Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ވައިކަރަދޫ ޖަލްސާ

އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ

ޖަލްސާގައި އެމްޑީޕީ ޓިކެޓްގައި ވައިކަރަދޫ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ ކެނޑިޑޭޓުން ތާރަފްކުރާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 30 މާރިޗު 2017 | ބުރާސްފަތި 11:41
އެމްޑީޕީގެ ވަފުދު ހދ. އަތޮޅުގައި

އެމްޑީޕީގެ ވަފުދު ހދ. އަތޮޅުގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީން ހދ އަތޮޅު ވައިކަރަދޫގައި މިރޭ ކެމްޕޭން ޖަލްސާއެއް ބާއްވަން ނިންމާފިއެވެ.

އެމްޑީޕީގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވައިކަރަދޫ އެމްޑީޕީ ހަރުގޭގައެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާ މި ޖަލްސާގައި ހދ. އަތޮޅުގެ ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ވަނީ އެޕާޓީން ގޮވާލާފައެވެ.

Advertisement - newsAdvertisement

މިރޭގެ ޖަލްސާގައި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވައިކަރަދޫ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރާ ކެނޑިޑޭޓުން ތާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ފުރަތަމަ ދިއުމަށް ނިންމާފައި ވަނީ ހދ. ހަނިމާދޫ އަށެވެ. ހަނިމާދޫން އެ އަތޮޅު ފިނޭއަށް ގޮސް ދޮރުންދޮރަށް ހިނގައި ރައްޔިތުންނާ ބައްދަލު ކުރުމަށް ފަހު، ނޮޅިވަރަންފަރަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު އެމްޑީޕީގެ ކެޕްޕެއިން ޓީމް ނޮޅިވަރަންފަރަށް ގޮސް އެރަށުގައި ވެސް ދޮރުންދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ހަވީރު ވައިކަރަދޫއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ވައިކަރަދޫ ކައިރި ސަރަހައްދުތަކުގެ އެހިނިހެން ރަށްރަށުގެ އެމްޑީޕީގެ ކެމްޕެއިން ޓީމުތަކާ އެކު މަޝްވަރާ ބައްދަކުރުން ބޭއްވުމަށް ފަހު، އެރޭ ވައިކަރަދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ.

ހުކުރު ދުވަހު ހެންދުނު ވައިކަރަދޫގައި ދޮރުންދޮރަށް ހިނގާ ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ހުކުރުކުރުން އޮންނާނީ ނޭކުރެންދޫގަ އެވެ. މެންދުރު ފަހު ނޭކުރެންދޫގައި ދޮރުންދޮރަށް ހިނގުމާއި ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު، ނޭކުރެންދޫ ކެމްޕެއިން ޓީމާއެކު ބައްދަލުވުމެއް ބޭއްވުމަށް ފަހު ހދ. ކުޅުދުއްފުއްޓަށް ދިއުމަށް ހަމަޖެހިފައިވަނީ ހަވީރު އެވެ.

ކުޅުދުއްފުށި ކެމްޕެއިން ޓީމާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށްފަހު ކުޅުދުއްފުށީގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައި ވެއެވެ. އެމްޑީޕީގެ ކެމްޕެއިންޓީމު އެނބުރި މާލެއައުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު