Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަންސް ކަމިޝަން

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ޕާޓީތަކާއެކު މަޝްވަރާ ފަށަނީ

ކުރިއަށް އޮތް މަޖިލީހަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރުމަށް ހުށައަޅާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 8 މެއި 2019 | ބުދަ 09:21
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ފުށުއެރުންތަކެއް ހުރުމުން އެގާނޫނު އިސްލާހު ކުރުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރަން އިލެކްޝަންސް ކަމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ރާއްޖެއެމްވީއަށް ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ސިޔާސީ ޕާޓީތަކާއެކު ގާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާތައް ފެށުމަށް ކަމަށެވެ.

Advertisement - newsAdvertisement

އީސީ އިން މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަ ޑްރާފްޓެއް އެކުލަވާލާފައެވެ. އަކްރަމް ވިދާޅުވީ އެޑްރާފްޓާއެކު ޕާޓީތަކުގެ ޚިޔާލު ވެސް އެ ޑްރާފްޓަށް އިތުރު ކުރައްވާނެ ކަމަށެވެ.

"އެނގިލައްވާނެ އެ ގާނޫނުގައި އެބަހުރި ފުށު އަރާ ކަންތައްތައް. އެއަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން މި ކުރަނީ" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ޕާޓީ ތަކާއެކު މަޝްވަރާ ކުރާނެ ދުވަހެއް ކަނޑައަޅުއްވާނީ އެ ކަމިޝަންގެ މެމްބަރުން ބައްދަލު ކުރެއްވުމަށް ފަހު ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި ވެސް ގާނޫނު ފުށު އަރާ ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޕާޓީއަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވަނީ މީލާދީ އަހަރެއް ފެށިގެން 90 ދުވަހުގެ ތެރޭގައެވެ. އަދި ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް އެޕާޓީއަކުން އީސީއަށް ހުށައެޅުމަށް ވެސް ކަނޑައަޅާފައިވަނީ މީލާދީ އަހަރެއް ފެށިގެން 90 ދުވަހުގެ ތެރޭގައެވެ. ހަމަ އެގޮތަށް ޕާޓީތަކަށް ފައިސާ ދޫކުރެވޭނީ އަދި ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށައެޅުމަށް ފަހު ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ.

އަކްރަމް ވިދާޅުވީ އޮޑިޓް ރިޕޯޓް ޕާޓީތަކުން ހުށައެޅި ކަމުގައި ވިއަސް އޭގައި ހިމެނޭ ކަމަކަށް ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް އެގާނޫނުގައި ހިމެނިފައި ނުވާކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެކަމިޝަނުން ހުށައަޅުއްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު