Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯ ހާޓް

ބާންލީ ދޫކޮށް ހާޓް ނޯވިޗްއަށް ބަދަލުވަނީ

9 މެއި 2019 | ބުރާސްފަތި 14:06

ހާޓްގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 9 މެއި 2019 | ބުރާސްފަތި 14:06
ޖޯ ހާޓް

ޖޯ ހާޓް

ބާންލީއަށް ކުޅެމުން އަންނަ އިނގިރޭސި ކީޕަރ ޖޯ ހާޓް ކުރިޔަށް އޮތް ސީޒަނަށް ޕްރޮމޯޓްވި ނޯވިޗް ސިޓީއަށް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ދަ ސަންއިން ބުނީ، މި ސީޒަނަށް ފަހު ބާންލީ ދޫކޮށްލަން ހާޓް ވިސްނަމުން އަންނަ ކަމަށާއި، އޭނާ ބަދަލުވުން އެންމެ ގާތީ ނޯވިޗްއަށް ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހާޓް ވިއްކާލަން ބާންލީން ވެސް ބޭނުންވާ ކަމަށާއި، ނަމަވެސް އޭނާ ވިއްކާލާނީ ދާއިމީ ލޯން އެއްބަސްވުމެއްގެ ދަށުން ތޯ ނުވަތަ ދާއިމީ ގޮތެއްގައިތޯ ބާންލީން ނުނިންމާ ކަމަށެވެ.

ބާންލީގެ އެއް ނަމްބަރު ކީޕަރަކީ މިވަގުތު ޓޮމް ހީޓޮންއަށް ވާއިރު، ބާންލީއާ އެކު ހާޓްގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރެވެ. އޭނާ ބާންލީއަށް ބަދަލުވީ 2018 ވަނަ އަހަރު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މެންޗެސްޓާ ސިޓީން ވިދާލި ހާޓް ސިޓީ ދޫކޮށްލީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ ޓޮރީނޯއަށް ބަދަލުވެ އެޓީމަށް 37 މެޗު ކުޅެފައެވެ. އެގޮތުން އޭނާ ވަނީ މެޗުތަކުގައި މޮޅެތި ސޭވްތަކެއްކޮށް، އިޓަލީ ސަޕޯޓަރުންގެ އިހުތިރާމު ހޯދާފައެވެ.

މެންޗެސްޓާ ސިޓީއާ އެކު ދެ ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ދެ ފުޓްބޯލް ލީގް ކަޕް ހޯދާފައިވާ ހާޓް ވަނީ ޕްރިމިއާ ލީގުގެ ގޯލްޑެން ގްލޯވް ޖެހި ޖެހިގެން ހަތަރު ފަހަރު ހޯދާފައެވެ. މީގެ އިތުރުން އޭނާ ވަނީ އިންގްލޭންޑް ގައުމީ ޓީމަށް 75 މެޗު ވެސް ކުޅެދީފައެވެ.

ބާންލީއަށް ހާޓް ބަދަލުވީ މިދިޔަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް 21 މެޗު ކުޅެ، މޮޅެތި ސޭވްތަކެއް ކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް