Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާ ބޮމުގެ ހަމަލާ

ލަންކާ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމަށް ހަމަހިމޭންކަމުގެ ސުކޫތެއް

27 އެޕްރީލު 2019 | ހޮނިހިރު 10:27

ގިނަ ދިވެހިންނާއި ލަންކާ ރައްޔިތުން ބައިވެރިވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އެޕްރީލު 2019 | ހޮނިހިރު 10:27
ޜެޑް ކްރެސެންޓުން ބޭއްވި ހަރަކާތުގެ ތެރެއިން

ޜެޑް ކްރެސެންޓުން ބޭއްވި ހަރަކާތުގެ ތެރެއިން

ދިވެހި ރައްޔިތުން ތިބީ ލަންކާ ރައްޔިތުންނާއެކުގައި ކަން ހާމަކުރުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން އިސްނަގައިގެން ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ހުކުރު ދުވަހު ހަވީރު 4:30 އިން 6:00 އަށް ކެންގަރޫ ކިޑްސްގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމާއި، ފަރސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން ސަރުކާރުގެ ބައެއް އިސް ބޭފުޅުންވެސް އަމިއްލަފުޅަށް އިސްނަންގަވައިގެން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ހަރަކާތާއި ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ދިވެހި ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަންސް މެނޭޖަރ ޔާސްމީން ރަޝީދް ވިދާޅުވީ، މިފަދަ އިވެންޓެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ދިވެހި ރައްޔިތުންނާއި ލަންކާ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން ދެމެހެއްޓުން ކަމަަށާއި، މިފަދަ ހިތާމަވެރި ވަގުތެއްގައި މި އިވެންޓް މެދުވެރިކޮށް ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ފަރްސްޓް ލޭޑީ ފަޒްނާ އަހުމަދު މިއަދުގެ ހަރަކާތުގައި ބައިވެރިވެލައްވަނީ

މި ހަރަކާތުގެ ތެރެއިން އެއް މިނެޓަށް ކުރިއަށްގެންދިޔަ ހަމަހިމޭންކަމުގެ ސުކޫތަކަށްފަހު ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ވިދާޅުވީ، ލަންކާއާއެކުގައި އަބަދުވެސް އޮތީ ގާތް ގުޅުމެއް ކަމަށާއި، ލަންކާއަކީ އެކި ގޮތްގޮތުން ދިވެހިންނަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވާ ޤައުމެއް ކަމަށެވެ.

" މިއަދުވެސް އަޅުގަނޑުމެން ތިބޭނީ ސްރީލަންކާއާ އެކީގައި، މާދަމާވެސް އިރާދުކުރެއްވިއްޔާ ހުރިހާ ދުވަހެއްގައިވެސް، ހަޤީޤަތުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސުލްހަވެރިކަމަށް މަސައްކަތްކުރާ މީހުންނާއެކީގައި، ސުލްހައަށް ލޯބިކުރާ ހުރިހާ ފަރާތްތަކާއެކީގައި، ތަރައްޤީގެ މަގުގައި މަސައްކަތްކުރާ ހުރިހާ އެންމެންނާއެކީގައި، އެގޮތުގެ މަތިން އިރާދުކުރެއްވިއްޔާ ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ އަދި ޚާއްސަކޮށް މި ސަރަހައްދުގެ ޤައުމުތަކުގައި އޮންނަ އެއްބާރުލުން އަބަދުވެސް އަޅުގަނޑުމެެން ވަރުގަދަކޮށް، އަޅުގަނޑުމެން އެންމެން ގުޅިގެން މުޅި ސަރަހައްދުގެ ތަރައްޤީއާ ސަލާމަތާ އަމަންއަމާންކަމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ" ރައީސް މައުމޫނު ވިދާޅުވިއެވެ.

ރެޑް ކްރެސެންޓުން ބޭއްވި ހަރަކާތުގެ ތެރެއިން

ގިނަ އަދަދެއްގެ ދިވެހިންނާއި ލަންކާ ރައްޔިތުން ބައިވެރިވި މި އިވެންޓުގެ ތެރެއިން ނަފްސާނީ އިޖުތިމާއީ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަަކައި ކައުންސެލިންގ ފޯރުކޮށްދީފައިވާއިރު، ކުޑަކުދިންނަށް ޚާއްސަކޮށްގެން ވެސް ވަނީ ހަރަކާތްތަކެއް ހިންގާފައެވެ.

ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށް އާދިއްތަ ދުވަހު އެޤައުމުގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެޤައުމުގެ ރިޕޯރޓްތައް ބުނެއެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް