Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓު ކެނޑުން

ގުރައިދޫއިން ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާ މައްސަލަ ވަނީ ބޮޑުވެފައި

ކަަރަންޓު ދެމުންދާއިރު 15 މިނެޓުން، ބައި ގަނޑިއިރުން ރަށުން ކަރަންޓު ކެނޑިގެންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 އޯގަސްޓު 2017 | ހޮނިހިރު 13:52
ތ. ގުރައިދޫ

ތ. ގުރައިދޫ

ތ. ގުރައިދޫއިން ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާ މައްސަލަ ބޮޑުވެފައިވާ ކަމަށް އެ ރަށުގެ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ އޮފިޝަލް ވިދާޅުވީ އެ ރަށުގައި ދެ ޖަނަރޭޓަރެއް ހުންނައިރު 400 ކިލޯވޮޓްގެ ޖަނަރޭޓަރުގައި މައްސަލަ ޖެހިފައިވާ ކަމަށާއި 250 ކިލޯވޮޓްގެ ޖަނަރޭޓަރަކީ ކުޑަ ޖަނަރޭޓަރެއްކަމުން އޭގެން ކަރަންޓު ޚިދުމަތް ދެމުންދާއިރު 15 މިނެޓުން، ބައި ގަނޑިއިރުން ރަށުން ކަރަންޓު ކެނޑިގެންދާ ކަމަށެވެ. އަދި އިރު އޮއްސި 6.30 ގެ ފަހުން މުޅިރަށުން އެއްކޮށް ކަރަންޓް ކެނދުމަށް ފަހު އިތުރަށް އަދި ކަރަންޓްގެ ޚިދުމަތް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ތ . ގުރައިދޫގައި 3 ޖަނަރޭޓަރެއް ހުންނަ ކަމަށެވެ. 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނިކޮށް އޭގައި މައްސަލަ ޖެހިގެން 400 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދެމުން ދަނިކޮށް އޭގައި ވެސް މައްސަލަ ޖެހިފައިވާ ކަމަށާއި މިހާރު ރަށުގެ ރައްޔިތުންނަށް ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދެމުންދަނީ 350 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަމަށެވެ.

ރަށުން އިރު އިރު ކޮޅުން ކަރަންޓު ކެނޑުމުގެ ސަބަބުން ބައެއް ގެ ތަކުގެ ފެންމޯޓަރާއި އެއަރކޯން ފަދަ ކަރަންޓުން ބޭނުންކުރާ އެއްޗެހި ހަލާކުވެފެއިވާ ކަމަށާއި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްވެސް ޓެކްނީޝަނެއް އެ ރަށަށް ނުދާ ކަމަށް ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ 350 ކިލޯވޮޓްގެ ޖަނަރޭޓަރުން ރަށުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭތީ އިރުއިރުކޮޅުން ކަރަންޓު ކަނޑަމުންދާ ކަމަށެވެ. އަދި ތ . ގުރައިދޫގެ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި ރަށުގެ ބަޔަކުވެގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ކިލޯވޮޓްގެ ޖަނަރޭޓަރު ރާއްޖެއިން ލިބެން ނެތުމުން ބޭރުން އޯޑަރުކޮށްފައިވާކަމަށާއި ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ޖަނަރޭޓަރު ލިބިގެންދާނެކަމަށެވެ.

ޖުލައި މަހުގެ 20 ވަނަ ދުވަހު ވެސް މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އެހެން ނަމަވެސް މާގިނައިރުތަކެއް ނުވެ މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތްވަނީ ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު