Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓިއުބް ލައިޓް

ރިލީޒްކުރުމުގެ ކުރިންވެސް ޓިއުބްލައިޓަށް ރެކޯޑް އަދަދެއްގެ ފައިދާ

މި ފިލްމަށް ވަނީ މިހާތަނަށް 227 ކްރޯޑް ރުޕީސް ލިބިފައެވެ. އެވަރުގެ ބޮޑު ފައިދާއެއް ލިބިފަ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2017 | ހޮނިހިރު 12:11
ޓިއުބް ލައިޓް

ޓިއުބް ލައިޓް

މިއަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖައްސާފައިވާ ސަލްމާންހާންގެ "ޓިއުބްލައިޓް"އަށް ފިލްމު ރިލީޒްކުރުމުގެ ކުރިންވެސް ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ. މި ފިލްމަށް ވަނީ މިހާތަނަށް 227 ކްރޯޑް ރުޕީސް ލިބިފައެވެ. އެވަރުގެ ބޮޑު ފައިދާއެއް ޓިއުބްލައިޓަށް ލިބުނީ މިއުޒިކް ރައިޓްސް އާއި ތިއެޓްރިކަލް ރައިޓްސް ވިއްކާލައިގެންނެވެ.

މި ފިލްމު ތިއޭޓާގައި އެޅުވުމަށް އިންޑިއާގެ އެންއެޗް ސްޓޫޑިއޯޒް އަށް ވިއްކާލާފައިވަނީ 132 ކްރޯޑް ރުޕީސްއަށެވެ. އަދި ޗައިނާގައި ފިލްމު އެޅުވުމަށް 75 ކްރޯޑް ރުޕީސްއަށް ވިއްކާލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ސޮނީ މިއުޒިކަށް 20 ކްރޯޑް ރުޕީސްއަށް ވަނީ ވިއްކާލާފައެވެ. ފިލްމު އެޅުވުމުގެ 3 މަހެއްހާ ކުރިން މި ފިލްމު މިހާ ބޮޑު އާމްދަނީއެއް ހޯދުމުން ކުރިއަށް އޮތްތަނުގައި އަދި މިއަށްވުރެ ދެގުނަ އާމްދަނީ ލިބޭނެކަމަށް ވަނީ ލަފާކުރެވިފައެވެ.

ސަލްމާނާއެކު ކަބީރް ޚާން އުފެއްދި ތިން ވަނަ ފިލްމު، "ޓިއުބްލައިޓް" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫޒޫ އެވެ. މި ފިލްމުގައި ސަލްމާންގެ ބޭބެގެ ރޯލުން އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ

1962 އަހަރު އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓްސް މަންޒަރުތައް ފެނިގެންދާނެ އެވެ.

ވިޝުއަލް އިފެކްޓްސްގެ ގިނަ މަންޒަރުތަކެއް ފިލްމުގައި ހިމެނޭތީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ބޭނުންވާތީ ފިލްމުގެ ޝޫޓިން ވަނީ ލަފާކުރި ޝެޑިއުލަށް ވުރެ ކުރިން ނިންމާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޓަލީވިލާތުގެ އެންމެ ދޮށީ ދަސްވެނި އޭނާގެ ރެކޯޑް އައުކޮށްފި

އިޓަލީވިލާތުގެ އެންމެ ދޮށީ ދަސްވެނި އޭނާގެ ރެކޯޑް އައުކޮށްފި

20 ޖުލައި 2022
ސިމްބޮލިކް ރެކޯޑްސްއިން އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތައް ލަވަފޮށިން ދޮގުކޮށްފި

ސިމްބޮލިކް ރެކޯޑްސްއިން އޮޅުވާލާފައިވާ ކަމަށް ބުނާ ވާހަކަތައް ލަވަފޮށިން ދޮގުކޮށްފި

16 އޮކްޓޯބަރު 2020
އެވެންޖަރސް އެންޑްގޭމް: އެވެޓަރގެ ރެކޯޑް މުގުރާލުމާ ގާތަށް

އެވެންޖަރސް އެންޑްގޭމް: އެވެޓަރގެ ރެކޯޑް މުގުރާލުމާ ގާތަށް

21 ޖުލައި 2019
އާރިއާނާ ގްރާންޑޭގެ 'ތެންކް ޔޫ، ނެކްސްޓް ޔޫޓިއުބްގެ ރެކޯޑްތައް މުގުރަނީ

އާރިއާނާ ގްރާންޑޭގެ 'ތެންކް ޔޫ، ނެކްސްޓް ޔޫޓިއުބްގެ ރެކޯޑްތައް މުގުރަނީ

03 ޑިސެމްބަރު 2018
2.0 ފުރަތަމަ ދުވަހުން ރެކޯޑް މުގުރާލައިފި

2.0 ފުރަތަމަ ދުވަހުން ރެކޯޑް މުގުރާލައިފި

02 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު