Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި ދިން ބޮމުގެ ހަމަލާ

ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން

24 އެޕްރީލު 2019 | ބުދަ 14:14

ޖުމުލަ 60 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި

އަމަން ހަލީމް
އަމަން ހަލީމް | 24 އެޕްރީލު 2019 | ބުދަ 14:14
ކޮޅުނބުގައި ހުންނަ ސެއިންޓް އެންތަނީޒް ޗާޗްގެ ބޭރުގައި ފުލުހުންނާއި އަސްކަރިއްޔާ ހަރަކާތަތެރިވަނީ

ކޮޅުނބުގައި ހުންނަ ސެއިންޓް އެންތަނީޒް ޗާޗްގެ ބޭރުގައި ފުލުހުންނާއި އަސްކަރިއްޔާ ހަރަކާތަތެރިވަނީ

އާދީއްތަ ދުވަހު ލަންކާގައި ހަށި ގޮއްވައިގެން ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ނުވަ މީހުންގެ ތެރެއިން އަށް މީހެއްގެ ވަނަވަރު ދެނެގަނެވިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ، އެ މީހުންގެ ވަނަވަރު ދެނެގަނެވިފައި ވަނީ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ކުރިޔަށް ގެންދިޔަ ތަހުގީގުގައި ކަމަށެވެ. މި އަށް މީހުންގެ ތެރެއިން އެކަކީ އަންހެނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް މި ހަމަލާތަކާއި ގުޅިގެން 60 މީހުން ހައްޔަރުކުރެވިފައިވާ އިރު، އެތަނުން 32 މީހަކު ތިބީ ސީއައިޑީގެ ބެލުމުގެ ދަށުގައި ކަމަށް ރުވާން ފާހަގަކުރެއްވިއެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ހަތަރު މީހަކު ތިބީ ޓެރަރިސްޓް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) ގެ ބެލުމުގެ ދަށުގައެވެ. ހަމަލާގެ ޒިންމާ އައިސިސްއިން ނަގާފައިވާ އިރު، ލަންކާ ފުލުހުން ބުނެފައި ވަނީ މި ހަމަލާތައް ދިނުމުގައި ބައިވެރިވީ ލަންކާގައި ހަރަކާތްތެރިވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަދި ޖަމިއްޔަތުލް މިއްލަތު އިބްރާހިމް (ޖޭއެމްއައި) ނަމަކަށް ކިޔާ ދެ ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށެވެ.

ލަންކާގެ ތިން ފައްޅިއަކާއި ހަތަރު ހޮޓަލަކަށް ރާވައިގެން ދިން ހަމަލާތަކުގައި ދެބެން ބައިވެރިވެފައިވާ އިރު، އެތަނުން އެކެއްގެ މާބަނޑު އަންހެނުން ވަނީ ތުހުމަތު ކުރެވޭ މީހެއްގެ ގެ ބަލަން ފުލުހުން ވަން ގަޑީގައި އޭނާގެ ތިން ދަރިން ތިއްބާ ބޮމެއް ގޮއްވާލައިގެން އަމިއްލައަށް މަރުވެފައެވެ. މި ދެބެންނަކީ މުއްސަންދި އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 359 އަށް އަރާފައިވާ އިރު، އަދިވެސް ލަންކާ ފުލުހުން މަސައްކަތް ކުރަމުން ގެންދަނީ އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ލިބިފައި ވުމާ އެކު ތައްޔާރީ ހާލަތެއްގައެވެ. ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 45 ކުޑަކުދިން ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް