Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުލެއް ނުކުރާނަން ހިނގާލުން

ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!

"ދުލެއް ނުކުރާނަން" ހޭޝްޓެގް ލިޔުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓްވީޓް ކުރައްވާފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 23 އެޕްރީލު 2019 | އަންގާރަ 11:16
ރައީސް ސާލިހު

ރައީސް ސާލިހު

ބްލޮގާ ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލިތާ މިއަދަށް ދެ އަހަރު ފުރޭއިރު އެކަމާ ގުޅުވައިގެން ބާއްވާ ހިނގާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ޔާމީންގެ ހަނދާން އާކޮށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލާ ހިނގާލުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވާ އިރު، "ދުލެއް ނުކުރާނަން" ހޭޝްޓެގް ލިޔުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓްވީޓް ކުރައްވާފައެެވެ. އަދި ގިނަ ބަޔަކު ދަނީ އެ ޓްވީޓާ މެދު ހިތްހަމަޖެހުން ފާޅުކޮށް ރައީސަށް ޝުކުރު ދަންނަވަމުންނެވެ.

"ދުލެއް ނުކުރާނަން" އެ ޝިއާރަކީ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ ކެމްޕެއިންގެ ޝިއާރެކެވެ. އެ ޝިއާރު އުފެދިގެން އައިސްފައި ވަނީ ވެސް ޔާމީން ރަޝީދުގެ ޓްވީޓްތަކުންނެވެ.

"ދުލެއް ނުކުރާނަން" ލިޔުއްވާ ރައީސް ޓްވީޓް ކުރެއްވާފައިވާއިރު، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަދި ބްލޮގަރ ޔާމީން ރަޝީދުގެ އިތުރުން އެފަދަ ލާއިންސާނީ ގޮތްތަކަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކުށްވެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް ސާލިހު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

ޔާމީން މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ވަޒީފާ އަދާކުރާ އޮފީހުގައި އުޅުމަށް ފަހު އޭނާ ދިރިއުޅޭ ގެއަށް ވަންތަނުންނެވެ. އަނިޔާވެރި ގޮތަކަށް އޭނާ މަރައިލައިފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓިއުލާގޭގެ ސިޑި ގޮޅި ކައިރިންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު