Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަރަށް އެރުން

ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް

ބަސްމަލާ ބޯޓަކީ ލ. އަތޮޅުގެ ހުރިހާ ރަށަކަށް މުދާ ގެންނަ ބޯޓެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 9 ޖޫން 2017 | ހުކުރު 05:01
ބަސްމަލާ ބޯޓުން ގެނައި ބައެއް މުދާތަން ދަނބިދޫ ބަނދަރު މަތީގައި

ބަސްމަލާ ބޯޓުން ގެނައި ބައެއް މުދާތަން ދަނބިދޫ ބަނދަރު މަތީގައި

ލ. ދަނބިދޫ ފަޅަށް އެރަށު "ބަސްމަލާ" ބޯޓް އަރައި ދޯނީގައި ހުރި ހުރިހާ މުދާތަކެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމުން ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާގެ ގެއްލުން އެ ބޯޓުގެ ވެރިފަރާތަށް ލިބިފައިވާ ކަމަށް ދަނބިދޫ ކައުންސިލުން ބުނެފިއެވެ.

ދަނބިދޫ ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ބަސްމަލާ ބޯޓް ފަރަށް އަރާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައެވެ. ބަސްމަލާ ބޯޓަކީ ލ. އަތޮޅުގެ ހުރިހާ ރަށެއްގެ ފިހާރަތަކަށް މާލެ އިން މުދާ އުފުލާ ބޯޓަކެވެ.

އެބޯޓް ފަރަށް އެރުމުން ލިބުނު ގެއްލުމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި "ބަސްމަލާ" ބޯޓް ފަރަށް އަރިއިރު ލ. އަތޮޅުގެ ގިނަ ރަށްތަކެއްގެ ފިހާރަތަކުގެ މުދާ ހުރި ކަމަށެވެ. ރަމަޟާން މަހަށް މާލެއިން ލ. އަތޮޅަށް މުދާ ހިފާއިގެން ދިޔަ މި ބޯޓްގައި ހުރި ހުރިހާ މުދާތަކެއް ކަހަލަ ގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން ބޯޓްގެ ވެރި ފަރާތަށް، ގާތްގަނޑަކަށް ތިން މިލިއަނާއި ގާތްކުރާ އަދަދެއްގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށާއި އަދި ރަށުގެ ވިޔަފާރިވެރިންނަށް ވެސް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ދަނބިދޫ އަށް ވަންނަން އުޅެނިކޮށް ފަރަށް އެރި ބަސްމަލާ ބޯޓް އަޑިއަށް ދަނީ

ޝަރީފް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ މީހުންގެ އެހީތެރިކަމާ އެކު ބޯޓް ފުންކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ ރޭ ވެސް ކޮށްފައިވާ ކަމަށެވެ. ދޯނި އިތުރަށް އަރިވެގެން ނުދާނެ ގޮތަށް ފީފާ ޖައްސާ ބޯޓްގެ ވަދު ތެރޭގައި ހުރި މުދާތައް ނޫން އެހެން މުދާތަށް ދަނބިދޫއަށް އަރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ދޯނީގައި ހުރީ ލ. ގަމު ތިން އަވަށުގެ ބައެއް ފިހާރަތަކުގެ މުދަލާއި، އިސްދޫ ކަލައިދޫގެ ބައެއް ފިހާރާތަކުގެ މުދާގެ އިތުރުން ދަނބިދޫ މައިބައިދޫގެ ބައެއް ފިހާރަތަކުގެ މުދަލެވެ. މިފަދަ ހާދިސާއެއް ދިމާވުމުން ތެމިފައިވާ މުދާތައް އަލުން ވިޔަފާރި ކުރުމަށް ފިހާރަތަކުން ބޭނުން ނުކުރާނެ ކަމަށް ފާހަގަކުރަމުން ޝަރީފް ވިދާޅުވީ ލިބުނު ގެއްލުމުގެ ތަފްސީލް އިނގޭނީ ހުރިހާ މުދާތަކެއް ހުސްކޮށް، ރަނގަޅު ހިސާބެއް ހެދުމަށް ފަހުގައި ކަމަށެވެ.

"ބަސްމަލާ" ބޯޓު ފަރަށް އެރީ ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ އެއްފަރާތަށް ކަމަށާއި ބޯޓު ފަރަށް އެރުމުން ފުންކުރުމަށް ފަހަށް ޖެހިވަގުތު ނެގި ރާޅަކާއެކު ބޯޓުގެ ބޮޑުބައި އަޑިއަށް ދިޔަކަމަށް އެ ބޯޓްގެ ފަޅުވެރިން ބުނެފައި ވެއެވެ. އެހެންނަމަވެސް މި ހަދިސާގައި ބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަން ފާހަގަކޮށްލެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު