Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖިންސީ ފުރައްސާރަ

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުން އިންޑިއާގެ އިސް ފަނޑިޔާރުގެ ސަލާމަތްވެވަޑައިގެންފި

7 މެއި 2019 | އަންގާރަ 04:17

މައްސަލައިގެ ތަހުގީގު ރިޕޯޓް އާއްމުނުކުރަންވަނީ ނިންމާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 7 މެއި 2019 | އަންގާރަ 04:17
އުމުރުފުޅުން 64 އަހަރު ފުޅުގެ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 35 އަހަރުގެ އަންހެނެއް

އުމުރުފުޅުން 64 އަހަރު ފުޅުގެ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 35 އަހަރުގެ އަންހެނެއް

އިންޑިއާގެ އެންމެ އިސް ފަނޑިޔާރު, ރަންޖަން ގޯގޮއިގެ މައްޗަށް އެ ކޯޓުގެ ކުރީގެ މުވައްޒަފަކު ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންފިއެވެ.

މައްސަލަ ތަހުގީގުކުރި ޕެނަލުން ހޯމަ ދުވަހު ނިންމާފައިވަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. މައްސަލައިގެ ތަހުގީގު ރިޕޯޓް އާއްމު ނުކުރުމަށް ޕެނަލުން ވަނީ ނިންމާފައެވެ.

ޕެނަލްގެ ނިންމުން އައިސްފައިމިވަނީ އެ ޕެނަލްގެ ނިންމުން އިންސާފުވެރިވެދާނެކަމާމެދު ސުވާލު އުފައްދައި، މައްސަލަ ހުށަހެޅިފަރާތުން އެ މައްސަލަ އަނބުރާ ނެގިފަހުންނެވެ.

ސުޕްރީމް ކޯޓުގެ 22 ފަނޑިޔާރުންނަށް އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަނޑިޔާރުވަނީ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގެ އޮފީހުގައި އަންހެން މީހާގެ ފަރާތުން ޖިންސީ އުފާ ހޯދުމަށް ދެ ފަހަރެއްގެ މަތިން އުޅެފައެވެ.

"އޭނާ ވަނީ އުނަގަނޑުގައި ބައްދާލައި މުޅިގައިގައި އޭނާގެ އަތުން ފިރުމާފައި، އަދި އޭނާގެ ހަށިގަނޑުން އަހަރެން ފިއްތާލައި އަހަރެން ދިޔަ ނުދީފައި" ހުވާކޮށް އޭނާ ލިޔެފައިވާ ބަޔާނުގައިވެއެވެ.

އަންހެން މީހާ ބުނާގޮތުން ފަނޑިޔާރުގެ ނަގަން އުޅުނު ފައިދާތަކަށް އޭނާ ނޫނެކޭ ބުނުމާއެކު ވަޒީފާއިން ވަކިކޮށް އާއިލާއަށް ވެސް ފުރައްސާރަ ކޮށްފައިވެއެވެ.

މީގެ އިތުރުން ގޯގޮއިގެ އަނބިކަނބަލުންގެ ގާތަށް އޭނާ ހާޒިރު ކުރުމަށް ފަހު އޭނާގެ ކުރިމައްޗަށް ގުދުވެ ނޭފަތުން ފަނޑިޔާރުގެ އަނބިކަނބަލުންގެ ފައިންޕުޅުގައި ބޮސްދީ މައާފަށް އެދުމަށް އެންގުނު ކަމަށް ވެސް ބުނެފައިވެއެވެ.

ހުށަހެޅި މައްސަލައާއެކު ސުޕްރީމް ކޯޓުންވަނީ އެ މައްސަލަ ބެލުމަށް އެ ކޯޓުގެ ދެ އަންހެން ފަނޑިޔާރަކު ހިމެނިވަޑައިގަންނަވާގޮތަށް ތިން ފަޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ އިންދިރާ ޖައިސިންގ ވަނީ ހޯމަ ދުވަހު ނިންމެވި ނިންމެވުމަކީ އޮޅުވާލުމެއް ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލައިގެ ރިޕޯޓް އާއްމުކުރުމަށް ގޮވާލައްވާފައެވެ.

https://twitter.com/IJaising/status/1125367764921667585

އިސް ފަނޑިޔާރު، އުމުރުފުޅުން 64 އަހަރު ފުޅުގެ ރަނަޖްން ގޯގޮއި ވަނީ 35 އަހަރުގެ އަންހެން މީހާ ކުރާ ތުހުމަތަކީ ގަބޫލު ކުރައްވަން ދަތި އަދި އެ ކަމަކީ އެ މަނިކުފާނު މުހިއްމު އަޑުއެހުންތައް ހުއްޓުވުމަށް ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް