Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތޮއްޑޫ ދަނޑުވެރިކަން

އެސްޓީއޯއިން ދަނޑުވެރިންގެ ކައިރިއަށް، އަމްރު ވިދާޅުވަނީ ހަމައަގު ހޯދައިދޭނެ ކަމަށް

3 މެއި 2019 | ހުކުރު 14:38

ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގުގެ ދިރާސާއެއް ހަދާނެ

އަމަން ހަލީމް
އަމަން ހަލީމް | 3 މެއި 2019 | ހުކުރު 14:38
ތޮއްޑޫ ދަނޑުތައް ބަލާލުމަށް

ތޮއްޑޫ ދަނޑުތައް ބަލާލުމަށް

ތޮއްޑޫ ދަނޑުވެރިންގެ ދަނޑުތައް ބަލާލުމަށާއި، އެ ރަށު ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު އެ ރަށަށް ވަޑައިގަންނަވައިފިއެވެ.

އެސްޓީއޯގެ ޓީމަކާ އެކު ހުކުރު ދުވަހު އަމްރު ތޮއްޑޫއަށް ވަޑައިގެންފައި ވަނީ ތޮއްޑޫ ދަނޑުވެރިންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިދިޔަ ހޯމަ ދުވަހު އެ ރަށު ކައުންސިލުން ހިއްސާކޮށްފައި ވަނިކޮށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ، ތޮއްޑޫއަށް ވަޑައިގެންނެވީ ދަނޑުތަކަށް ގޮސް އެ ދަނޑުތަކުގެ ހާލަތު ދެނެގަތުމަށާއި ދަނޑުވެރިންނާ ބައްދަލުކުރުމަށް ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ އެ ރަށު ހުރިހާ ދަނޑުވެރިންނާ އެކު ބާއްވާ ހާއްސަ ބައްދަލުވުމެއް ހަމަޖެހިފައި އޮތް ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ ފަރާތުން ތޮއްޑޫއަށް ކުރަމުން ގެންދާ ދަތުރުގައި، ދަނޑުވެރިން އުފައްދާ ބާވަތްތަކަށް އެންމެ ރަނގަޅު އަގެއް ހޯދައިދިނުމާ ބެހޭ ގޮތުން ވެސް ދިރާސާތަކެއް ހެދިގެން ދާނެއެވެ. އެގޮތުން މާލޭ ބާޒާރުގައި ވިއްކުމަށް ދަނޑުވެރިންގެ ގޮވާން ވިއްކާ އަގުތަކާއި، އެތަކެތި މާލޭގައި ވިއްކާ އަގުތައް ދެނެގަނެވޭނެއެވެ. އަދި މި ދިރާސާއިން ލިބޭ މައުލޫމާތުގެ އަލީގައި އެސްޓީއޯ މެދުވެރިވެގެން ދަނޑުވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދޭން މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ބާޒާރުގައި ވިއްކާ އަގުތައް ދެނެގަނެ، ދަނޑުވެރިންގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރެވިއްޖެ ހާލަތެއްގައި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މީހުން ވެސް އިތުރުކުރެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ. މިއީ ސަރުކާރުން އެގްރި-ވިޔަފާރި ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ މަސައްކަތެކެވެ.

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ އެއް ރަށް ކަމުގައިވާ ތޮއްޑޫއަކީ ޒަމާނުއްސުރެން ވެސް ދަނޑުވެރިކަން ކުރަން މަޝްހޫރު ރަށެކެވެ. އެގޮތުން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެރަށުގެ ފަސްބައިކުޅަ ތިންބައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ އިރު، ރޯދަ މަސް ނިމެންދެން އެ ރަށުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ހުސްނުވެ ބާޒާރުން ލިބެން ހުންނާނެ ކަމަށް ވެސް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ. ކަރާ އުފެއްދުމަށް މަޝްހޫރު ތޮއްޑޫއިން އުފައްދާ އެހެން ބާވަތްތަކުގެ ތެރޭގައި ފަޅޯ، މިރުސް، ބަށި، ކިއުކަމްބާ އަދި ފަތްޕިލާވެލީގެ ބާވަތްތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2019

އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އެސްޓީއޯއިން ހެޔޮކޮށްފި

05 ސެޕްޓެމްބަރު 2019
އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް އެސްޓީއޯއިން ހެޔޮކޮށްފި
22 ޖުލައި 2019

އެސްޓީއޯއިން އަލްނޫރު ހިކިކިރު ޕްރޮމޯޝަން 2019 ނަމުގައި ޕްރޮމޯޝަން އެއްފަށައިފި

22 ޖުލައި 2019
އެސްޓީއޯއިން އަލްނޫރު ހިކިކިރު ޕްރޮމޯޝަން 2019 ނަމުގައި ޕްރޮމޯޝަން އެއްފަށައިފި
13 ޖުލައި 2019

އެސްޓީއޯގެ ދަށަށް މިފްކޯ އައުމުން މިއަހަރާއި ހިސާބަށް 450 މިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ: އަމްރު

13 ޖުލައި 2019
އެސްޓީއޯގެ ދަށަށް މިފްކޯ އައުމުން މިއަހަރާއި ހިސާބަށް 450 މިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ: އަމްރު
03 މެއި 2019

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

03 މެއި 2019
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
23 އެޕްރީލު 2019

ހިއްސާއަކަށް 58ރ. ބަހަން އެސްޓީއޯއިން ނިންމައިފި

23 އެޕްރީލު 2019
ހިއްސާއަކަށް 58ރ. ބަހަން އެސްޓީއޯއިން ނިންމައިފި
03 އެޕްރީލު 2019

ޓިއުނީޝިއާގެ 'ޖަދީދާ' މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯއިން ބާޒާރަށް ނެރެފި

03 އެޕްރީލު 2019
ޓިއުނީޝިއާގެ 'ޖަދީދާ' މާޖިރީން ހާއްސަ އަގުތަކެއްގައި އެސްޓީއޯއިން ބާޒާރަށް ނެރެފި
15 މާރިޗު 2019

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި

15 މާރިޗު 2019
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި
02 އޮކްޓޯބަރު 2017

އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

02 އޮކްޓޯބަރު 2017
އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
20 އޯގަސްޓު 2017

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް