Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިހާބު ފަސްކުރު

އިންތިހާބު ފަސް ކުރުމަކީ އީސީގެ ނާތަހުބީކަން: ޖަމީލް

ކައުންސިލް އިންތިހާބު ފަސްކޮށްފައިވަނީ މެއި 6 ވަނަ ދުވަހަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 18 މާރިޗު 2017 | ހޮނިހިރު 11:53
ކުރީގެ ނައިބު ރައީސް ޖަމީލް

ކުރީގެ ނައިބު ރައީސް ޖަމީލް

ލޯކަލް ކައުންސިލް އިންތިހާބު ތިން ވަނަ ފަހަރަށް ފަސްކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ހިންގާ ނާތަހުޒީބު، ގާނޫނާ ހިލާފު އަމަލެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހުކުރު ދުވަހުގެ ރޭގަނޑު ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ، ލޯކަލް ކައުންސިލް އިންތިހާބު އަންނަ މެއި މަހުގެ ހަ ވަނަ ދުވަހަށް ފަސްކުރިކަން އިއުލާނުކޮށްފަ އެވެ. މިގޮތަށް އިންތިހާބު އަނެއްކާވެސް ފަސްކޮށްފައިވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ދެއްވި އިރުޝާދުތަކަށް ބެލުމަށްފަހުގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ޖަމީލް ކުރައްވާފައިވާ ޓްވީޓްގައި ވަނީ އިންތިހާބު ފަސް ކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ހިންގާ ނާތަހުޒީބު އަދި ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. ސަރުކާރުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ނިންމުން ވަަރަށް ހިތިވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ޔާމީން އަޑަށް ބާރު ލައްވާ އިދިކޮޅު ފަރާތްތަކުގެ ވާހަކަ ނުދެއްކެވުމަށާއި ރައީސް ޔާމީން އުޅުއްވަނީ އިންތިހާބު ދެކެ ބިރުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިިންތިހާބު މީގެ ކުރިން ދެފަހަރެއްގެ މަތިން ކެންސަލްކޮށްފައިވާ އިރު އެންމެ ފުރަތަމަ އިންތިހާބު ފަސްކޮށްފައިވަނީ ޕީޕީއެމްގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހެޅާ ކޯޓުން އެގޮތަށް ނިންމުމުންނެވެ. އަދި އޭގެ ފަހުން އިންތިހާބު އޭޕްރީލް އަށް ވަނަ ދުވަހު ބޭއްވުމަށް ނިންމަވާފައިވީ ނަމަވެސް ސްކޫލުތައް ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އިންތިހާބު ވަނީ އޭޕްރީލް 15 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އަދި އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިހާބު މެއި 6 ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު