުވި ފޮޓޯއިން ފެންނަނީ އޭނާގެ ހަށިގަނޑު އަނަރޫފަވެފައިވާ މަންޒަރެވެ. އެ ފޮޓޯގައި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ ބަލި މީހުން ލައި ހެދުން ލައިގެން ހުރިއިރު، އޭނާގެ ގައިގައި ހިފަހައްޓައިގެން އަނބިމީހާ ކަވީތާ އާއި ދަރިޔަކު ހުރެ އެވެ. ވިނޯދަށް ޖެހުނީ ބްލެޑާ ކެންސަރު ކަމަށާއި އާއިލާ އިން އަދި މިކަން ސިއްރުކުރަން މަސައްކަތް ކުރަނީ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން އޭރު ވެސް ދިޔައީ ބުނަމުންނެވެ.

ވިނޯދް ކަންނާގެ އުމުރުގެ ފަހު ބައި ހޭދަކޮށްފައި ވަނީ އޭނާގެ އަނބި މީހާ އާއި ދަރިންނާ އެކުގައެވެ. އޭނާ މަރުވިއިރު އުމުރަކީ 70 އަހަރެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

15 ޖޫން 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު