Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގެ ފަލަ ސުރުހީ

މަޖިލީހުގެ ރައީސް ކަމަށް ވަކި ބޭފުޅަކު ލީޑާޝިޕުން ދެއްކުމުން ހައްގުތައް ގެއްލޭނެ: ބިގޭ

2 މެއި 2019 | ބުރާސްފަތި 03:33

ޕާޓީގެ ލީޑާޝިޕުން ހުރިހާ ބޭފުޅުންގެ ހައްގުތައް އިމާޔަތްކޮށްދޭން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2019 | ބުރާސްފަތި 03:33
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން

އެމްޑީޕީގެ ލީޑާޝިޕުން، މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވަކި ބޭފުޅަކު ދެއްކުމުން، އެ މަގާމަށް ޝައުގުވެރިކަންފާޅު ކުރި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ހައްގަށް އުނިކަން އަންނަ ކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ވިދާޅުވެއްޖެއެވެ.

ބިގޭ އެހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހޮއްވެވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނިކޮށެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަލިފުށީ ދާއިރާގެ ގޮނޑިއަށް ދެ ވަނަ ދައުރަށް އިންތިހާބުވެވަޑައިގެންނެވި ބިގޭ ވިދާޅުވީ ވާދަވެރިކަން އޮތް ވަގުތެއްގައި އެންމެ ސުލްހަވެރި އިންސާފުވެރި ގޮތަކީ ޕާޓީގެ ލީޑާޝިޕުން ވަކި ބޭފުޅެއްގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ހުރިހާ ބޭފުޅުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުން ކަމަށެވެ.

''އެހައްގުތައް ހިމާޔަތް ކޮށްދެވޭނެ ކަމަަށް އަޅުގަނޑަށް ދެކެނީ ސިއްރު ވޯޓެއް ގޮތަށް އޭތި ގޮސްގެން، ލީޑާޝިޕުން ވަކި ބޭފުޅަކު ދައްކާ ކަމަށް ވަންޏާ، އެކަމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެއްގެ ހައްގަށް އުނިކަމެއް އެބަ އާދޭ. '' ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މީހަކު ހޮވުމަށްޓަކައި އެންމެ ބޮޑަށް އިސްކަން ދެނީ އެކުވެރިކަމާ މަސްލަހަތަށް ކަމަށެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ މަޖިލިސްގެ ރައީސް ކަމަށް ޝައުވެރިވާނަމަ އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ޝައުގުވެރިކަންފާޅު ކުރުން ކަމަށާއި، އެކަން ޕާޓީގެ ތެރެއިން މިހާރު ފެންނަ ކަމަށެވެ.

މަޖިލިސްގެ ރައީސްކަމާއި، ނައިބް ރައީސްކަމަށް ބޭފުޅަކު އައްޔަންކުރުމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ މިހާރު ތިބި މެންބަރުންނާއި އަލަށް އިންތިޚާބުވި ބޭފުޅުންނާއެކު ޝައުގުވެރިކަން އަމިއްލައަށްފާޅުކުރާއިރު އެބޭފުޅުން އެއްވެސް ހައްގަކަށް އުނިކަން ނާންނަ ގޮތަށް ޕާޓީގެ ލީޑަރ ޝިޕުން ފުރުސަތު އޮންނަންޖެހޭ ކަމަށެވެ.

''އަޅުގަނޑު އަމިއްލައަށް ދެކެނީ ރައްޔިތުން މަޖިލިސްގެ ރައީސްކަމަކީ އެއީވަރަށް ޒިންމާ ބޮޑު މަގާމަކާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެކޭ. އަޅުގަނޑުމެންނަށް ފެނިގެން ހިގައްޖެ މިދިޔަ މިހާރު މިހިނގާދާ 18 ވަނަ ރައްޔިތުންގެ މަޖިލިސްގެ ރިޔާސަތުގައި އިންނެވިއިރުގަ މަޖިލިސްގައި ވޯޓަށް އަހާނެ މާހައުލެއް ނެތުނީމަ އަތް ހިއްލާގެން ވެސް ވޯޓަށް އަހާ ހިސާބަށް ކަންތައްތައް ދިޔަތަން.'' ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ ކަންކަން ބޮއްސުންލައިގެންދަނީ އިންސާފާ ހަމަތަކާ އުސޫލުން ބޭރުން ކަންތައްތައް ކުރަންޖެހުމުން ކަމަށާއި، 19 ވަނަ މަޖިލިސްގެ ތެރެއިން އެމަންޒަރު ދެކެން ބޭނުންނުވާ ކަމަށެވެ. އަދި މަޖިލިސްގެ ރައީސްއަކަށް ހޮއްވަވަން ބޭނުންވަނީ އިންސާފާ ހަމަތަކާ ގަބޫލުކޮށް އެހަމަތަކާ އިންސާފުގެ ތެރެއިން މަޖިލިސް ކުރިއަށް ގެންގޮސްދޭނެ ބޭފުޅެއް ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަންފާޅު ކުރައްވާފައިވާ ބޭފުޅުންނަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމާއި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފާއި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ވާދަ ކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް