Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުުތުރު ކޮރެއާ

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

އުތުރު ކޮރެއާއިން ދާދިފަހުން ކުރި މިސައިލް ޓެސްޓްތަކާއި ގުޅިގެން ރައްދުގައި އެމެރިކާ އިން ވަނީ ދެކުނު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރަން ފަށާފައިވާ ކަމަށް ބުނެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 މާރިޗު 2017 | ބުދަ 13:23
އުތުރު ކޮރެއާގައި މިސައިލް ޓެސްޓު ކުރާ ސަރަހައްދެއްގައި އޮފިޝަލުން ހަރަކާތްތެރި ވަނީ

އުތުރު ކޮރެއާގައި މިސައިލް ޓެސްޓު ކުރާ ސަރަހައްދެއްގައި އޮފިޝަލުން ހަރަކާތްތެރި ވަނީ

ބުދަ ދުވަހު އުތުރު ކޮރެއާ އިން ލޯންޗް ކުރަން އުޅުނު މިސައިލެއް ނޫނީ މިސައިލްތަކެއް ފެއިލްވެއްޖެ ކަމަށް ދެކުނު ކޮރެއާގެ ޑިފެންސް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އުތުުރު ކޮރެއާ އިން ލޯންޗް ކުރަން އުޅުނީ ކިތައް މިސައިލް ކަމެއް ސާފެއް ނޫނެވެ.

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ލޯންޗް ކުރިތާ މިސައިލެއް ގޮވިކަން އެނގުނު ކަމަށެވެ. އުތުރު ކޮރެއާ އަކީ އެއްވެސް މިސައިލެއް ޓެސްޓް ކުރުން އަދި ނިއުކްލިއާ ޓެސްޓް ތަކެއް ކުރުން، އދ އިން މަނާކޮށްފައިވާ ގައުމެކެވެ. އެހެންނަމަވެސް އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލްތައް ޓެސްޓް ކުރަމުންނެވެ. ކަމާ ބެހޭ މާހިރުން ބުނާގޮތުން އުތުރު ކޮރެއާ އިން ގިނަ ޓެސްޓްތައް ކުރުމުގެ ސަބަބުން މިސައިލް ޓެކްނޮލޮޖީގައި ކުރިއަރާ ދިއުމަށް މަގުފަހިވާނެއެވެ.

އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓް ތަކާއި ހެދި ދެ ކޮރެއާ ސަރަހައްދުގެ މަޝްރަހް ވަނީ ހޫނުވެފައެވެ. އުތުރު ކޮރެއާ އިން މިސައިލް ޓެސްޓު ކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލުމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވެންގް ޔީ ދާދިފަހުން ހުށަހަޅުއްވާފައިވާއިރު އޭނާ އިތުރަށް ވިދާޅުވެފައި ވަނީ އޭރުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތައް ހުއްޓާލެވިދާނެ ކަމަށެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރު ބާއްވާ އަސްކަރީ ޑްރިލްތަކަކީ އުތުރު ކޮރެއާ އިން ވަަރަށް ހިތްހަަމަ ނުޖެހޭ ކަމަކަށް ވަނީ ވެފައެެވެ. އެހެންނަމަވެސް ޗާއިނާއިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ވަނީ އިންކާރުކޮށްފައެވެ.

އުތުރު ކޮރެއާއިން ދާދިފަހުން ކުރި މިސައިލް ޓެސްޓްތަކާއި ގުޅިގެން ރައްދުގައި އެމެރިކާ އިން ވަނީ ދެކުނު ކޮރެއާގައި މިސައިލް ޑިފެންސް ސިސްޓަމެއް ގާއިމު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. އެމެރިކާ އިން ދެކުނު ކޮރެއާގައި ގާއިމު ކުރާ، ދަ "ޓާމިނަލް ހައި-އެލްޓިޓިއުޑް އޭރިއާ ޑިފެންސް ސިސްޓަމް"، (ތާޑް) އަކީ އުތުރު ކޮރެއާގެ ނުރައްކާތަކުން ދެކުނު ކޮރެއާ ސަލާމަތް ކުރުމަށް ގާއިމު ކުރާ ސިސްޓަމެެކެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު