Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތ. ގުރައިދޫ ބަނދަރު

ގުރައިދޫ ބަނދަރުގެ ބޮޑުބައެއް ހަލާކުވެ، މަސްވެރިންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުން: ކައުންސިލް

15 އެޕްރީލު 2019 | ހޯމަ 07:08

ކަނޑުގައި މަސްވެރިންގެ ދޯނިތައް އަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 އެޕްރީލު 2019 | ހޯމަ 07:08
ތ. ގުރައިދޫގެ ބަނދަރުގެ ތޮށިގަނޑުން ބައެއް ވެއްޓި ނުރައްކަލާ ކުރިމަތިވެފައި. -- ފޮޓޯ: ރާއްޖެ އެމްވީ

ތ. ގުރައިދޫގެ ބަނދަރުގެ ތޮށިގަނޑުން ބައެއް ވެއްޓި ނުރައްކަލާ ކުރިމަތިވެފައި. -- ފޮޓޯ: ރާއްޖެ އެމްވީ

ތ. ގުރައިދޫ ބަނދަރުގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ކަމަށާއި، މަސްވެރިންނަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

އާބާދީގައި 2000 ވުރެ ގިނަ މީހުން ދިރިއުޅޭ ގުރައިދޫގެ ބަނދަރުގެ އެތެރެ ތޮށިގަނޑުގެ ދަށުން ވެލިގަނޑު ދަމައިގެން ގޮސް، ދޯނިފަހަރު ބަނދަރުކޮށް، ލަފާފުރުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލަރު ނައުފަލް ހަސަން ވިދާޅުވީ ބަނދަރުގެ ހަތަރުބައިގެ ތެރެއިން ތިންބައި ހަލާކުވެފައިވާ ކަމަށާއި، ބަނދަރު ބޭނުން ނުކުރޭ ކަމަށެވެ. ނައުފަލް ވިދާޅުވީ ތޮށިގަނޑުގެ ދަށުން ވެލިގަނޑު ދަމައިގެންގޮސް އާންމު ރައްޔިތުންނަށް އެކަމުގެ ނުރައްކާތެރިކަން ފޯރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ބޭނުން ކުރެވެނީ ހަމައެކަނި ހުރަސް ތޮށި ކަމަށެވެ.

ގުރައިދޫއަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވައި ނައުފަލް ވިދާޅުވީ ބަނދަރު ހަލާކުވުމުގެ ސަބަބުން އެންމެ ބޮޑަށް ދަތިތަކާ ކުރިމަތިލާން ޖެހެނީ މަސްވެރިންނަށް ކަމަށެވެ. އަދި ބައެއް ފަހަރަށް ދޯނިތައް ކަނޑުގައި އަޅައިގެން ތިބެންޖެހޭ ކަމަށާއި، ފުރަން ބޭނުންވާ ވަގުތު ނުފުރި ލަސްވާ ކަމަށެވެ.

''މިހާރު ބަނދަރު އޮތް ހާލަތުން އަޅާފަ ބޭއްވޭނީ އެންމެ މަސްދޯންޏެއް. ދެން ހަމަ ހުރިހާ ދިމާލެއް ވެސް އެހާލަތުގަ. ރައްކާތެރިއެއްނުވާނެ'' ނައުފަލް ވިދާޅުވިއެވެ.

ނައުފަލް ވިދާޅުވީ ބަނދަރުގެ ހާލަތާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަސް ފާއިތުވެގެން ގޮސްފި ކަމަށާއި، މިމައްސަލަ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއްބާރުލުން ލިބިފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނައުފަލް ވިދާޅުވީ މިސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައިވާ ކަމަށާއި، އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށެވެ. ބަނދަރު މާރާމާތުކުރެވި ރައްޔިތުންގެ މިކަންބޮޑުވުންތަކަށް މިސަރުކާރުން ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރައިދޫގެ އުތުރު ފަރާތުގައި ހަދާފައިވާ 800 ފޫޓުގެ ބަނދަރެކެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ގުރައިދޫއިން ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާ މައްސަލަ ވަނީ ބޮޑުވެފައި

05 އޯގަސްޓު 2017
ގުރައިދޫއިން ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާ މައްސަލަ ވަނީ ބޮޑުވެފައި
09 ޖޫން 2017

ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް

09 ޖޫން 2017
ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް
01 ޖޫން 2017

ކޮޅިގަނޑުގައި ވައިކަރަދޫގެ ދަނޑުތައް ހަލާކުވެއްޖެ

01 ޖޫން 2017
ކޮޅިގަނޑުގައި ވައިކަރަދޫގެ ދަނޑުތައް ހަލާކުވެއްޖެ
21 މެއި 2017

މާލެއަށް ކުރި ވިއްސާރައިގައި ބޮޑު ދިދަ ހަލާކުވެ، ދިދަ ބާލައިފި

21 މެއި 2017
މާލެއަށް ކުރި ވިއްސާރައިގައި ބޮޑު ދިދަ ހަލާކުވެ، ދިދަ ބާލައިފި
18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
30 އެޕްރީލު 2017

ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

30 އެޕްރީލު 2017
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް
15 އެޕްރީލު 2017

ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި

15 އެޕްރީލު 2017
ގުރައިދޫގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވައިފި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް