Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް

25 ވަނަ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕް ނިންމާލައިފި

މުބާރަތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ މަހުލޫފް

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 29 އެޕްރީލު 2019 | ހޯމަ 11:42
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު

25 ވަނަ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕް އާދިއްތަ ދުވަހު ނިންމާލައިފިއެެވެ. މުބާރާތުގެ ނިންމުމުގެ ޙަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފެވެ.

ޓެނިސް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިގޭމްސްގައި ޓެނިސް ހިމެނޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ބައިނަލް އަޤްވާމީ މިންގަނޑަށް ޓެނިސް ސެންޓަރ ތަރައްޤީ ކުރެއްވުމަށް އެސޯސިއޭޝަނާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ނެޝަނަލް ޓެނިސް ސެންޓަރ ބޭއްވުނު މިހަފްލާގައި ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް މިނިސްޓަރ ތައްޓާއި އިނާމު ބައްސަވައި ދެއްވިއެވެ. މިނިސްޓަރގެ އިތުރުން އެސޯސިއޭޝަންގެ ރައީސް އަހްމަދު ނަޒީރާއި ލިލީ އިންޓަރނޭޝަނަލްގެ މެނޭޖިންގް ޑައިރެކްޓަރ އާމިރު މަންސޫރު ކުޅުންތެރިންނަށް އިނާމު ބައްސަވައިދެއްވިއެވެ. މިޙަފަލާގައި ހާއްސަ މެހެމާނެއްގެ ގޮތުން ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާޢިލް ބައިވެރިވަޑައިގެންނެވިއެވެ.

މުބާރާތުގެ ފިރިހެންބައިގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އިގްނާޒް މަންސޫރެވެ. އަންހެންބައިގެ އޯޕަން ސިންގަލްސް ފައިނަލްގައި މަރިޔަމް ހަޝްމާ ހާނިމް އާއި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ޒެއިނާ އަބްދުލް ރަޝީދުއެވެ.

މިމުބާރާތުގައި 55 އަންހެން ކުޅުންތެރިންނާއި ފިރިހެން 65 ކުޅުންތެރިން ބައިވެރި ވެފައިވެއެވެ. ކުޅުންތެރިން ވާދަކުރި އުމުރުފުރާގެ ތެރޭގައި 7 އަހަރުން ދަށް، 8 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުނެ ދަށް، ޖޫނިއަރ އޯޕަން، މެންސް އޯޕަން، ވުމަންސް އޯޕަން، މިކްސްޑް ޑަބަލްސްގެ އިތުރުން 45 އަހަރުން މަތި ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު