Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗް

އައިޖީއެމްއެޗުގައި ވެސް ރޯދަމަހު މަސައްކަތް ކުރަންޖެހޭ ގަޑި ހަތަރު ގަޑިއިރަށް ބަދަލު ކޮށްފި

1 މެއި 2019 | ބުދަ 06:56

މަސައްކަތް ކުރަން ޖެހޭ ރަސްމީ ގަޑިއަކީ ހެނުދުނު 9:00 އިން ފެށިގެން މެންދުރު 1:00 އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 މެއި 2019 | ބުދަ 06:56
އައިޖީއެމްއެޗް

އައިޖީއެމްއެޗް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ކުރިއަށް އޮތް ރަމަޟާން މަހު މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑި ހަތަރު ގަޑިއިރަށް ބަދަލު ކޮށްފިއެވެ.

މީގެ ކުރިން ޑޮކްޓަރުންނާއި ނަރުހުންގެ އާ އޮނިގަނޑު އެކުލަވައިލި އިރު ރަމަޟާން މަހު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑި ކަމަށް ކަނޑައަޅާފައި އޮތީ ހަ ގަޑިއިރެވެ. އެހެން ނަމަވެސް އައިޖީއެމްއެޗުން އަންގާރަ ދުވަހު ނެރުނު ސަރކިއުލާގައި ބުނެފައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް އެ ހޮސްޕިޓަލުގެ ރަސްމީ ގަޑިއަކީ ހެނުދުނު 9:00 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށެވެ.

Advertisement - newsAdvertisement

އެ ސަރކިއުލާގައި ވާގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ދަތުގެ ޑޮކްޓަރުން މަސައްކަތް ކުރަންޖެހޭ ގަޑިއަކީ ހަތަރު ގަޑިއިރު ކަމަށާއި މެޑިކަލް އޮފިސަރުންނާއި ދިވެހި ނަރުހުން މަސައްކަތް ކުރަންޖެހެނީ 6 ގަޑިއިރަށް ކަމަށެވެ. އެހެން ނަމަވެސް މެޑިކަލް އޮފިސަރުންނަށާއި ނަރުހުން ހަތަރު ގަޑިއިރަށް ވުރެ އިތުރަށް ހިނގާ ދެ ގަޑިއިރު ބަލަނީ އިތުރުގަޑީގެ މަސައްކަތެއްގެ ގޮތުގައި ކަމަށާއި އިތުރުގަޑީގެ މަސައްކަތްތަކަށް ފައިސާ ދޭނެ ކަމަށް އެ ސަރކިއުލާގައި ވެއެވެ. މިއީ މީގެ ކުރީގެ ރޯދަ މަސްތަކުގައި ވެސް އަމަލުކުރަމުން އައި ގޮތެވެ.

އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމް ސޮއި ކުރައްވާ ނެރެފައިވާ ސަރކިއުލާގައި ބުނެފައި ވަނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަންޖެހޭ ގަޑިތައް ހަތަރު ގަޑިއިރަށް ބަދަލު ކުރީ އަޅުކަން ކުރުމަށް ގިނަ ވަގުތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މަސައްކަތް ކުރަންޖެހޭ ވަގުތު ހަތަރު ގަޑިއިރަށް ބަދަލު ކުރި ކަމުގައި ވިއަސް އެ ހޮސްޕިޓަލުން ދޭންޖެހޭ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެ ކަމަށް ވަނީ ބުނެފައެވެ.

އައިޖީއެމްއެޗަކީ 24 ގަޑިއިރު ޚިދުމަތް ދޭ ހޮސްޕިޓަލަކަށް ވާތީ ރަމަޟާން މަހު ޝިފްޓް ޑިއުޓީ އަދާކުރާ އެހެން މުއައްޒަފުން ވެސް މަސައްކަތް ކުރަން ޖެހޭނީ ހަތަރު ގަޑިއިރު ވަންދެންނެވެ.

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑިއަކީ ހަތަރު ގަޑިއިރު ކަމަށް އައިޖީއެމްއެޗުން ކަނޑައަޅާފައި މި ވަނީ ސަރުކާރުގެ އެހެން ސިވިލް ސާވިސް މުވައްޒަފުންނަށް ރޯދަ މަހު ހަތަރު ގަޑިއިރު މަސައްކަތްކުރަންޖެހިފައި ނަރުހުންނާއި ޑޮކްޓަރުންނަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ހަ ގަޑިއިރު މަސައްކަތްކުރަންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ އޮނިގަނޑުގައި ހިމަނާފައިވާތީ އެކަމާ މެދު ނަރުހުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް މަޝްވަރާތަކެއް ކުރެވެމުން ދަނިކޮށެވެ.

މި ރަމަޟާން މަހާއި ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ވެސް ހެނުދުނު 9:00 އިން ފެށިގެން މެންދުރު 1:00 އަށް ކަމަށް ރައީސް އޮފީހުން ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް