Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކަމިޝަން

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބާއްވާ މަޝްވަރާ ހޯމަ ދުވަހު ފަށަނީ

18 މެއި 2019 | ހޮނިހިރު 07:37

މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކާއި ގުޅުން ހުރި މުއައްސަސާތަކުން ބައިވެރި ވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 މެއި 2019 | ހޮނިހިރު 07:37
އީސީގެ ބައެއް މެމްބަރުން

އީސީގެ ބައެއް މެމްބަރުން

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައާއި އިންތިޚާބާއި ބެހޭ ގާނޫނުގައި ފުށުއެރުންތަކެއް ހުރުމުން ސިޔާސީޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމަށް ބާއްވާ މަޝްވަރާ އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް އިލެކްޝަންސް ކަމިޝަން(އީސީ)އިން ބުނެފިއެވެ.

އީސީއިން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އިންތިޚާބުތަކާއި ބޭހޭ ގާނޫނަށް ހުށައަޅާ އިސްލާހުތައް ގެނައުމަށް ފަށާ މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އެކަމާއި ގުޅުން ހުރި މުއައްސަސާތަކުން ބައިވެރި ވާނެކަމަށެވެ.

Advertisement - newsAdvertisement

އީސީ އިން މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަ ޑްރާފްޓެއް އެކުލަވާލާފައެވެ.

ދެ ގާނޫނަށް އިސްލާހު ގެނައުމަށް އީސީއިން މަޝްވަރާކުރަން ތައްޔާރު ވަމުންދާއިރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ވެސް ގާނޫނު ފުށު އަރާ ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޕާޓީއަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވަނީ މީލާދީ އަހަރެއް ފެށިގެން 90 ދުވަހުގެ ތެރޭގައެވެ. އަދި ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް އެޕާޓީއަކުން އީސީއަށް ހުށައެޅުމަށް ވެސް ކަނޑައަޅާފައިވަނީ މީލާދީ އަހަރެއް ފެށިގެން 90 ދުވަހުގެ ތެރޭގައެވެ. ހަމަ އެގޮތަށް ޕާޓީތަކަށް ފައިސާ ދޫކުރެވޭނީ އަދި ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށައެޅުމަށް ފަހު ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.

ސިޔާސީ ދާއިރާއަށް އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ކައުންސިލްތަކާ ލީޑަރޝިޕުގެ މަދުވެގެން 30 ޕަސެންޓް ކަނބަލުންނަށް ޚާއްސަ ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކަމިޝަން(އީސީ)ގެ މެމްބަރު އަހުމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ. އެކަމިޝަނުން އިސްނަގައިގެން އިންތިޚާބުތަކާއި ބެހޭ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކަނބަލުންނަށް ކައުންސިލްތަކާއި ލީޑަރޝިޕުގެ 30 ޕަސެންޓް ދިނުމަށް ހުށައަޅުއްވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަންހެނުންނަށް ކައުންސިލްތަކާއި ލީޑަރޝިޕުން 30 ޕަސެންޓް ދިނުމަށް އެ ދެ ގާނޫނަށް އިސްލާހް ހުށައަޅުއްވާނެ ކަމަށް އަކްރަމް ވިދާޅުވެފައިވާއިރު ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުމަށް ލާޒިމުވާ ގޮތަށް، ކައުންސިލްގެ 33 ޕަސެންޓަކީ އިންތިހާބު ކުރާ އަންހެނުންނަށް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ވެސް ވަނީ އިސްލާހު ހުށައަޅާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އޮޑިޓް ރިޕޯޓްތައް އޮޑިޓް އޮފީހަށް ފޮނުވޭނެ ގޮތަށް ބަދަލު ކުރުން ވެސް ހޯމަ ދުވަހު ފަށާ މަޝްވަރާތަކުގައި މަޝްވަރާ ކުރާނެ ކަމަށް އީސީއިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީސީއިން ތައްޔާރު ކުރި ޑްރާފްޓުގައި ޕާޓީތަކަށް ފައިސާ ދޭނެ ގޮތަށް ވެސް ބަދަލުތައް ގެންނަން ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް