Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމިގްރޭޝަން

އިމިގްރޭޝަންގެ ސަސްޕެންޝަންގައި މިހާރު ހުރީ ޒިންމާދާރު ވެރިޔާ އެކަނި

4 މެއި 2019 | ހޮނިހިރު 04:51

ހާމިދުގެ ސަސްޕެންޝަން އިތުރު ކުރީ ތަހުގީގު ނިމެންދެން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 މެއި 2019 | ހޮނިހިރު 04:51
އިމިގްރޭޝަންގެ މުއައްޒަފުންތަކެއް. އެ އިދާރާގެ ޒިންމާދާރު ވެރިޔާ އަދިވެސް ހުންނެވީ ސަސްޕެންޝަންގައި

އިމިގްރޭޝަންގެ މުއައްޒަފުންތަކެއް. އެ އިދާރާގެ ޒިންމާދާރު ވެރިޔާ އަދިވެސް ހުންނެވީ ސަސްޕެންޝަންގައި

މޯލްޑިވްސް އިމިގްރޭޝަންގެ ސަސްޕެންޝަންގައި މިވަގުތު ހުންނެވީ އެ އިދާރާގެ ޒިންމާދާރު ވެރިޔާގެ ގޮތުގައި ހުންނެވި ހާމިދު ފަތުހުﷲ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ރާއްޖެއެމްވީއަށް ވިދާޅުވީ ތަހުގީގުގައި ސަސްޕެންޑް ކުރި ދެމުއައްޒަފުންގެ ތެރެއިން މިހާރު ސަސްޕެންޝަންގައި ހުންނެވީ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ބޭފުޅާ ކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން ދާ މައްސަލައަކާ ގުޅިގެން އިމިގްރޭޝަންގެ ދެ ވެރިއަކު ސަސްޕެންޑް ކުރީ އެއް މަސް ދުވަހަށެވެ. ސަސްޕެންޑް ކުރި ދެ ބޭފުޅުންގެ ތެރެއިން ސަސްޕެންޝަން އުވާލާފައި ވަނީ އެސިސްޓެންޓް ކޮންޓްރޯލާ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދެވެ. އެދެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ ތަހުގީގު ފެށި ހިސާބުންނެވެ.

ހާމިދުގެ ސަސްޕެންޝަން އިތުރު ކުރީ ތަހުގީގު ނިމެންދެން ކަމަށް ހަނަފީ ވިދާޅުވިއެވެ.

ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)އިން ވަނީ ހާމިދުގެ ބަދަލުގައި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމަށް އެތަނުގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އައްޔަން ކޮށްފަ އެވެ.

އިމިގްރޭޝަނުގެ ތަހުގީގެއް ސީއެސްސީއިން ފަށާފައިވަނީ އެ އިދާރާގެ އެދުމުގެ މަތިންނެވެ. އިމިގްރޭޝަންގެ ކޮންޓްރޯލަރ ކަމާއި ހަވާލުވެވަޑައިގެން މީޑިއާއަށް ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަނަފީ ވިދާޅުވީ މިދިޔަ ސަރުކާރުގައ ކަންކަން ކުރެވިފައި ހުރީ އެންމެ އެކަށީގެންވާ އުސޫލުގެ ތެރެއިން ނޫން ކަމަށާއި އުސޫލެއް އޮތް ކަމުގައި ވިޔަސް އުސޫލަށް ބެލުމެއް ނެތި ކަންކަން ހިނގާފައިވާ ކަމަށެވެ. އިމިގްރޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުން ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް