Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕައިސިސް ސިސްޓަމް

ބޯޑާ ކޮންޓްރޯލް ބަލަހައްޓާ ޕައިސިސް އަޕްގްރޭޑްކޮށް، ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފި

ހާޑްވެއާރ އެއްކޮށް އަޕްޑޭޓެޑް ކޮށްފައިވާ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 3 މެއި 2019 | ހުކުރު 14:51
އިންޓަނޭޝަނަލް ހުރިހާ އެއާޕޯޓެއްގެ ޕައިސިސް ސިސްޓަމް ވަނީ އަޕްގްރޭޑް ކޮށްފައި

އިންޓަނޭޝަނަލް ހުރިހާ އެއާޕޯޓެއްގެ ޕައިސިސް ސިސްޓަމް ވަނީ އަޕްގްރޭޑް ކޮށްފައި

ރާއްޖޭގެ އިމިގްރޭޝަންގައި ބޭނުންކުރާ ޕަރސަނަލް އައިޑިންޓިފިކޭޝަން ސެކުއަރ އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) އަޕްގްރޭޑްކޮށް ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޕައިސިސް ސިސްޓަމަކީ ގައުމުތަކަށް އެތެރެވެ ބޭރުވާ މީހުންގެ މައުލޫމާތު ހޯދުމަށް ބޭނުންކުރާ ސިސްޓަމެކެވެ. އެ ސިސްޓަމް މެދުވެރިކޮށް އެތެރެވާ މީހާގެ ޕާސްޕޯޓަކީ ސައްހަ ޕާސްޕޯޓެއް ކަމާއި، ރެޑް ނޯޓިސް ނެރެފައިވާ މީހެއްތޯ އާއި ކުށުގެ ރެކޯޑަށް ބަލައި، އެ މީހަކީ ނުރައްކާ ތެރި މީހެއްކަން ދެނެގަނެވޭނެއެވެ. އެމެރިކާގެ ބޫޒް އެލެން ހެމިލްޓަނުން ފަރުމާކޮށްފައިވާ ޕައިސިސް ސިސްޓަމް މެދުވެރިކޮށް ގައުމުތަކަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ބައެއް މީހުންގެ މައުލޫމާތު ދެނެގަނެފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ވިދާޅުވީ، އެމެރިކާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ޕައިސިސް ސިސްޓަމް ރާއްޖޭގައި ބޭނުން ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. މަގާމާއި ހަވަލުވެވަޑައިގެންނެވި އިރު އެ ސިސްޓަމް އޮތީ ވަރަށް ބޮޑަށް އައުޓް ޑޭޓެޑް ވެފައިކަމަށް ވިދާޅުވިއެވެ.

ސޮފްޓްވެއާގެ އިތުރުން ހާޑްވެއާއަށް ވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެމެރިކާ އިން ފަސް ބޭފުޅުންގެ ޓީމެއް ވަޑައިގެން އެ ސިސްޓަމަށް ބޭނުންވާ ސްފޮޓްވެއާ އާއި ހާޑްވެއާ ވަނީ ފޯރުކޮށްދީފައެވެ.

މަލީހު ވިދާޅުވީ، އެ ޓީމުގެ ފަރާތުން ބޯޑަރ ކޮންޓްރޯލް ގައި ހިމެނޭ ހުރިހާ އެންމެން ތަމްރީން ދީފައިވާ ކަމަށެވެ.

ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓް ތަކުގެ އިތުރުން ވިޔަފާރި ބަނދަރު ތަކުގައި ހާޑްވެއާރ އިންސްޓޯލް ކޮށް އަޕްގްރޭޑް މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

'' މިހާރު މިވަނީ، އިމިގްރޭޝަން އެމްއެންޑީއެފް ޕޮލިސް ކަސްޓަމްސް ހިމެނޭ ގޮތަށް 130 ވަރަކަށް ބޭފުޅުން ޓްރެއިން ކޮށްފައި. އެއީ ގާތް ގަނޑަކަށް އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލްގައި މިއުޅޭ ހުރިހާ މުވައްޒަފުން ތަމްރީން ކޮށް ނިންމާފަ. ދެން މާލޭ އެއާޕޯޓާ ހުރިހާ ޕޯޓެއްގައި ހަނިމާދޫ އައްޑޫ، އުލިގަމް ، ކުޅުދުއްފުށި މާލެ ސީ ޕޯޓް. އެހެންވީމާ ހުރިހާ ޕޯޓްތަކުގެ ހާޑްވެއާ ތައް އިންސްޓޯލް ކޮށް އެއްކޮށް ނިންމާފައި މިވަނީ'' މަލީހް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް ފޯނުން ދެއްވި އިންޓަވިއު ގައި މަލީހު ވިދާޅުވީ، ކުރިން ހުރި ސިސްޓަމާ ހިލާފަށް މިހާރު ބޭނުން ކުރަނީ ވެބް ބޭސް ސިސްޓަމެއް ކަމަށާއި، ފެންވަރު ވެސް ރަނގަޅުވާނެ ކަމަށެވެ. އަދި ވިދާޅުވީ، އޭރު ހުރި ކަންބޮޑުވުން ތަކަށް ހައްލު ހޯދައިދީފައިވާނެ ކަމަށެވެ.

އެމެރިކާގެ ޓީމުން ދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، އިތުރަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ޑިވޮލޮޕަރުންގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖެ އަށް އަންނަ މަސައްކަތު މީހުންގެ މައުލޫމާތު އިތުރަށް ހަރުދަނާ ކޮށް ބެލޭނެ ކަމަށެވެ.

ރާއްޖެގައި މިހާރު ބޭނުން ކުރަމުންދާ ޕައިސިސް ސިސްޓަމަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެމެރިކާ އިން ހަދިޔާކުރި ސިސްޓަމެކެވެ. އޭގެ ފަހުން އެ ސިސްޓަމް އަޕްގްރޭޑް ކޮށްފައި މިވަނީ ފަސް އަހަރު ފަހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު