Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެވެންޖަރޒް: އެންޑްގޭމް

އެމެރިކާ ޕްރިމިއަރގެ ކުރިން އެވެންޖަރޒް: އެންޑްގޭމް ލީކްވެއްޖެ

27 އެޕްރީލު 2019 | ހޮނިހިރު 14:54

ލީކުވެފައި ވަނީ ޗައިނާގެ ސިނަމާއެއްގައި ރިކޯޑްކޮށްފައިވާ ކޮޕީއެއް

އަމަން ހަލީމް
އަމަން ހަލީމް | 27 އެޕްރީލު 2019 | ހޮނިހިރު 14:54
އެވެންޖަރޒް: އެންޑްގޭމްގެ ޕޯސްޓަރެއް

އެވެންޖަރޒް: އެންޑްގޭމްގެ ޕޯސްޓަރެއް

މާވެލްގެ އުފެއްދުމެއް ކަމުގައިވާ އެވެންޖަރޒް ސިލްސިލާގެ އެންމެ ފަހު ފިލްމް "އެވެންޖަރޒް: އެންޑްގޭމް" ގެ އެމެރިކާ ޕްރިމިއަރގެ ކުރިން އެ ފިލްމު ލީކްވެއްޖެއެވެ.

ލީކުވެފައިވާ ކޮޕީއަކީ ޗައިނާގެ ސިނަމާއެއްގައި ކެމެރާއަކުން މީހަކު ރެކޯޑް ކޮށްފައިވާ ކޮޕީއެކެވެ. ފިލްމް ރިލީޒް ކުރުމުގެ ކުރިން، ފިލްމުގެ ވަގަށް ނަކަލު ކޮށްފައިވާ ކޮޕީތައް ލީކުވިޔަ ނުދިނުމަށް މާވެލްގެ ބެލެނިވެރި ކުންފުނި ކަމުގައިވާ ވޯލްޓ ޑިޒްނީއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ފިލްމު ރިލީޒްވުމުގެ ކުރިން ނޫސްވެރިންނާއި ފާޑުކިޔުންތެރިންނަށް ވެސް ފިލްމު ދައްކާލާފައެއް ނުވެއެވެ.

ޗައިނާއިން ލީކުވީ ކޮޕީއަކީ ވަރަށް ދަށް ކޮލިޓީއެއްގެ ކޮޕީއެއް ކަމަށް ޓޮރެންޓް ސައިޓްތަކުން ވަނީ ބުނެފައެވެ. މި ކޮޕީގެ އިތުރުން، ރަޝީއާގެ ކުންފުންޏަކުން ސްޕޮންސަރ ކޮށްފައިވާ ކޮޕީއެއް ވެސް އިންޓަނެޓްގައި ދައުރުވަމުންދާ ކަމަށް ވެސް ސައިޓްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ އެވެންޖަރޒް އެންޑްގޭމްއަށް ދިމާވި ލީކުވުމުގެ ފުރަތަމަ މައްސަލައެއް ނޫނެވެ. މި މަހުގެ ކުރީކޮޅުގައި ވެސް އެ ފިލްމުގެ ކްލިޕެއް ވަނީ އިންޓަނެޓްގައި ލީކުކޮށްލާފައެވެ. ޑިޒްނީއިން ވަނީ ލީކުވީ މަންޒަރުތައް އިންޓަނެޓުން ނަގާފައެވެ.

މާވެލް ސްޓޫޑިއޯޒްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ވެސް ފިލްމުގެ ޕްލޮޓް ލީކު ނުކޮށްލުމަށް އެދި ފިލްމުގެ ޑިރެކްޓަރުން ކަމުގައިވާ ޖޯ އަދި އެންތޮނީ ރޫސޯ (ދަ ރޫސޯ ބްރަދަރޒް) ސޮއިކޮށްފައިވާ ސިޓީއެއް ޓްވީޓް ކޮށްފައިވެއެވެ.

އެވެންޖަރޒް އެންޑްގޭމްއަކީ މާވެލް ސްޓޫޑިއޯޒްއިން އުފައްދާ 22 ވަނަ ފިލްމެވެ. މިއީ މާވެލްގެ ފިލްމުތަކުން ފެންނަ ގިނަ ކެރެކްޓަރުންގެ ފަހު ފެނިލުންކަމަށް ވެސް އެ ސްޓޫޑިއޯއިން ވަނީ ބުނެފައެވެ. އެމެރިކާގައި މި ފިލްމު ހުކުރު ދުވަހު ރިލީޒްކޮށްފައިވާ އިރު، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ވަނީ ބެލެވިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

"އެމެރިކާސް ގޮޓް ޓެލެންޓް" ޑާސީ ލިން ކާމިޔާބުކޮށްފި

21 ސެޕްޓެމްބަރު 2017
"އެމެރިކާސް ގޮޓް ޓެލެންޓް" ޑާސީ ލިން ކާމިޔާބުކޮށްފި
14 ޖުލައި 2017

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ
12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
09 ޖޫން 2017

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި

09 ޖޫން 2017
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި
04 ޖޫން 2017

ޓިއުބްލައިޓް: އެޅުވުމުގެ ކުރިންވެސް800 ކުރޯޑް ރުޕީސް ލިބިއްޖެ

04 ޖޫން 2017
ޓިއުބްލައިޓް: އެޅުވުމުގެ ކުރިންވެސް800 ކުރޯޑް ރުޕީސް ލިބިއްޖެ
22 މެއި 2017

2020ގައި އެމެރިކާގެ ރައީސްކަމަށް ދަ ރޮކް!

22 މެއި 2017
2020ގައި އެމެރިކާގެ ރައީސްކަމަށް ދަ ރޮކް!
15 މެއި 2017

އެމެރިކާގެ ރީތީގެ ރާނީއަކަށް ސައިންޓިސްޓް ކާރާ މަކާލޯ އަށް!

15 މެއި 2017
އެމެރިކާގެ ރީތީގެ ރާނީއަކަށް ސައިންޓިސްޓް ކާރާ މަކާލޯ އަށް!
09 މެއި 2017

އޭޝިއާ ޕެސިފިކް އަދި ނޯތު އެމެރިކާގެ ގައުމުތަކަށް ފޭސްބުކް ޑައުން ވެއްޖެ

09 މެއި 2017
އޭޝިއާ ޕެސިފިކް އަދި ނޯތު އެމެރިކާގެ ގައުމުތަކަށް ފޭސްބުކް ޑައުން ވެއްޖެ
15 އެޕްރީލު 2017

ރިލީޒްކުރުމުގެ ކުރިންވެސް ޓިއުބްލައިޓަށް ރެކޯޑް އަދަދެއްގެ ފައިދާ

15 އެޕްރީލު 2017
ރިލީޒްކުރުމުގެ ކުރިންވެސް ޓިއުބްލައިޓަށް ރެކޯޑް އަދަދެއްގެ ފައިދާ
07 އެޕްރީލު 2017

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް