Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

3 މެއި 2019 | ހުކުރު 08:14

ޕެޓްރޯލް ލީޓަރަކުން 70 ލާރި ވަނީ ބޮޑުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 މެއި 2019 | ހުކުރު 08:14
އެފްއެސްއެމް ޕެޓްރޯލް ޝެޑެއްގައި ޕެޓްރޯލް އެޅުމަށްޓަކައި ކިޔު ހަދާފައި

އެފްއެސްއެމް ޕެޓްރޯލް ޝެޑެއްގައި ޕެޓްރޯލް އެޅުމަށްޓަކައި ކިޔު ހަދާފައި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެޓްރޯލް ލީޓަރަކުން 70 ލާރި އަދި ޑީސަލް ލީޓަރަކުން 50 ލާރި ބޮޑުވާނެ ކަމަށާއި ޝެޑް ތަކުން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 11.49ރ އަށް އަދި ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 12.11ރ އަށް ކަމަށެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް 10.79ރ ވިއްކަމުން ދިޔައިރު ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 11.61ރ އަށެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގު ބޮޑުވެފައިވަނީ ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު (އޯޕެކް) އިން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމާއި، އީރާނުން އުފައްދާ ތެޔޮ ގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މާރޗް މަހުން ފެށިގެން ތެލުގެ އަގު އަންނަނީ ބޮޑުކުރުމުން، އެސްޓީއޯއަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

ދިވެހިރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށްވުރެ އަގު ބޮޑުކޮށެވެ. އެހެންނަމަވެސް ބެންޗްމާރކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށް ވެސް ބަދަލު އާދެއެވެ.

އެސްޓީއޯއިން ބުނީ ތެލުން ބޮޑު ފައިދާ ނެގުމަކީ އެސްޓީއޯގެ އަމާޒު ނޫން ކަމަށާއި އެސްޓީއޯއިން ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވެ، ދިގު ދެމިގެން ދާ ހާލަތުގައި ކަމަށެވެ. އަދި އަގު ހެޔޮ ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯގެ އަމާޒުކަމަށް އެ ފަރާތުން ބުންޏެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
31 މެއި 2017

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް