Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިސްރުގެ ރައީސް ސީސީ

މިސްރުގެ ރައީސް ސީސީގެ ދައުރު 2022 ދަންމާލުމަށް ވޯޓް ނަގަނީ

ސީސީއަށް ވޯޓުފޮށި މެދުވެރިކޮށް ވެރިކަމުގެ ބާރުތައް ލިިބިވަޑައިގެންްފައިވަނީ 2014 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2019 | ބުރާސްފަތި 04:36
 އުމުރުފުޅުން 64 އަހަރު ފުޅުގެ މުރުސީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހު

 އުމުރުފުޅުން 64 އަހަރު ފުޅުގެ މުރުސީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހު

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ވެރިކަމުގެ ދައުރު 2030 ގެ ނިޔަލަށް ދިގުދަންމާލެވޭގޮތަށް އެ ގައުމުގެ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނެގުން އަންނަ ހޮނިހިރު ދުވަހު އެ ގައުމުގައި އޮންނާނެއެވެ.

ތިން ދުވަހަށް ދެމިގެންދާ މި ވޯޓް އޮންނާނީ އޭޕްރީލް މަހުގެ 20ން 22 އަށެވެ. އެ ގައުމުގެ ނޭޝަނަލް އިލެކްޝަން އޮތޯރިޓީގެ ޗެއަރމަން ލަޝީން އިބްރާހީމް ބުދަ ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ މި ވޯޓުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުގެ މަތިގެއެއް އުފައްދަން ފެނޭތޯ ބަލާނެ ކަމަށެވެ.

އެ އިދާރާއިން މިކަން އިއުލާނު ކޮށްފައިވަނީ ރައީސް ސީސީގެ ވެރިކަމުގެ މިހާރު ހިނގަމުންދާ ދައުރު 2024ގެ ނިޔަލަށް ދަންމާލައި އަދި ހަ އަހަރުގެ އިތުރު ދައުރަކަށް ކުރިމަތިލައްވައި 2030ގެ ނިޔަލަށް ވެރިކަމުގައި ހުންނެވޭނެ ފަދަ ގޮތަކަށް ގާނޫނުހަދާ މަޖިލީހުން ގާނޫނު އަސާސީއަށް ބަަދަލުގެނައިތާ އެއް ދުވަހުގެ ތެރޭގައެވެ.

ޖުމްލަ 536 މެމްބަރުން ތިއްބަވާ މިސްރުގެ ގާނޫނުހަދާ މަޖިލީހުގައި ސީސީއަށް ތާއީދުކުރައްވާ 531 މެމްބަރުން ތިއްބަވާއިރު މި ހުށަހެޅުން ފާސްކުރެވުނު 554 މެމްބަރުން ވަނީ ހާޒިރުވެ ވަޑައިގެންފައެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުުނަމުންދަނީ މި ހުށަހެޅުމަކީ ރައީސް ހުސްނީ މުބާރަކްގެ ތިރީސް އަހަރުގެ ވެރިކަން ވައްޓާލައި ޑިމޮކްރަސީ ގާއިމް ކުރުމަށް ނުކުތްތާ އަށް އަހަރު ފަހުން އަނެއްކާވެސް ޚުދުމުޚުތާރު ކަމަށް ގޮސް ފަހަތަށް އެޅޭ ފިޔަވަޅެެއް ކަމަށެވެ.

ސީސީގެ ސަރުކާރުން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދުއްތުރާ ކުރާކަމުގެ ތުހުމަތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކެނޑިނޭޅިދަނީ ފާޑުކިޔަމުންނެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ގާނޫނު އަސާސީއަށް ހުށަހެޅު އިސްލާހުގެ ސަބަބުން ޚިޔާލު ފާޅުކުުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމަށް އެ ގައުމުގެ އިދާރާތަކުން އަރައިގަންނަން ފަސޭހަވެ އިންސާނީ ހައްގުތައް ގެއްލި ގައުމު ނުތަނަވަސް ކަމަކަށް ހިނގައިދާނެ ކަމަށެވެ.

ސީސީއަށް ވޯޓުފޮށި މެދުވެރިކޮށް ވެރިކަމުގެ ބާރުތައް ލިިބިވަޑައިގެންްފައިވަނީ 2014 ވަނަ އަހަރުއެވެ. އޭގެ އަހަރެއް ކުރިން، އެ ގައުމުގެ ފުރަތަ ޑެމޮކްރެޓިކް ރައީސް މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލެވުނު ބަޣާވާތުގެ ވެރިއަކަށް ހުންނެވީ މުރުސީއެވެ. އެ ބަޣާވާތަށް ފަހު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ މުސްލިމް ބުްރަދަރހުޑް ޕާޓީއަކީ ވެސް މިސްރުގައި މަނާކުރެވިފައިވާ ޕާޓީއެކެވެ.

އުމުރުފުޅުން 64 އަހަރު ފުޅުގެ މުރުސީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހުއެވެ.

ހައްޔަރު ކުރުމާއި ބިރުދެެއްކުމުގެ ސަބަބުން އެތައް ކެނޑިޑޭޓުންނެއް ކެނޑިޑެސީ އަނބުރާ ގެންދިޔަ އެ އިންތިޚާބު އެ ގައުމުގެ އެތައް ބަޔަކު ބޮއިކޮޓް ކޮށްފައިވަނިކޮށް ނެގުނު ވޯޓްގައި ސީސިއަށް 97 އިންސައްތަ ލިބިވަޑައިގެންނެވި ކަމަށް އިއުލާނު ކޮށްފައިވެއެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ އެންމެ ކެނޑިޑޭޓަކަށް ކަމަށްވާއިރު އެއީވެސް ސީސީއަށް ތާއީދުކޮށް އިވެންޓްތައް ބޭއްވުމަށް އުޅެފައިވާ ސީސީގެ އަރިސް ބޭފުޅެކެވެ. މޫސާ މުސްތަފާ މޫސާ ނަމަކަށް ކިޔާ އެމީހާ ނަން ހުށަހަޅާފައިވަނީ ވެސް ނަންހުށަހެޅުމުގެ ސުންގަޑިހަމަވާން ހަފްތާއަކަށް ވެފައިވަނިކޮށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު