Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާކަސް ރަޝްފޯޑް

ރަޝްފޯޑްއަށް ބާސާއިން ފާރަލަނީ

ރަޝްފޯޑްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ

ލީވާން އަލީ
ލީވާން އަލީ | 18 މެއި 2019 | ހޮނިހިރު 17:12
މާކަސް ރަޝްފޯޑް

މާކަސް ރަޝްފޯޑް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑްއަށް ބާސެލޯނާއިން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މުންޑޯ ޑިޕޯޓިވޯއިން ބުނީ، ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާއިން ރަޝްފޯޑް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކްލަބުން ކުރިޔަށް އޮތް ސީޒަނަށް ޓާގެޓްކުރާ ކުޅުންތެރިންގެ ތެރޭގައި ރަޝްފޯޑް ވެސް ހިމެނޭ ކަމަށެވެ.

މި ސީޒަނަށް ފަހު ރަޝްފޯޑްގެ އެއްބަސްވުން ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޔުނައިޓެޑުގެ އާ އެއްބަސްވުމާއެކު އޭނާ ކްލަބުގައި މަޑުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާ އެއްބަސްވުމާއެކު އުމުރުން 21 އަހަރުގެ ރަޝްފޯޑަށް މިހާރު ހަފްތާއަކު ލިބެމުން އަންނަ 80،000 ޕައުންޑުގެ ބަދަލުގައި 300،000 ޕައުންޑަށް ބަދަލުވާނެއެވެ. އެއީ ކުރީގެ މުސާރައަށް ވުރެ ތިން ގުނަ ބޮޑު އަދަދެކެވެ.

ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ލިބުން ކުރިން ދަތިވެފައިވާ ރަޝްފޯޑަށް އާ ކޯޗު ސޮލްޝެއާ ޓީމާ ހަވާލުވި ފަހުން މިހާރު ފުރަތަމަ 11އިން ފުރުސަތު ލިބުން ވަނީ ގިނަވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2015 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު 162 މެޗުގައި 45 ލަނޑު ކާމިޔާބުކޮށްފައެވެ.

ރަޝްފޯޑް ވަނީ ޔުނައިޓެޑާ އެކު އެފްއޭ ކަޕް، ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ. އިންގްލޭންޑް ގައުމީ ޓީމާ އެކު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި ރަޝްފޯޑް ވަނީ އެ ޓީމަށް ކުޅުނު 31 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2017

ސްޕެނިޝް ލަލީގާ: އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސާއިން ދަމަހައްޓައިފި

11 ޑިސެމްބަރު 2017
ސްޕެނިޝް ލަލީގާ: އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސާއިން ދަމަހައްޓައިފި
02 ޑިސެމްބަރު 2017

ކުޓީނިއޯ އަށް އަހަރަކު 14 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ބާސާއިން ހުށަހަޅައިފި

02 ޑިސެމްބަރު 2017
ކުޓީނިއޯ އަށް އަހަރަކު 14 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ބާސާއިން ހުށަހަޅައިފި
14 ނޮވެމްބަރު 2017

ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!

14 ނޮވެމްބަރު 2017
ވޮޓްފޯޑުގެ ކޯޗަށް އެވަޓަންއިން ފާރަލަނީ!
25 އޮކްޓޯބަރު 2017

ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި

25 އޮކްޓޯބަރު 2017
ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި
23 އޯގަސްޓު 2017

ބާސާއިން ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

23 އޯގަސްޓު 2017
ބާސާއިން ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި
23 އޯގަސްޓު 2017

ބާސާއިން ހަތަރު ވަނަ ފަހަރަށް ކޫޓީނިއޯއަށް ބިޑު ކުރަނީ

23 އޯގަސްޓު 2017
ބާސާއިން ހަތަރު ވަނަ ފަހަރަށް ކޫޓީނިއޯއަށް ބިޑު ކުރަނީ
18 އޯގަސްޓު 2017

ލަލީގާގެ ފުރަތަމަ މެޗުގައި އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް ބާސާއިން ނިންމައިފި

18 އޯގަސްޓު 2017
ލަލީގާގެ ފުރަތަމަ މެޗުގައި އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް ބާސާއިން ނިންމައިފި
10 އޯގަސްޓު 2017

ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

10 އޯގަސްޓު 2017
ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި
02 އޯގަސްޓު 2017

ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި

02 އޯގަސްޓު 2017
ޕީއެސްޖީއަށް ބަދަލުވާން ބާސާއިން ނޭމާ އަށް ހުއްދަދީފި
31 ޖުލައި 2017

ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ

31 ޖުލައި 2017
ބާސާއިން އޮޒިލްއަށް ބިޑުކުރަން ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު