Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސާއިން ދަމަހައްޓައިފި

ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2017 | ހޯމަ 04:42
މި މެޗުގައި ޖެހި ލަނޑާއެކު ޔޫރަޕުގެ ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި މެސީ ވަނީ އަރާ ހަމަކޮށްފައި

މި މެޗުގައި ޖެހި ލަނޑާއެކު ޔޫރަޕުގެ ޓީމަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާއި މެސީ ވަނީ އަރާ ހަމަކޮށްފައި

ސްޕެނިޝް ލަލީގާގައި މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑު ބާސެލޯނާއިން ދަމަހައްޓައިފިއެވެ.

ބާސާއިން މި ރެކޯޑު ދެމެހެއްޓީ ރަށުން ބޭރުގައި ވިލަރެއާލްއާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ވިލަރެއާލް ވެސް ވަނީ ކައުންޓާގައި ބާސާގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް މަސައްކަތް ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައި ނުވާއިރު މި ހާފުގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށެވެ. އެގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ބޮލުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ވިލަރެއާލްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. މި ހާފުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވަނީ ރަނގަޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފުގައި ވިލަރެއާލްއަށް އިތުރު ދަތިތަކަކާއި ކުރިމަތިވީ އެ ޓީމުގެ ޑެނިއެލް ރާބާއަށް މެޗުގެ 60 ވަނަ މިނެޓުގައި ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއި ވިދިގެންނެވެ. އޭނާ ދަނޑުން ފޮނުވާލީ ބާސާގެ ސާޖިއޯ ބުސްކެޓްސްގެ ފަޔަށް އަމާޒުކޮށް ކުރި ނުރައްކާތެރި ފައުލްއަކާއި ގުޅިގެންނެވެ.

މި ރަތް ކާޑާއެކު މެޗު ބާސާގެ ކޮޅަށް އެނބުރިގެން ދިޔައިރު ވިލަރެއާލްއިން ވަނީ ފަހަތަށް ޖެހި ޑިފެންސްކުރަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ބާސާގެ ފޯވާޑް ލައިނުން ވަނީ މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލާފައެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ޕަކޯ އަލްކޭސާ ތަނަވަސްކޮށްދިން ފުރުސަތަކުން ލުއިސް ސުއަރޭޒް ބާސާއަށް ލީޑު ނަގައި ދިނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ލިއޮނެލް މެސީ ވަނީ ބާސާއަސް ލަނޑެއް ޖަހައިދީ މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

ލަލީގާގައި އެޓްލެޓިކޯ މެޑްރިޑް ވަނީ 1-0 ގެ ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކޮށްފައެވެ. މި މެޗުގައި އެޓްލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ސައުލް ނިގުއޭޒްއެވެ.

ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު އެއްވަނައިގައި 39 ޕޮއިންޓާއެކު ބާސާ އޮތްއިރު ދެވަނައިގައި 34 ޕޮއިންޓާއެކު އޮތީ ވެލެންސިއާއެވެ. ތިންވަނައިގައި 33 ޕޮއިންޓާއެކު އެޓްލެޓިކޯ އޮތްއިރު ހަތަރު ވަނައިގައި 31 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޮޑުތަފާތަކުން ބާސާ އަދި ރެއާލް މޮޅުވެ މަގާމު ދަމަހައްޓައިފި

05 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު