Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑެއްދޫ އެއާޕޯޓް

ޔާމީންގެ ވެރިކަމުގައި ކާޑެއްދޫ އިން ވަކިކުރި ހަ މީހަކަށް އަލުން ވަޒީފާ ދީފި!

1 މެއި 2019 | ބުދަ 06:17

ހަ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 1 މެއި 2019 | ބުދަ 06:17
ކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ އެއާޕޯޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކާޑެއްދޫ ރީޖަނަލް އެއަރޕޯޓުގައި އިން ވަކިކުރި ހަ މީހަކަށް އަލުން ވަޒީފާ ދީފިއެވެ.

ރީޖަނަލް އެއާޕޯޓްސްއިން މުރާޖަޢާކޮން ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށް ބުނެ އެ ހަ މީހުން ވަޒީފާއިން ވަކި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. ދެ މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު އެފަހަރު ވަޒީފާއިން ވަކި ކުރީ އެ އެއާޕޯޓް ހުޅުވީއްސުރެ އެތަނުގައި އިސްމަގާމުތަކުގައި މަސައްކަތް ކުރަމުންދިޔަ ގދ. ތިނަދޫއަށް ނިސްބަތްވާ ހަތަރު މީހަކާއި ގދ. މަޑަވެއްޔަށް ނިސްބަތްވާ ދެ މީހެކެވެ.

Advertisement - newsAdvertisement

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ކުރިން ސޮއިކުރައްވާ އެ މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްތަކުގައި ވަނީ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށާއި ވަކިކުރަން ނިންމީ އެ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑު މުރާޖަޢާކޮން ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ މުވައްޒަފުން އަދާކުރަމުންދާ މަގާމުތައް އުވިފައިވާތީ ކަމަށެވެ. އެހެން ނަމަވެސް އޭރު ވަކި ކުރި ހަ މުއައްޒަފުން ތިބި މަގާމުގައި ތިބި އެހެން މެމްބަރުން ވަކި ކޮށްފައެއް ނުވެއެވެ.

ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ފޮނުވާފައި ވަނީ ރީޖަނަލް އެއާޕޯޓްސްގެ ރަސްމީ އީމެއިލަކުން ނޫން ކަމަށާއި، ކާޑެއްދޫ އެއާޕޯޓްގެ މުވައްޒަފެއްގެ މެއިލްއަކުން ކަމަށް އެމުއައްޒަފުން ބުނެފައި ވެއެވެ. އަދި އެ ލިޔުމުގައި ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ސޮއިކުރައްވާފައި ވީނަމަވެސް، އެ ލިޔުމުގައި ކުންފުނީގެ ތައްގަނޑު ނެތްކަން އެ މުވައްޒަފުން އޭރު ފާހަގަކުރިއެވެ.

އަލުން ވަޒީފާ ދިނުމަށް ހަމަޖެހިފައިވާ އެންގި ލިޔުމުގައި ވެސް ސޮއިކުރައްވާފައި ވަނީ ސާމީ އަގީލްއެވެ. އެ ހަ މީހުންނަށް ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ އެ މީހުންނަށް ވަޒީފާ ދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އަންގައި ފޮނުވި ސިޓީގައިވާ ގޮތަށް މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަޒީފާ ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގައި ތިބި، ސިޔާސީ ގޮތުން ސަރުކާރަށް ތާޢީދު ނުކުރާ ގިނަ ފަރާތްތަކެއް ވަޒީފާ އިން ވަކިކޮށް އަދި ފިޔަވަޅު އަޅާފައި ވެއެވެ. މިސަރުކާރު ވެރިކަމަށް އައިސް އޭގެ ތެރެއިން ބައެއް މީހުންނަށް މިހާރު މިހާރު ވަނީ އަލުން ވަޒީފާ ދީފައެވެ. ސަރުކާރުން ވަނީ ކުރީގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން ވަކިކުރި މީހުންނަށް ޝަކުވާކުރުމުގެ ފުރުސަތު ހުޅުވާލައި އެ މައްސަލަތައް ބަލަން ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް