Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެރަރިޒަމް

މިސްކިތުގައި ރޯކޮށް، ސިނަގޮގްއަށް ހަމަލާދިން މީހާ ކުށަށް އިންކާރުކޮށްފި

މިސްކިތުގައި ރޯކޮށްލީ މި އަހަރުގެ މާރިޗު މަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 މެއި 2019 | ބުދަ 12:56
އުމުރުން 19 އަހަރުގެ ޖޯން އަރނެސްޓް

އުމުރުން 19 އަހަރުގެ ޖޯން އަރނެސްޓް

ހޮނިހިރު ދުވަހު އެމެރިކާގެ ސެންޑިއޭގޯގެ ސިނަގޮގްއަކަށް ވަދެ ބަޑީގެ ހަމަލާއެއް ދިން މީހާ، އޭނާގެ މައްޗަށް ކުރާ ދައުވާތަށް އިންކާރު ކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ޖޯން އަރނެސްޓްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާގެ އިތުރުން، ހުޅުޖެހުމުގެ ދައުވާއެވެ. އަރނެސްޓްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ގަސްތުގައި މީހަކު މަރަން އުޅުމުގެ ދައުވާ ކުރަނީ ސިނަގޮގްއަށް ދިން ހަމަލާ އާއި ގުޅިގެންނެވެ. ހުޅުޖެހުމުގެ ދައުވާ ކުރަނީ މާރިޗު މަހު އޭނާ ހަމަ އެ ސަރަޙައްދުގައި ހުންނަ މިސްކިތެއްގައި ރޯކޮށްލި މައްސަލައެއްގައެވެ.

ދައުވާތަކަށް އިންކާރު ކުރުމުން، މައްސަލަ ބަލާ ފަނޑިޔާރު ވަނީ ޝަރީއަތް ނިމެންދެން ކަފާލާތުގެ ފުރުޞަތާއި ނުލައި އޭނާ ޖަލުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައެވެ. ފަނޑިޔާރު ވިދާޅުވީ، އޭނާއަކީ އެހެން މީހުންނަށް ހުރި 'ކަށަވަރު ބިރެއް' ކަމަށެވެ.

ސިނަގޮގްއަށް އަރނެސްޓް ދިން ހަމަލާގައި އުމުރުން 60 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، އެ ހަމަލާގައި އިތުރު ބައެއް މީހުން ވަނީ ޒަޚަމް ވެފައެވެ.

ފުލުހުން ބުނެފައިވަނީ މައްސަލަ ތަހުޤީޤު ކުރަމުންދިޔައިރު، މުސްލިމުންނާއި، ޔަހޫދީންނާއި ދެކޮޅަށް އަރނެސްޓް ލިޔެފައިވާ ހަރުކަށި، ނިރުބަވެރި ލިޔުންތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ލިޔުންތަކުގައި މިސްކިތް ރޯކޮށްލި ކަމަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށާއި، އޭނާއަށް ހިތްވަރު ލިބުނީ މިއަހަރު ނިއުޒިލޭންޑްގެ މިސްކިތްތަކަކަށް ބަޑީގެ ހަމަލާދިން ޓެރަރިސްޓްގެ އަމަލުތަކުންކަން އަރނެސްޓްގެ ލިޔުންތަކުން އެނގޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކުރިން ކުށެއްކޮށްފައިވާ ކަމުގެ އެއްވެސް ރިކޯޑެއް ނެތް އަރނެސްޓްގެ މައްޗަށް މި ތިން ދައުވާގެ ތެރެއިން ދައުވާއެއް ސާބިތު ވެއްޖެނަމަ ޕެރޯލްގެ ފުރުޞަތާއި ނުލައި އޭނާ އުމުރަށް ޖަލަށް ލާނެއެވެ. ނުވަތަ އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާނެއެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
18 މާރިޗު 2017

ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި

18 މާރިޗު 2017
ވައިޓްސް ހައުސްއަށް ވަން މީހާގެ ތަފްސީލް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު