Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަރުޖާން ސެކުލޮސްކީ

މާޒިޔާއިން ސެކުލޮސްކީ އަނބުރާ ގެނެސްފި

20 އެޕްރީލު 2019 | ހޮނިހިރު 12:10

ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ މީގެ ކުރިން 31 މެޗު ކުޅެފައި

ލީވާން އަލީ
ލީވާން އަލީ | 20 އެޕްރީލު 2019 | ހޮނިހިރު 12:10
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެޓީމުގެ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ގެނެސްފިއެވެ.

މާޒިޔާގެ ތާރީހުގައި ވެސް އެޓީމަށް ގެނައި ފުރަތަމަ ބިދޭސީ ކޯޗު ސެކުލޮސްކީ އަނބުރާ އެޓީމަށް އަލުން ގެންނަން ނިންމާފައިވާއިރު، އޭނާ ވަނީ 2017 ވަނަ އަހަރު މާޒިޔާއާ އެކު ކާމިޔާބީތަކެއް ހޯދާފައެވެ.

ސެކުލޮސްކީ މާޒިޔާ ދޫކޮށްލީ 2017 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ވަކި ހިސާބަކުންނެވެ. އޭނާ އެފަހަރު ކްލަބް ދޫކޮށްލީ އެއްބަސްވުމުގައި ބާކީ މަދު ދުވަސްކޮޅެއް އޮއްވައި، އެއްބަސްވުން އާނުކޮށެވެ.

މިދިޔަ ސީޒަނުގައި މާޒިޔާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ އިސްމާއިލް މަހުފޫޒް (އިންމަ) އެވެ. އޭނާ މި ސީޒަނުގައި ފެނިގެންދާނީ ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ.

މެސެޑޯނިއާ އަށް އުފަން ސެކުލޮވްސްކީ ވަނީ މާޒިޔާގެ ކޯޗުކަމާ ހަވާލުވެ، 2017 ވަނަ އަހަރު އެޓީމަށް ބޮޑު ކުރިއެރުންތަކެއް ހޯދައިދީފައެވެ. އެގޮތުން މާލޭ ލީގު އަދި ޗެރިޓީ ޝިލްޑް އެޓީމަށް ކާމިޔާބު ކޮށްދީ، އޭނާ ވަނީ އެ ކްލަބަށް އޭއެފްސީ ކަޕްގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދައިދީފައެވެ.

ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ކުޅުނު 31 މެޗުގެ ތެރެއިން 19 މެޗުން ވަނީ މޮޅުވެފަ އެވެ. ހަތް މެޗުން ބަލިވިއިރު، ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކުލޮވްސްކީއަކީ މިޔަންމާގެ ކަލްބުތަކަކަށް ކާމިޔާބު ހޯދައިދިން ކޯޗެކެވެ. އޭނާ ވަނީ މިޔަންމާގެ އަޔެޔަވަދީ އަދި ޔަންގޮން ޔުނައިޓެޑަށް ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މިޔަންމާގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗަކީ ވެސް ސެކުލޮވްސްކީއެވެ.

ސެކުލޮވްސްކީ ވަނީ ދެ ފަހަރެއްގެ މަތިން އަޔެޔަވަދީ އަށް އިރުޝާދުދީފަ އެވެ. އެ ކްލަބާ ދެ ފަހަރެއްގެ މަތިން ހަވާލުވެ، އޭނާ ވަނީ އަޔެޔަވަދީ އަށް ވިދިވިދިގެން ތިން ސީޒަންގައި މިޔަންމާ ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. 2016 ވަނަ އަހަރު އަހަރު ޔަންގޮން ޔުނައިޓެޑާ ހަވާލުވެ، އޭނާ ވަނީ އެ ކްލަބަށް މިޔަންމާ ނެޝަނަލް ލީގު އަދި މިޔަންމާ ނެޝަނަލް ކަޕްގެ ރަނަރަޕްކަން ހޯދައިދީފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
13 އެޕްރީލު 2017

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް