Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުހޫމް ޒާހިރުގެ ހަނދާނުގައި

މަރްޙޫމް ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވައިފި

2 މެއި 2019 | ބުރާސްފަތި 22:45

ޒާހިރަކީ ކަސްޓަމްސްގެ މުއައްޒަފުންގެ އެންމެ ގާތްއެކުވެރިޔާ

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2019 | ބުރާސްފަތި 22:45
ޒާހިރުގެ ހަނދާނަށް ޝަރަފުގެ އައްޑަނައަކާއި ލިޔުން އަރުއްވަނީ

ޒާހިރުގެ ހަނދާނަށް ޝަރަފުގެ އައްޑަނައަކާއި ލިޔުން އަރުއްވަނީ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މަރްޙޫމް މުޙައްމަދު ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާ ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ތައުބީނުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ކަސްޓަންސްގައި 33 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެސިސެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް ރިޓަޔާޑް އައިމިނަތު ރަޝީދާ ވިދާޅުވީ ކަސްޓަމްސްގައި މަސައްކަތްކުރި 33 އަހަރުގެ ތެރެއިން 11 އަހަރަށްވުރެ ގިނަ ދުވަހު މަރްޙޫމް ޒާހިރުގެ އަރިހުގައި މަސައްކަތް ކުރެވުނު ކަމަށެވެ.

ރަޝީދާ ވިދާޅުވީ ދެ ފަހަރެއްގެ މަތިން 17 އަހަރަށްވުރެ ދިގު މުއްދަތަށް ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމު މަރްޙޫމް ޒާހިރުގެ ފުރުއްވި ކަމަށެވެ. އަދި ކަސްޓަމްސްގައި މަސައްކަތް ކުރަންފެށި ފުރަތަމަ ދުވަހުން ފެށިގެން މަރްޙޫމް ޒާހިރުގެ ފަރާތުން އެންމެ ފާހަގަވި ކަމަކީ އެންމެ އިސްވެރިޔާގެ އިތުރުން ކަސްޓަމްސްގެ މުއައްޒަފުންގެ އެންމެ ގާތްއެކުވެރިޔާކަން ކަމަށެވެ. އެއީ އެމަނިކުފާނަކީ ކޮންމެ ފަންތީއެއްގެ މުއައްޒަފުންނާ ސީދާކޮށް މުއާމަލާތް ކުރުމަށް ލޯބި ކުރެއްވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިބަހުން ގާތުން ބެލުމޭ ބުނާ ބަހުގެ ހަގީގީ މާނަ އެމަނިކުފާނު ވަނީ އަމަލާ ބަހުން ތަމްސީލްކޮށްދެއްވާފައި. މުއައްޒަފުންނާއި ހަވާލުކުރާ ޒިންމާތައް މުއައްޒަފުން އަދާ ކުރަނީ އެންމެ ފުރިހަމައަށްތޯ ބައްލަވަމުން ގެންދެވި. މުއައްޒަފުންގެ ހާލު ބައްލަވާ ހެއްދެވި. މިހުރިހާ ކަމެއް ވެސް އެމަނިކުފާނު ކުރައްވަމުން ގެންދެވީ ގާބިލް ކަމާއި ނަޒާހަތްތެރިކަމާ މުރާލިކަމާ އާދަޔާ ހިލާފު ނަމޫނާއެއް އަޅުގަނޑުމެން އެންމެނަށް ދައްކަވަމުން." ރަޝީދާ ވިދާޅުވިއެވެ.

ރަޝީދާ ވިދާޅުވީ މަރްޙޫމް ޒާހިރަކީ ކޮރަޕްޝަނަށް ނޫނެކޭ ވިދާޅުވަމުން ގެންދެވި ބޭފުޅެއް ކަމަށާއި، އެކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަކީ ނަޒާހަތްތެރިކަމާއެކު ކަސްޓަމްސްއަށް އެކި ރޮނގު ރޮނގުން ތަރައްގީއާ ކުރިއެރުން ގެނައުމަށް މުއައްޒަފުން ތަމްރީން ކުރުމަށް ވެސް އެމަނިފާނު ކޮށްދެއްވި މަސައްކަތް ފާހަގަކުރެއްވިއެވެ.

ހެންވޭރު ބުރަވިމާގެ އަލްމަރުހޫމް މުހައްމަދު ޒާހިރު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ދިވެހި ދައުލަތަށްށާއި ދިވެހި ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމާއި އެމަނިކުފާނުގެ ޒިކުރާ އާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކޮށްގެން ބޭއްވި ތައުބީނުގެ ޖަލްސާގައި އެމަނިކުފާނުގެ ހަނދާނުގައި އެއްމިނެޓްގެ ސްކޫތެއް ވަނީ ގެނެސްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މަރްޙޫމް މުޙައްމަދު ޒާހިރުގެ ހަނދާނަށް ޝަރަފުގެ އައްޑަނައަކާއި ލިޔުމެއް އަރުވާފައެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފާއިރު، ނައިބު ރައީސް ފައިސަލް ނަސީމު ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި، އަލްމަރުހޫމްޒާހިރުގެ އާއިލާގެ ބޭފުޅުންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިން އަދި ކަސްޓަމްސްގެ މުއައްޒަފުނާއި، ސިފައިންނާއި ފުލުހުން ބައިވެރިވެވަޑައިގަތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 މެއި 2017

ކެމްޕޭން ހަރަކާތަށް ވަރުގަދަކުރުމަށް ހިނތަދޫގައި ހާއްސަ ޖަލްސާއެއް ބާއްވަނީ

02 މެއި 2017
ކެމްޕޭން ހަރަކާތަށް ވަރުގަދަކުރުމަށް ހިނތަދޫގައި ހާއްސަ ޖަލްސާއެއް ބާއްވަނީ
01 މެއި 2017

ކެމްޕޭން ހަރަކާތަށް ވަރުގަދަ ކުރުމަށް ހުޅުމީދޫގައި ޖަލްސާއެއް ބާއްވަނީ

01 މެއި 2017
ކެމްޕޭން ހަރަކާތަށް ވަރުގަދަ ކުރުމަށް ހުޅުމީދޫގައި ޖަލްސާއެއް ބާއްވަނީ
28 އެޕްރީލު 2017

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ
12 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

12 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ
31 މާރިޗު 2017

އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ

31 މާރިޗު 2017
އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ
30 މާރިޗު 2017

އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ

30 މާރިޗު 2017
އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް