Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

ކޯނޭ އަކީ ފިންލޭންޑުގެ ކުންފުންޏެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 އޯގަސްޓު 2017 | އާދީއްތަ 11:54
ކޯނޭ ބްރޭންޑްގެ އެލިވޭޓާރސް

ކޯނޭ ބްރޭންޑްގެ އެލިވޭޓާރސް

އެސްޓީއޯ ހޯމް އިންޕްރޫވްމަންޓުން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް އާދިއްތަ ދުވަހު ތައާރަފު ކޮށްފި އެވެ.

ފިންލޭންޑުގެ އިންޖީނިއަރިންގް ކުންފުންޏެއް ކަމަށްވާ ކޯނޭއިން އެލިވޭޓާރސްގެ އިތުރުން އެސްކަލޭޓާރސް، އޮޓޯ ވޯކް އަދި އޮޓޯ ޑޯސް ވެސް އުފައްދައެވެ.

ކޯނޭ ބްރޭންޑް އެސްޓީއޯ އަށް ތައާރަފް ކުރުމާއި ގުޅިގެން ޕްރޮމޯޝަނަލް އޮފަރއެއްގެ ގޮތުން ފުރަތަމަ 5 އެލިވޭޓާރސް ގަންނަ ފަރާތަކަށް އެލިވޭޓާރސް ހަރު ކޮށްދިނުމުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެވިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ގަންނަ ކޮންމެ އެލިވޭޓާރއަކަށް 12 މަސްދުވަހުގެ ވޮރެންޓީ ވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކަސްޓަމަރުން ބޭނުންވާ ގޮތަކަށް އެލަވޭޓަރ ޑިޒައިންކޮށް އިންސްޓޯލްކޮށް، އާފްޓާރ ސޭލްސްގެ ޚިދުމަތް އެސްޓީއޯ ހޯމް އިންޕްރޫވްމަންޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތު ދީފައެވެ.

ކޯނޭ އެލަވޭޓަރސް ދުނިޔޭގެ މަޝްހޫރު ގިނަ ތަނެއްގައި ހަރު ކުރެވިފައިވެއެވެ. އެލަވޭޓަރސް ހަރުކުރެވިފައިވާ ބައެއް ތަންތަނަށް ބަލާއިރު މައްކާގެ ކްލޮކްޓަވަރާއި ސިންގަޕޫރްގެ މެރީނާބޭ ސޭންޑްސް ހިމެނެއެވެ.

ކޯނޭ ބްރޭންޑްގެ އެލިވޭޓާރސް ތައާރަފު ކުރުމުގެ ލޯންޗިންގ ސެރަމަނީ އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު