Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިސްކޯ ޔުވެންޓަސްއަށް ބަދަލުވަނީ

ޔުވެންޓަސްއަށް ބޭނުންވަނީ އިސްކޯފަދަ ކުޅުންތެރިޔެއް

އިސްކޯގެ އެއްބަސްވުން ހަމަވާނީ 2022 ގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 13 މެއި 2019 | ހޯމަ 15:52
އިސްކޯ

އިސްކޯ

ޔުވެންޓަސްއަށް ބޭނުންވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރ އިސްކޯފަދަ ކުޅުންތެރިޔެއް ކަމަށް ޔުވެންޓަސްއަށް ކުރިން ކުޅުނު އިޓަލީގެ މިޑްފިލްޑަރ ޕިރްލޯ ބުނެފިއެވެ.

ސްކައި އިޓަލިއާއަށް ދިން އިންޓަވިއުއެއްގައި ޕިރްލޯ ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގު ޔުވެންޓަސްއަށް ހޯދޭނެ ކަމަށާއި، ޔުއެވެންޓަސް މިހާރު އޮތީ އެހެން ލެވެލްއެއްގައި ކަމަށެވެ.

އެގޮތުން ޕިރްލޯ ބުނީ، ޔުވެންޓަސްއަށް އިސްކޯފަދަ މިޑްފިލްޑަރެއް ބޭނުންވާ ކަމަށާއި، މިޑްފިލްޑަރުންނާ ނުލާ ޔުއެފާ ޗެމްޕިއަންސް ލީގު ނުހޯދޭނެ ކަމަށެވެ.

މީގެއިތުރުން އޭނާ ބުނީ، ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމާ އެކު ޔުވެންޓަސް މިހާރު ވަރަށް ތަފާތު ކަމަށާއި، ނަމަވެސް އޭނާއަށް ބޯޅަ ދެވޭނެ ގޮތެއް ނުހޯދޭ ކަމަށެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޔުވެންޓަސް ވަނީ ކަޓާފައެވެ. އެޓީމު ބަލިވީ ސެމީގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން ބަލިވި ނެދަލޭންޑްސްގެ އަޔަކްސް އަތުންނެވެ.

ޕިރްލޯ މިހެން ބުނެފައިވާއިރު، ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިސްކޯ ހޯދުމަށް ޔުވެންޓަސްއިން ވަނީ 85 މިލިއަން ޔޫރޯ ހުށަހަޅަން ނިންމާފައެވެ. އަދި އޭނާ ހޯދުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިސްކޯ ރެއާލްއާ އެކު ހަދާފައިވާ އެއްބަސްވުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ވަނީ އާކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ 2022 ގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

ވެލެންސިއާ އިން ކެރިއަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.

އޭނާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 271 މެޗުގައި 47 ލަނޑު ކާމިޔާބުކޮށް، ލަލީގާ، ސްޕެނިޝް ސުޕަރ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ފީފާ ކްލަބް ވާރލްޑްކަޕް ތިންފަހަރު، ޔުއެފާ ސުޕާ ލީގު ތިން ފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވާރލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ

ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ

31 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

13 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު