Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފި

ޑީސަލް ލީޓަރަކުން 72 ލާރި ވަނީ ބޮޑުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 މާރިޗު 2019 | ހުކުރު 03:31
އެފްއެސްއެމް ޕެޓްރޯލް ޝެޑެއްގައި ޕެޓްރޯލް އެޅުމަށްޓަކައި ކިޔު ހަދާފައި

އެފްއެސްއެމް ޕެޓްރޯލް ޝެޑެއްގައި ޕެޓްރޯލް އެޅުމަށްޓަކައި ކިޔު ހަދާފައި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 15 މާރޗް 2019 އިން ފެށިގެން ޑީސަލް ލީޓަރަކުން 72 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 60 ލާރި ބޮޑު ވާނެ ކަމަށާއި ފިއުލް ސްޓޭޝަންތަކުން ތެޔޮ ލިބެން ހުންނާނީ ޑިސަލް ލީޓަރެއް 11.61 ރުފިޔާ އަދި ޕެޓްރޯލް ލީޓަރެއް 10.79 ރުފިޔާ އަށް ކަމަށެވެ.

ސާފު ނުކުރާ ތެލުގެ އަގު މިއަހަރު ކުރީކޮޅުން ފެށިގެން 30 އިންސައްތަ ވަނީ ބޮޑުވެފައެވެ. މި އަހަރު ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު އޯޕެކް އާއި އަދި ރަޝިއާ އިން ވަނީ ތެލުގެ ސާރޕްލަސް ދަށް ކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ލިމިޓް ކުރުމަށް ނިންމާފައެވެ.

މީގެ ކުރިން ބްލޫމްބާރގް އިން ވަނީ އެމެރިކާގެ ސާފުނުކުރާ އަދި ސާފުކޮށްފައި ހުރި ތެލުގެ ސްޓޮކް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ. އެހެން ނަމަވެސް، އެމެރިކާގެ އެނާރޖީ އިންފޯރމޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރޭ ހަފްތާ ރިޕޯރޓްގައިވާ ގޮތުން އެމެރިކާގެ ސްޓޮކް ވަނީ 3.86 މިލިއަން ފިފާ ދަށަށް ގޮސްފައެވެ. މީގެ އިތުރުން އެމެރިކާއިން އަދި ވެސް އީރާން އާއި ވެނެޒުއާލާއަށް ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދާތީ އެމެރިކާއިން ބޭނުން ވަނީ އީރާންގެ އެކްސްޕޯޓް މެއި މަހުން ފެށިގެން ދުވާލަކު އެއް މިލިއަން ފިފާއަށް ދަށް ކުރުމަށެވެ. ވެނެޒުއޭލާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ތެޔޮ އުފެއްދުމާއި ބޭރު ކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އެމެރިކާއިން ވަނީ އެގައުމުގެ ކުންފުނިތަކަށް ވެނެޒުއޭލާއާއެކު ވިޔަފާރި ކުރުން މަނާ ކޮށްފައެވެ.

ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާ ތާރީހް ލަސް ވާނެ ކަމަށް ލަފާކުރެވޭތީވެ ދުނިޔޭގެ ވިޔަފާރި އަދި އިގްތިސާދަށް މިވަގުތު އައިސްދާނެ ބަދަލުތައް ކުޑަވާނެ ކަމަށް ލަފާ ކުރެވެއެވެ. މިކަންކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސަރޕްލަސް މަދުވެގެން ދާނެކަމަށް ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ. ބާޒާރުގައި ތެލުގެ އަގު މި މަހުގެ 13 ވަނަ ދުވަހު ވަނީ 2018 ނޮވެމްބަރ ގައި ހުރި އަގަށް ވުރެން ވެސް މައްޗަށް ޖެހިފައެވެ. ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުގެ ބެންޗް މާރކް ގޮތުގައި ބެލެވޭ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއު.ޓީ.އައި) އަދި ބްރެންޓް ވިކިފައި ހުރީ އަގު ބޮޑުކޮށެވެ.

ދިވެހިރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮށެވެ. އެހެންނަމަވެސް ބެންޗްމާރކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށް ވެސް ބަދަލު އާދެއެވެ.

2019 ވަނަ އަހަރު ޖަނަވަރީ މަހުގައި އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ އަގު ހެޔޮ ކޮށްފައެވެ. އެއަށް ފަހު ތެލުގެ އަގުތަކަށް ބަދަލު ގެނެސްފައި ވަނީ ފެބްރުއަރީ މަހު ގައެވެ. އެފަހަރު ބަދަލު ގެނެސްފައިވަނީ ހަމައެކަނި ޑީސަލް އަށެވެ.

އެސްޓީއޯއިން ބުނީ ތެލުން ބޮޑު ފައިދާ ނެގުމަކީ އެސްޓީއޯގެ އަމާޒު ނޫން ކަމަށާއި އެސްޓީއޯއިން ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވެ، ދިގު ދެމިގެން ދާ ހާލަތުގައި ކަމަށެވެ. އަދި އަގު ހެޔޮ ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯގެ އަމާޒުކަމަށް އެ ފަރާތުން ބުންޏެވެ.

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

02 އޮކްޓޯބަރު 2017
އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
06 ސެޕްޓެމްބަރު 2017

ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ބޮޑުކޮށްފި

06 ސެޕްޓެމްބަރު 2017
ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ބޮޑުކޮށްފި
02 ސެޕްޓެމްބަރު 2017

ބްލެކްސްޓޯއިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލަނީ

02 ސެޕްޓެމްބަރު 2017
ބްލެކްސްޓޯއިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ވިއްކާލަނީ
20 އޯގަސްޓު 2017

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި
07 ޖުލައި 2017

އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި

07 ޖުލައި 2017
އެއަރޕޯޓުން ވިއްކާ ޖެޓް ފިޔުލްގެ އަގު ހެޔޮކޮށްފި
06 ޖޫން 2017

ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި

06 ޖޫން 2017
ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް