Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

އެންމެ ވަރުގަދަ ޝަހްސިއްޔަތަކީ ކޮރަޕްޝަނާއި ފަސާދަ އަށް ނޫނެކޭ ބުނާ މީހާ: ރައީސް

11 އެޕްރީލު 2019 | ބުރާސްފަތި 17:21

މި ޤައުމު މިއަދު އޮތް ޙާލަތާމެދު ވިސްނައި ފިކުރު ހިންގަން ފެށުމަށް ރައީސް ގޮވައިލެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 11 އެޕްރީލު 2019 | ބުރާސްފަތި 17:21
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

މީހެއްގެ ގައިގައި ހުންނަ ޖެހޭ އެންމެ ޢަދުލުވެރި އަދި ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރާ ޝަޚްސިއްޔަތަކީ، ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ މީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ 2019 ވަނަ އަހަރުގެ ދަސްވެނިވުން ރަސްމިއްޔާތު ޝަރަފްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ، އިންސާނާގެ ޝަހްސިއްޔަތު ބިނާވެގެން އަންނަނީ، އެމީހަކަށް ލިބިހުރި ޢިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައި ކަމަށެވެ. ބުރާސްފަތި ދުވަހުގެރޭ ދަސްވެނިވުން ދަރިވަރުންނާއި މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ، ކޮންމެ ދަރިވަރަކު ވެސް ޢަޒުމް ކަނޑައަޅަންވީ، ތިމާ އުނގެނުނު ޢިލްމުގެ އެހީގައި ތިމާގެ ކިބައިގައި މުޅިން އައު ޝަޚްޞިއްޔަތެއް އުފަން ކުރުވުން ކަމަށެވެ.

''އެއީ އަނެކުންނަށް އޯގާތެރިވެ، ކަމޭހިތާ، އަދި އަނެކުންގެ އިޙްސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރު ކޮށްދިނުމަށް އިސްނަގާ ޝަޚްޞިއްޔަތެއް. ޙައްޤު ގޮތަކީ، އެންމެ ޢަދުލުވެރި ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރާ ޝަޚްޞިއްޔަތެއް. އެއީ، ކޮރަޕްޝަނާއި ޚިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ ޝަޚްޞިއްޔަތެއް.'' އެމަނިކުފާނު ވިދާޅުވިއެވެ.

މި ޤައުމު މިއަދު އޮތް ޙާލާމެދު ވިސްނައި ފިކުރު ހިންގަން ފެށުމަށް ރައީސް ވަނީ ދަސްވެނިވުނު ދަރިވަރުންނަށް ގޮވާލައްވާފައެވެ. އަދި ގައުމަށްޓަކައި ތިމާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި، އެކަމެއް ކޮށްދިނުމަށް އަވަސްވެގަތުމަށް ރައީސް ވަނީ ދަރިވަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް