Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ބޮމުގެ ހަމަލާތައް

އަދިވެސް ހަމަލާ ދީފާނެ، ސަމާލުވޭ: އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް

22 އެޕްރީލު 2019 | ހޯމަ 06:05

މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ ކަމަށް ފުލުހުން ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 އެޕްރީލު 2019 | ހޯމަ 06:05
އިއްޔެ ލަންކާއަށް ދިން ހަމަލާތަކުގެ ތެރެއިން

އިއްޔެ ލަންކާއަށް ދިން ހަމަލާތަކުގެ ތެރެއިން

އާދީއްތަ ދުވަހު ލަންކާގެ އެކި ސަރަހައްދަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަދިވެސް އިތުރު ހަމަލާތައް ދީފާނެ ކަމަށާއި ހަމަލާތައް ދިނުމަށް މަސައްކަތް ކޮށްފާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހަމަލާތައް ދީފާނެތީ އެކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.

ލަންކާގެ އެތައް ސަރަހައްދަކަށް އާދީއްތަ ދުވަހު ހަމަލާތައް ދީ މަރުވި މީހުންގެ އަދަދު 290 އަށް އަރާފައިވާ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. އެހަމަލާތަކުގައި އަނިޔާ ލިބުނު މީހުންގެ އަދަދު ގާތްތަނޑަކަށް 500 އަށް އަރައެވެ. ފުލުހުން ބުނެފައިވަނީ ބޮން ގޮއްވުމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އާދީއްތަ ދުވަހު ލަންކާގެ އަށް ސަރަހައްދަކަށް ބޮމުގެ ހަމަލާ ދިނުމަށް ފަހު އިތުރު ތަންތަނަށް ހަމަލާ ދިނުމަށް ހަމަލާދޭން އުޅުނު މީހުން މަސައްކަތް ކުރިއެވެ. ލަންކާ އެއާޕޯޓާއި ކައިރިން ހަފޫޓްގެ ޕީޕީސީ ހޮޅިއެއްގެ ތެރޭގައި ހަދާފައިވާ ބޮމެއް ނުވަތަ (އައިއީޑީ) ލަންކާގެ ފުލުހުންނަށް ފެނުނީ އާދީއްތަ ދުވަހުގެ ރޭގައެވެ. އެބޮން ވަނީ ރައްކާތެރި ހިސާބަކަށް ގެންގޮސް ފަހުން ނައްތާލާފައެވެ.

ލަންކާގެ ޑިފެންސް މިނިސްޓަރ ރުވާން ވިޖޭވަރުދަނަ ވިދާޅުވީ އެ ގައުމުގައި ހަރަކާތްތެރިވާ ހަރުކަށި ވިސްނުމުގެ ގުރޫޕްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި އެ ކަންތައްތައް ހުއްޓުވާނެ ކަމަށެވެ.

ލަންކާގެ ސަރުކާރުން ބުނެފައި ވަނީ އާދީއްތަ ދުވަހު ދީފައިވާ އަށް ހަމަލާގެ ތެރެއިން ގިނަ ހަމަލާއަކީ އަމިއްލަ ގައިގައި ބޮން ހަރުކޮށްގެން ދީފައިވާ ހަމަލާތަކެއް ކަން ކަށަވަރު ކޮށްފައެވެ. އަދި އެހަމަލާ ދިނުމުގައި ބައިވެރިވެފައި ވަނީ އެއް ގްރޫޕަކަށް ނިސްބަތްވާ މީީހުން ކަމަށާއި އެއީ މަދު ބަޔަކު ވެގެން ދިން ހަމަލާތަކެއް ކަމަށް ވަނީ ބުނެފައެވެ.

މިހަމަލާތަކާއި ގުޅިގެން މުޅި ލަންކާގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް