Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ދަނޑުވެރިން

ޕެޕްސީއިން އިންޑިއާގެ 9 ދަނޑުވެރިންނާއި ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ޕެޕްސީކޯއިން އިންޑިއާގައި އަލުވި ޗިޕްސް އުފައްދަން ފައްޓާފައިވަނީ 1989 ވަނަ އަހަރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 3 މެއި 2019 | ހުކުރު 08:12
ޕްޕްސީކޯއިން އުފައްދާ ލޭސް ބްރޭންޑްގެ އަލުވި ޗިޕްސް

ޕްޕްސީކޯއިން އުފައްދާ ލޭސް ބްރޭންޑްގެ އަލުވި ޗިޕްސް

ޕެޕްސީކޯގެ ވިޔަފާރީގެ ހައްގަށް އަރައިގަތްކަމަށް ބުނެ، އެ ކުންފުނިން އިންޑިއާގައި އަލުވީގެ ދަނޑުވެރިކަންކުރާ 9 ދަނދުވެރިއަކާއި ދެކޮޅަށް ކުރި ދައުވާތައް އަނބުރާގެންގޮސްފިއެވެ.

ޕެޕްސީކޯއިން ދަނޑުވެރިންނާއި ދެކޮޅަށް ދައުވާކޮށްފައިވަނީ، އެ ކުންފުނިން އުފައްދާ ލޭސް ބްރޭންޑްގެ އަލުވި ޗިޕްސް އުފެއްދުމަށް ބޭނުންކުރާ FC5 ބާވަތުގެ އަލުތްވަކީ އެ ކުންފުނީގެ ވިޔަފާރީގެ ހައްގެއް ކަމަށާއި، އެ 9 ދަނޑުވެރިން އެ ބާވަތުގެ އަލުވި ހެއްދުމަކީ އެ ކުންފުނީގެ ވިޔަފާރީގެ ހައްގަށް އަރައިގަތްކަމަށް ބުނެއެވެ.

ޕެޕްސީކޯގެ ތަރުޖަމާނަކު ބުނީ އެ މައްސަލަ ނިންމަން ބޭނުންވަނީ ކޯޓުން ބޭރުގައި ކަމަށާއި، ސަރުކާރާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ޕެޕްސީކޯއިން ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައި މިވަނީ، އެ ކުންފުނިން ދަނޑުވެރިންނަށް ބިރުދައްކާކަމަށް، އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީ އާއި ގާތް ގުޅުމެއް އޮންނަ ހިންދޫ ނޭޝަނަލިސްޓް ގްރޫޕަކުން ބުނެފައި ވަނިކޮށެވެ. އަދި ޕެޕްސީކޯގެ ދައުވާތަކާއި ގުޅިގެން އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީންވެސް ވަނީ އެ ކުންފުންޏަށް ފާޑުކިޔާފައެވެ.

ޕެޕްސީކޯއިން ކުރި ދައުވާގައި ބުނެފައިވަނީ، އާންމުކޮށް އަލުވީގައި ތެތްކަން ހުންނަ މިންވަރަށްވުރެ ކުޑަކޮށް ތެތްކަން ހުންނަ FC5 ބާވަތުގެ އަލުވި އުފައްދައި އެ ކުންފުނިން އެއީ އެ ކުންފުނީގެ މުދަލެއްގެ ގޮތުގައި ރެޖިސްޓަރ ކުރީ 2016 ވަނަ އަހަރު ކަމަށެވެ. ދައުވާގައި ޕެޕްސީކޯއިން އެދިފައިވަނީ އެ ކުންފުނިން ހުއްދަ ދީފައިވާ ދަނޑުވެރިން ފިޔަވައި އެހެން ދަނޑުވެރިން އެބާވަތުގެ އަލުވި ހެއްދުން ހުއްޓުވައިދިނުމަށެވެ. އަދި އެއިން ކޮންމެ ދަނޑުވެރިއެއްގެ އަތުން 10 މިލިއަން ރުޕީޒް ހޯދުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.

ޕެޕްސީކޯއިން އިންޑިއާގައި އަލުވި ޗިޕްސް އުފައްދަން ފައްޓާފައިވަނީ 1989 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު