Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްވަންއެޗްވަން

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

ބެލެނިވެރީން އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުމަށް ފާޅުކަންބޮޑު ގޮތެއްގައި ނޫނެކޭ ބުނެފި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 26 މާރިޗު 2017 | އާދީއްތަ 19:06
ރޯގާގެ ހާލަތު އަދިވެސް އޮތީ ލެވެލް 3 ގައި

ރޯގާގެ ހާލަތު އަދިވެސް އޮތީ ލެވެލް 3 ގައި

ރޯގާ ކޮންޓްރޯލް ކުރެވެން ދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ. އެމްޑީޕީން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި މިހާރުފެތުރެމުންދާ އެޗްވަންއެންވަން ހުމުގެ ރޯގާގެ ސަބަބުން ސްކޫލްތައް ކުއްލިގޮތަކަށް ބަންދުކުރަން ޖެހުނީ ރޯގާ ކޮންޓްރޯލް ނުވެ ކަމުގެ ނުރައްކަލުގެ މިންގަޑު ލެވެލް 3 އަށް އެރުމުންކަމަށެވެ.

ނަމަވެސް އަދިވެސް ފްލޫ ކޮމިޓީން މި ދަރަޖަ ދަށްކޮށްފައިނުވާއިރު، އަދި ބަލިޖެހޭ މީހުންނާއި ސީރިޔަސްވެ ވަކިވެގެން ދާ ފުރާނަތަކުގެ ޢަދަދު އިތުރުމަވުން ދާ ޙާލަތެއްގައި، ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުން ބޮޑު ނުރައްކަލަކަށް ހުށަހަޅައި ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށުމުން ބެލެނިވެރީން މިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ މި ނިންމުމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ނޫނެކޭބުނެފައިކަމަށް އެމްޑީޕީން ބުންޏެވެ.

ސްކޫލްތައް ހުޅުވިކަމުގައިވިޔަސް، ސްކޫލްތަކުގެ ޙާޟިރީ އެތައް ގުނަޔަކަށް ދަށްވުމުގެ ސަބަބުން ކިޔަވައި ނުދެވުނު ވާހަކަޔަކީވެސް މީޑިޔާއިން ޢާއްމުވެފައިވާ ވާއިރު، ރައްޔިތުންގެ އިޙުސާސްތަކަށް އިޙްތިރާމްކޮށް، ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލްތަކުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންގެ ރައްކާތެރިކަމަށް ރިޢާޔަތްކޮށް، މި ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ސަރުކާރަށް ގޮވާލާކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މިފަދަ ސީރިޔަސް ދަނޑިވަޅެއްގައި ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލި ކަމުގައި ވިޔަސް ގެއްލިގެންދާ ފިލާވަޅުތައް އުނގަންނައިދެވޭނެ އެހެނިހެން އިންތިޒާމުތައް ހަމަޖެއްސޭނެ ވަޞީލަތާއި ވަގުތު އޮތްކަމަށް ދެކޭކަމަށް އެމްޑީޕީން ބުނެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
16 މާރިޗު 2017

މިހާރު ފެތުރެމުންދާ ރޯގާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެ

16 މާރިޗު 2017
މިހާރު ފެތުރެމުންދާ ރޯގާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ދެ މީހަކު މަރުވެއްޖެ
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު