Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެދުނުގެ ނާސްތާ ވައުދު

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނާސްތާ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

10 މެއި 2019 | ހުކުރު 09:31

ދަރިވަރުންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 10 މެއި 2019 | ހުކުރު 09:31
ދިރާސީ އާ އަހަރު ފެށުނު ދުވަހު ވަނީ 25 ސްކޫލެއްގައި ހެދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮގްރާމް ފަށާފައި

ދިރާސީ އާ އަހަރު ފެށުނު ދުވަހު ވަނީ 25 ސްކޫލެއްގައި ހެދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮގްރާމް ފަށާފައި

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ ނާސްތާ ތައްޔާރުކޮށްދޭން ބީލަމަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާހަމައަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެޑިޔުކޭޝަން މިނިސްޓްރީން ބީލަމަށް ހުޅުވާލައިފައިވަނީ 188 ސްކޫލަކަށް ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތްތައް ހޯދުމަށެވެ. ނާސްތާ ތައްޔަރުކޮށްދޭން ބޭނުންވާ ކޮންމެ ސްކޫލެއްގައި 12 މެއި ފެށިގެން 15 މެއި އާއި ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 9:30 އިން 12:30 އަށް ނަން ނޯޓް ކުރެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި -/5,000 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެ ކަމަށާއި، ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަސް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ 213 ސްކޫލުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ޓާރމްގައި ނާސްތާ ޕްރޮގްރާމް ފަށާފައި ވަނީ 25 ސްކޫލެއްގައެވެ. އޭރު ސަރުކާރުން 25 ސްކޫލެއްގައި ނާސްތާ ޕްރޮގްރާމްގައި ފަށާފައިވަނީ އަޖުމަ ބެލުމުގެ ގޮތުން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައެވެ. ތަޖްރިބާއަށް ބެލުމަށްފަހު ދެވަނަ ޓާރމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެދުނުގެ ނާސްތާގެ ޕްރޮގްރާމް ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދަރިވަރުންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ. ދަރިވަރުންނަށް ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން ތިން މެނޫއެއް އޮންނާނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް