Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެމެރިކާސް ގޮޓް ޓެލެންޓް

"އެމެރިކާސް ގޮޓް ޓެލެންޓް" ޑާސީ ލިން ކާމިޔާބުކޮށްފި

އޭނާވަނީ އޮޑިޝަންގައި "ގޯލްޑެން ބަޒާ" އެއް ހޯދައި ވަގުތުން ގެނެސްދިން ޝޯތަކުން ވެސް ޖާގަ ހޯދާފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 07:38
ސީޒަން 12 ގެ ޗެމްޕިއަން ޑާސީ ލިން

ސީޒަން 12 ގެ ޗެމްޕިއަން ޑާސީ ލިން

މަޤުބޫލް ރިއަލިޓީ ޝޯ "އެމެރިކާސް ގޮޓް ޓެލެންޓް" ގެ 12 ވަނަ ސީޒަނުގެ ޗެމްޕިއަންކަން ޑާސީ ލިން ހޯދައިފިއެވެ.

އުމުރުން 12 އަހަރުގެ ޑާސީ މި ޝޯގެ އެއްވަނަ ހޯދާފައިވާއިރު އޭނާވަނީ އޮޑިޝަންގައި "ގޯލްޑެން ބަޒާ" އެއް ހޯދައި ވަގުތުން ގެނެސްދިން ޝޯތަކުން ވެސް ޖާގަ ހޯދާފައެވެ. ޑާސީ އަކީ އޭނާގެ އަޑު ބަދަލުކޮށްގެން ވާހަކަދެއްކުމުގެ ހުނަރު ލިބިފައިވާ ވެންޓްރިލޮކުއިސްޓެކެވެ. ޑާސީ ހުނަރު ދައްކާލުމުގައި އަބަދުވެސް ޕަޕެޓެއް ބޭނުންކުރެއެވެ.

ފައިނަލްގައި ޑާސީ ދައްކާލި ހަރަކާތުގައި "އެމެރިކާސް ގޮޓް ޓެލެންޓް" ގެ ސީޒަން 2 ގެ ޗެމްޕިއަން ޓެރީ ފެކްޓާވެސް ވަނީ ބައިވެރިވެފައެވެ. ފައިނަލްގައި ޑާސީއާ ދެކޮޅަށް ވާދަކޮށްފައިވަނީ ލަވަކިޔުންތެރިންނާއި ޑާންސް ގްރޫޕްތަކެވެ. މި ޝޯގެ ދެވަނަ ހޯދާފައިވަނީ ލަވަކިޔުންތެރިއެއް ކަމުގައިވާ އެންޖެލިކާ ހޭލްއެވެ. އަދި ތިންވަނައަށް ހޮވިފައިވަނީ ޑާންސް ގްރޫޕެއް ކަމަށްވާ ލައިޓް ބެލެންސްއެވެ.

މި ޝޯގެ ޗެމްޕިއަންކަން ލިބުމާއެކު ޑާސީއަށް އިނާމެއްގެ ގޮތުން ވަނީ އެއް މިލިއަން ޑޮލަރު ލިބިފައެވެ.

"އެމެރިކާސް ގޮޓް ޓެލެންޓް"ގެ 12 ވަނަ ސީޒަނުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ސައިމޮން ކޮވެލްއާ ހެއިޑީ ކްލަމްއާ ހައުވީ މެންޑެލްގެ އިތުރުން މެލް ބީއެވެ.

މިދިޔަ ސީޒަނުގައި މި ޝޯގެ ޗެމްޕިއަންކަން ހޯދާފައިވަނީ 12 އަހަރުގެ ލަވަކިޔުންތެރިއެއް ކަމަށްވާ ގްރޭސް ވެންޑަވާލްއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2018

މިލިންދް ކައިވެނި ކޮށްފި

23 އެޕްރީލު 2018
މިލިންދް ކައިވެނި ކޮށްފި
29 މާރިޗު 2018

މޮޑެލިންގ ކެރިއާގެ ކުރީކޮޅު 'ނޯޒް ޖޮބް'އެއް ހެދިކަމަށް ޓައިރާ ބޭންކްސް އެއްބަސްވެއްޖެ!

29 މާރިޗު 2018
މޮޑެލިންގ ކެރިއާގެ ކުރީކޮޅު 'ނޯޒް ޖޮބް'އެއް ހެދިކަމަށް ޓައިރާ ބޭންކްސް އެއްބަސްވެއްޖެ!
31 ޖެނުއަރީ 2018

ގްލީގެ އެކްޓަރ މާކް ސެލިން މަރު ވެއްޖެ

31 ޖެނުއަރީ 2018
ގްލީގެ އެކްޓަރ މާކް ސެލިން މަރު ވެއްޖެ
17 އޮކްޓޯބަރު 2017

ޗެޕްލިން އެވޯޑު މިފަހަރު ލިބުނީ ހެލެން މިރެން އަށް

17 އޮކްޓޯބަރު 2017
ޗެޕްލިން އެވޯޑު މިފަހަރު ލިބުނީ ހެލެން މިރެން އަށް
05 ސެޕްޓެމްބަރު 2017

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން "އަންވީލިން ވިޝަންސް" ގެ ނަމުގައި އާރޓް އެގްޒިބިޝަނެއް ބާއްވަނީ

05 ސެޕްޓެމްބަރު 2017
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން "އަންވީލިން ވިޝަންސް" ގެ ނަމުގައި އާރޓް އެގްޒިބިޝަނެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު