Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާ - ރާއްޖެ

ރާއްޖޭގެ ޑިމޮކްރަސީ އަށް އައިސްފައިވާ ހެޔޮ ބަދަލާއެކު އެމެރިކާގެ ޓެރެވެލް އެޑްވައިޒަރީ މުރާޖާކޮށްފި

ބަދަލު ގެނައީ ރައީސް ޔާމީންގެ ސަރުކާރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ނެރުނު ޓެރެވަލް އެޑްވައިޒަރީ އަށް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 2 މެއި 2019 | ބުރާސްފަތި 17:47
އެމެރިކާގެ ސަފީރު އެލައިނާ ޓެޕްލިޒް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވަނީ

އެމެރިކާގެ ސަފީރު އެލައިނާ ޓެޕްލިޒް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އެމެރިކާ އިން ނެރުނު ޓްރެވެލް އެޑްވައިޒަރީ މުރާޖާކޮށް ބަހުރުވައަށް ބަދަލު ގެނެސްފިއެވެ.

އެމެރިކާގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި ރާއްޖެ އަށް އައިސްފައިވާ ހެޔޮ ބަދަލުތަކާ ގުޅިގެން، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ނެރުނު ޓްރެވެލް އެޑްވައިޒަރީ އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމާއި ބަހުރުވަ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ، ދިވެހިރާއްޖެއަށް އެއްވެސް އިންޒާރަކާ ނުލާ ހަމަލާއެއް ދީފާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މި ހަމަލާތައް އަމާޒުވެދާނެ ތަންތަނުގެ ތެރޭގައި ފަތުރުވެރިން އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތަކާއި ދަތުރު ގިމަތަތަކާއި ޝޮޕިން މޯލްތަކާއި ސަރުކާރުގެ ވުޒާރާތަކުގެ އޮފީސްތަކަށް ހަމަލާދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

މީގެ އިތުރުން ދުރުގައި ހުންނަ ރަށްތަކަށް (ބެލެވެނީ ރިސޯޓުތަކާއި ގެސްޓްހައުސްތައް ހުންނަ ރަށްތަކަށް) ވެސް ހަމަލާ ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިއިން ތަނަކަށް ހަމަލާ ދީފިނަމަ ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކަށް އެހީއެއް ފޯރުކޮށް ދިނުމުގައި ލަސްވާނެ ކަމަށް ވެސް އިލްތިމާސްކޮށްފައެވެ. އެމެރިކާއިން ނެރުނީ ލެވަލް ދޭއްގެ ޓްރެވަލް އެޑްވައިޒަރީއެކެވެ. އަވަށްޓެރި ލަންކާއަށް ދިން ހަމަލާތަކާއި ގުޅިގެން އެ ގައުމަށް ނެރެފައިވަނީ ލެވަލް ތިނެއްގެ ޓްރެވަލް އެޑްވައިޒަރީއެކެވެ.

އެމެރިކާގެ ބިއުރޯ އޮފް ކޮންސުލަރ އެފެއަރޒްއިން ބުރާސްފަތި ދުވަހު ނެރުނު ފުރަތަމަ އެޑްވައިޒަރީގައި ރާއްޖެގައި މަދަނީ ހަމަނުޖެހުންތައް އޮތް ކަމަށައި ކުއްލި ހާލަތު އިއުލާން ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ފަހުން އެމެރިކާ އެމްބަސީއިން ވަނީ އެ ކުށް ރަނގަޅު ކޮށްފައެވެ.

އެމެރިކާއިން ފުރަތަމަ ނެރުނު ޓްރެވަލް އެޑްވައިޒަރީއާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާ އިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ނުބައި މައުލޫމާތުތަކެއް ހުރުމާ އެކު އެކަން ރަނގަޅުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާ އެމްބަސީން ބުނެފައިވާ ކަމަށެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް އެ ޓްވީޓާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޓްރެވަލް އެޑްވައިޒަރީގައި ނުބައި މައުލޫމާތުތަކެއް ހިމެނުނީ އެއީ ކުރިން ތައްޔާރު ކޮށްފައިވާ ލިޔުމަކަށް ވުމުން ކަމަށެވެ. އަދި އެއީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށާއި، އެކަން ވަރަށް އަވަހަށް ރަނގަޅު ކުރައްވާނެ ކަމަށެވެ. ފަހުން ނެރުނު އެޑްވައިޒަރީގައި ކުއްލި ހާލަތުގެ ބައި ވަނީ އުނިކޮށްފައެވެ. އަދި ބަހުރުވައަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެމެރިކާ އިން ރާއްޖޭގެ ހާލަތު މުރާޖާކޮށްފައިވާއިރު އެ ގައުމުން ރާއްޖެ އަށް ނެރެފައި ވަނީ ލެވެލް 2 ގެ އެޑްވައިޒަރީއެކެވެ. އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީ ހަތަރު ބަޔަކަށް ބެހިފައިވާ އިރު ގައުމުތައް ގިންތިކުރަނީ ހާލަތު ގޯސްވާ ނަމަ ލެވެލް މަތިވާ ގޮތަށެވެ. އެ ގޮތުން ރާއްޖޭގެ އިތުރުން ޔޫރަޕްގެ ގައުމުތައް ކަމަށްވާ ޖަރުމަނާއި ފްރާންސް އަދި ބެލްޖިއަމް އަށް ވެސް ހިމެނެނީ ލެވެލް 2 ގައެވެ. މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑެތި ގައުމުތައް ކަމަށްވާ ސީރި އާއި އިރާގާއި އީރާން އަދި ގިނައިން ހަމަލާތައް ދޭ އަފްޣާނިސްތާނު ފަދަ ގައުމުތައް ހިމެނެނީ ލެވެލް 4 ގައެވެ. އެއީ ދަތުރު ނުކުރުމަށް އަންގާ ލެވެލްއެވެ.

އޭޕްރީލް 21 ވަނަ ދުވަހު ސްރީ ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެމެރިކާ އިން އެ ގައުމަށް ނެރެފައި ވަނީ ލެވެލް 3 ގެ ޓްރެވެލް އެޑްވައިޒަރީއެކެވެ. އެއީ ދަތުރުނުކުރުމަށް ވިސްނުމަށް ލަފާދީ ނެރޭ ޓްވެލް އެޑްވައިޒަރީއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

ރައީސް ޔާމީނަކީ ޑިމޮކްރަސީގެ ނަމޫނާއެއް: މެންބަރު ނިހާނު

10 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު