Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރިޔާސީ އިންތިހާބު 2020

2020ގެ ރިޔާސީ އިންތިހާބު: ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް 20 ފަރާތެއް

3 ނޮވެމްބަރ 2020 ގައި އޮންނަ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ޕާޓީގެ ފުރަތަމަ ޕްރައިމަރީ އޮންނާނީ އަންނަ ފެބްރުއަރީ މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 27 އެޕްރީލު 2019 | ހޮނިހިރު 17:25
އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ފަރާތްތައް

އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ފަރާތްތައް

އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ 20 ފަރާތެއް ޝައުގުވެރިކަން ފާޅު ކުރައްވައިފިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަ ކުރައްވާ ފަރާތްތަކުގެ ތެރޭގައި އެ ގައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން ވެސް ހިމެނެއެވެ. 2020ގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވިކަން ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު، ބައިޑެން އިއުލާން ކުރައްވާފައިވަނީ މި ހަފްތާގައެވެ.

މީގެ އިތުރުން، މި ޓިކެޓަށް ވާދަ ކުރާ 20 ފަރާތުގެ ތެރޭގައި ހަ އަންހެންނުން ވެސް ހިމެނެއެވެ. އެއީ، ކަމަލާ ހެރިސް، ކަރސްޓަން ގިލިބްރޭންޑް، ތުލްސީ ގަބާޑް، އޭމީ ކްލޮބުކަރ، އެލިޒަބަތު ވޮރެން އަދި މިރިއެން ވިލިއަމްސަން އެވެ.

މީގެ އިތުރަށް ޝައުގުވެރިކަން ފާޅު ކުރެއްވި ފަރާތްތަކަކީ، ބަރނީ ސޭންޑަރސް، ކޯރީ ބުކަރ، ޕީޓް ބޫޓަޖަޖް، ޖޫލިއަން ކާސްޓްރޯ، ޖޯން ޑިލެނީ، ޖޯން ހިކަންލޫޕަރ، ޖޭ އިންސްލީ، ވޭން މެސަމް، ސެތި މައުލްޓަން، ބެޓޯ އޯ'ރޯކް، ޓިމް ރަޔަން، އެރިކް ސްވަލްވެލް އަދި އެންޑްރޫ ޔޭންގް އެވެ.

3 ނޮވެމްބަރ 2020 ގައި އޮންނަ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ޕާޓީގެ ފުރަތަމަ ޕްރައިމަރީ އޮންނާނީ އަންނަ ފެބްރުއަރީ މަހުއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ދެ ވަނަ ދައުރަކަށް ވާދަ ކުރައްވަން މިހާރުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އެ މަނިކުފާނަކީ ރިޕަބްލިކަން ޕާޓީގެ މެމްބަރެކެވެ. ދެ ވަނަ ދައުރަކަށް ކުރިމަތި ލައްވާން ނިންމަވާ އެ ކަމަށް ޓްރަމްޕް މަސައްކަތް ފައްޓަވާފައިވަނީ ވެރިކަމާ ހަވާލު ވެވަޑައިގެންނެވިތާ ދުވަސް ކޮޅެއް ފަހުންނެވެ. އަދި 2020ގެ އިންތިހާބުގައި އެ މަނިކުފާނުގެ ރަނިންގ މޭޓަކީ، 2016 ވަނަ އަހަރުގެ ރަނިންގ މޭޓް އަދި މިހާރު ނައިބު ރައީސް ކަމަށްވާ މައިކް ޕެންސް ކަމަށް ޓްރަމްޕް ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިއުލާން ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

މުސްލިމް ހަ ގައުމަކުން އެމެރިކާ އަށް މީހުން އެތެރެވުން މަނާކުރާ ރިޔާސީ އަމުރަށް އަމަލު ކުރަން ފަށައިފި

30 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު