Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފިލިޕޭ ކުޓީނިއޯ

ކުޓީނިއޯ އަށް އަހަރަކު 14 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ބާސާއިން ހުށަހަޅައިފި

ލިވަޕޫލްއާ އެކު ކުޓީނިއޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2017 | ހޮނިހިރު 02:51
ލިވަޕޫލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ފިލިޕޭ ކުޓީނިއޯ

ލިވަޕޫލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ފިލިޕޭ ކުޓީނިއޯ

ލިވަޕޫލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ފިލިޕޭ ކުޓީނިއޯ އަށް އަހަރަކު 14 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ބާސެލޯނާއިން ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ "ސްޕޯޓް" އިން ބުނީ ކުޓީނިއޯ ވިއްކާލަން ލިވަޕޫލް އިން އެއްބަސްވެއްޖެނަމަ، އަހަރަކު 14 މިލިއަން ޔޫރޯ ދިނުމަށް ލިވަޕޫލް އިން ނިންމާ އެ ކްލަބުން އޭނާ އަށް އެއްބަސްވުމެއް ހުށަހަޅާފައިވާ ކަމަށެވެ.

ބާސާ އިން ވަނީ އެކިފަހަރުމަތިން ކުޓީނިއޯ ހޯދުމަށް ބިޑްކޮށްފައެވެ. އެހެން ނަމަވެސް ލިވަޕޫލް އިން ވަނީ އެ ހުރިހާ ބިޑެއްވެސް ރިޖެކްޓް ކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯ ހޯދުމަށް ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި 150 މިލިއަން ޔޫރޯ ހުށަހެޅުމަށް ބާސާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯގެ މުސާރަ ހަމަޖެއްސުމަށް ތިން ކުޅުންތެރިޔަކު ވިއްކާލަން ނިންމާފައިވެއެވެ. އޭގެ ތެރޭގައި އަރްދާ ޓުރާން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާސާގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ ކުޓީނިއޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިންލޭންޑް، ސްޕެއިން، ޖަރުމަން އަދި ފްރާންސްގެ ކްލަބްތައް ވެސް ހިމެނެއެވެ.

މި ސީޒަނުގެ ކުރީކޮޅު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޓީމުން ކުޓީނިއޯއަށް ފުރުސަތު ގެއްލުނު ނަމަވެސް އަނިޔާއިން އެނބުރި އައިސް އޭނާ އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ޓީމަށް މި ސީޒަނުގެ މިހާތަނަށް ކުޅުނު 10 މެޗުގައި ފަސް ލަނޑު ޖަހާފައެވެ.

ލިވަޕޫލްއާއެކު 2022 ވަނަ އަހަރާ ހަމަޔަށް ކޮންޓްރެކްޓް ހަދާފައިވާ ކުޓީނިއޯ އެ ޓީމަށް ބަދަލުވެފައި ވަނީ 2012 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ޓީމަށް ބަދަލުވިފަހުން މިހާތަނަށް އެ ޓީމަށް ކުޅެދިން 190 މެޗުގައި 46 ލަނޑު ޖަހައިދީފައެވެ.

ލިވަޕޫލްގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ފުޓްބޯޅައިގެ ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ފަރާތްތަކުން އަންނަނީ އޭނާ އެހެން ޓީމަކަށް ބަދަލުވުމަށް ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު