Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަސް

ދާރުލްއާސާރަކީ ހަމައެކަނި އާސާރީ ތަކެތި ބަހައްޓާ ތަނެއް ކަމުގައި ހީކުރެވުން ވަނީ ބަދަލުވެފައި: ޔުމްނާ

ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 19 ނޮވެންބަރު 1952 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 18 މެއި 2019 | ހޮނިހިރު 12:27
މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

ދާރުލްއާސާރަކީ ހަމައެކަނި އާސާރީ ތަކެތި ބަހައްޓާ ތަނެއް ކަމުގައި ހީވެފައި އޮތް އޮތުން ވަނީ ބަދަލުވެފައި ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ދާރުލްއާސާރަކީ މުޖްތަމަޢުއެއްގެ ތާރީޚާއި ސަޤާފަތާއި އާދަކާދައާއި ފަންނުވެރިކަމާ ގުޅޭ މަޢުލޫމާތު އެ މުޖްތަމަޢުއެއްގެ އަހުލުވެރިންނަށާއި ދިރާސާކުރާ ފަރާތްތަކަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ތަނެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދާރުލްއާސާރުތަކަކީ ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ ތަފާތުކަމާއި، މުއްސަނދިކަމާއި، އެބައެއްގެ އެއްބައިވަންތަކަމާއި ސުލްޙަމަސަލަސްކަން ދައްކައިދޭ ތަނަކަށް ވުމާ އެކު، މި ކަންކަމަށް އާންމުންގެ މެދުގައި ހޭލުންތެރިކަމާއި ލޯބި އިތުރުކުން ކަމަށެވެ.

މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިޢާރަކީ "ދާރުލްއާސާރުތަކަކީ ސަޤާފަތުގެ ނާރެސް – އާދަކާދައިގެ ކުރިމަގު" މިއެވެ. މި ޝިޢާރުން ބާރުއަޅަނީ ދާރުލްއާސާރުތަކުގެ ބަދަލުވަމުންދާ ތަސައްވުރަށެވެ.

1977 އިން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ 18 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ ގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް (އައިކޮމް)ގެ ފަރާތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މިދުވަހުގެ ތަހުނިޔާ އާއި މުބާރިކުބާދީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުންނަށާއި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް މިނިސްޓަރ ވަނީ ފޮނުއްވާފައެވެ. މީގެ އިތުރުން ޚާއްސަގޮތެއްގައި އަމިއްލަ ދާރުލްއާސާރުތައް ހުޅުއްވައިގެންނާއި އެހެނިހެން ގޮތްގޮތުން ވެސް ދިވެހިރާއްޖޭގެ ސަޤާފީ ތަރިކަ ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރާ އަދި ކުރަމުން އަންނަ ފަރާތްތަކާއި އެ ފަރާތްތަކުން ކުރަމުން އަންނަ އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު ދަންނަވައި ދުވަހުގެ ހެޔޮއެދުންތައް މިނިސްޓަރު ވަނީ ފޮނުއްވާފައެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައި ވަނީ 19 ނޮވެންބަރު 1952 ގައި އޭރުގެ ވަޒީރުލްއަޢުޒާމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މިނިސްޓަރު ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޒަމާނީ ދާރުލްއާސާރެއް ޤާއިމްކުރުމުގެ ޕްލޭންތައް ތައްޔާރުކުރެވި 12 ނޮވެންބަރު 2008 ވަނަ ދުވަހު ޤަޢުމީ ދާރުލްއާސާރުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވަނީ 26 ޖުލައި 2010 ގައި މި ޢިމާރާތް ހުޅުއްވައިދެއްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަކީ ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކަ އާއި ސަޤާފަތާ ބެހޭ ގޮތުން ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއް ފުރާޅެއްގެ ދަށުން ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދޭ ތަނެކެވެ. އެންމެ އެވޭލާ ޒަމާނުގެ ތާރީޚުން ފެށިގެން، ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްޤީގެ މަރުޙަލާތަކާއި، ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތައް އަދި ރާއްޖެ ފާހަގަކޮށްފައިވާ އެންމެ ޚާއްސަ ކަންތައްތަކުގެ މަޢުލޫމާތު ދާރުލްއާސާރުން ލިބެއެވެ. މީގެ އިތުރުން، ދާރުލްއާސާރަކީ އެ މުޖުތަމަޢެއްގެ ތާރީޚާއި، ފަންނުވެރިކަމާއި ސަޤާފަތާއި ތަރިކައާއި ގުޅޭ މަޢުލޫމާތު އެ މުޖުތަމަޢެއްގެ އަހުލުވެރިންނަށާއި ދިރާސާކުރާ ފަރާތްތަކަށާއި، ޒުވާނުންނަށާއި، ކިޔަވާކުދިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ތަނެއްކަން މިނިސްޓަރުގެ މެސެޖްގައި ވަނީ ފާހަގަކުރައްވާފައެވެ.

ދާރުލްއާސާރަކީ ޤަޢުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. އަދި ދާރުލްއާސާރުތައް ތަރައްޤީކޮށް އެތަން މުއްސަނދިކުރުން ވެގެންދާނީ ދިވެހިރާއްޖެ އިޖުތިމާޢީގޮތުން ކުރިއަރާ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ރާއްޖެއަށް މާލީ މަންފާތަކެއް ލިބި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހެޔޮ އަސަރުތަކެއް ކުރާނޭ ކަމަކަމަށް މިނިސްޓަރގެ މެސެޖްގައި ވެއެވެ.

މިނިސްޓަރ ވިދާޅުވީ ދާރުލްއާސާރުގެ އެކިއެކި ގޮފިތައް ހުޅުވި، ސަރަޙައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތައް ހުޅުވިގެންދިއުމަކީ ދިވެހީންގެ ޒަމާންވީ ތާރީޚާއި ތަރިކަ އާއި ސަޤާފަތާ މެދު ދިވެހިންގެ ހިތްތަކުގައި ފަޚުރުވެރިކަން އުފެދޭނޭ ކަމެއް ކަމަށެވެ.

"މިގޮތަށް ހުޅުވޭ ސަރަޙައްދީ ދާރުލްއާސާރުތައް ވެގެންދާނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ތަނަކަށެވެ. މިގޮތުން، 11 ސެޕްޓެންބަރު 2018 ގައި ހުވަދޫ ސަރަޙައްދީ ދާރުލްއާސާރު ވަނީ ހުޅުވާފައެވެ. މީގެ އިތުރުންވެސް އެހެނިހެން ހިސާބުތަކުގައި ސަރަޙައްދީ ދާރުލްއާސާރު ހުޅުވުމުގެ ޕްލޭންތައް ތައްޔާރުކުރެވި މަޝްވަރާތައް ދަނީ ކުރެވެމުން،" މިނިސްޓަރގެ މެސެޖްގައި ވެއެވެ.

މިނިސްޓަރުގެ މެސެޖްގައި އިތުރަށް ވިދާޅުވެފައި ވަނީ ދާރުލްއާސާރުގައި ހުރި އާސާރުތަކަކީ ދިވެހީންގެ ހަނދާންތަކާއި، ޝުޢޫރުތަކާއި އަމިއްލަވަންތަކަމާއި ގުޅިފައިވާ އެއްޗެއް ކަމަށެވެ. މިތަކެއްޗާއި މިތަކެތިން ލިއްބައިދޭ އަގުހުރި މަޢުލޫމާތު ރައްކާތެރިކުރުމަކީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. މިއީ، ކާބަފައިން ޙަވާލުކޮށްފައިވާ އަގުބޮޑު އަމާނާތެއް ކަމަށާއި މިތަކެތި ރައްކާތެރިކޮށް ދަމަހައްޓާ އަދުގެ ޖީލަށާއި އަންނަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު