Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުސްނުއް ސުއޫދު

މެޖިސްޓްރޭޓްކަން ކުރުމަކީ ދެކޭ ހުވަފެނެއް: ސުޢޫދު

ޅ. އޮޅުވެލިފުށީގެ މެޖިސްޓްރޭޓްކަން ކުރެއްވުމަށް ސުޢޫދު ވަނީ ޝައުޤުވެރިކަން ހާމަކުރައްވާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2019 | އަންގާރަ 03:30
ޤާނޫނީ ވަކީލު ހުސްނުއްސުޢޫދު: ރާއްޖޭގެ ޖުޑީޝަރީ އިސްލާޙުކުރުމަށް ކުރެވޭ މަސައްކަތުގައި އެމަނިކުފާނަކީ ފާހަގަކޮށްލެވޭ ފަރާތެއް

ޤާނޫނީ ވަކީލު ހުސްނުއްސުޢޫދު: ރާއްޖޭގެ ޖުޑީޝަރީ އިސްލާޙުކުރުމަށް ކުރެވޭ މަސައްކަތުގައި އެމަނިކުފާނަކީ ފާހަގަކޮށްލެވޭ ފަރާތެއް

ރާއްޖޭގެ ރަށެއްގައި މެޖިސްޓްރޭޓެއްގެ މަޤާމު އަދާކުރުމަކީ ދެކޭ ހުވަފެނެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ތަޖުރިބާކާރު ޤާނޫނީ ވަކީލު އަލްއުސްތާޛް ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ސުޢޫދު ވިދާޅުވީ، އެ ކޮމިޝަންގެ މަސައްކަތް ނިމުމުން، ބޮޑަށް މަސައްކަތް ކުރައްވާނީ ފޮތް ލިޔުއްވުމާއި، އުނގަންނައިދިނުމުގެ އިތުރުން ޤާނޫނީ ވަކީލުކަން ކޮށްދިނުމުގައި ކަމަށެވެ.

Advertisement - newsAdvertisement

އެ މަސައްކަތް އެހެން ކުރި ނަމަވެސް މެޖިސްޓްރޭޓް ކަމަކީ ވަރަށް ކުރައްވާހިތްވާ ކަމެއް ކަމަށް ވިދާޅުވެ، ސުޢޫދު ވަނީ ޅ އަތޮޅު، ބ އަތޮޅު ނުވަތަ އަރިއަތޮޅުގެ ރަށެއްގައި މެޖިސްޓްރޭޓްކަން ކުރުމަށް އެދިލައްވާކަން ހާމަކުރައްވާފައެވެ. އަދި ޚާއްސަކޮށް ޅ. އޮޅުވެލިފުށީގެ މެޖިސްޓްރޭޓްކަން ކުރެއްވުމަށް ސުޢޫދު ވަނީ ޝައުޤުވެރިކަން ހާމަކުރައްވާފައެވެ.

ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވާފައިވާ ސުއޫދު ވިދާޅުވީ، ޤާނޫނީ ދާއިރާގެ އެންމެ ފުރިހަމަ ތަޖުރިބާއެއް ލިބޭނީ އެންމެ ދަށު ކޯޓުގައި މަސައްކަތް ކޮށްގެން ކަމަށް ދެކިލައްވާ ކަމަށާއި، އެމަނިކުފާނަކީ ޤާނޫނީ ދާއިރާ ދިރާސާ ކުރައްވައި ފޮތް ލިޔުއްވާ ބޭފުޅެއް ކަމުން، އެންމެ ގިނަ ކަންކަން ދަސްވާނީ ޝަރީޢަތްކުރާ ދަށު ކޯޓެއްގައި މަސައްކަތް ކުރައްވައިގެން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޤާނޫނީ ދާއިރާއިން ގިނަ ދިރާސާތަކެއް ކުރައްވައި، ޤާނޫނީ އެކި މައުލޫޢުތަކަށް ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ސުޢޫދަކީ ރާއްޖޭގެ ޖުޑީޝަރީ އިސްލާޙުކުރުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
އިންތިހާބު ފަސް ކުރުމަކީ އީސީގެ ނާތަހުބީކަން: ޖަމީލް

އިންތިހާބު ފަސް ކުރުމަކީ އީސީގެ ނާތަހުބީކަން: ޖަމީލް

18 މާރިޗު 2017
ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

11 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު